ޓެކްނޮލޮޖީގެ ދުވެލި މެކުހަށް ޖަހާފައިވާ މި ޒަމާނުގަައި އައިޓީ ގެ ދާއިރާއަކީ އެންމެބޮޑަށް ކުރިލާ ފުޅާވަމުންދާ އެއް ދާއިރާއެވެ. ގިނަ ބަޔަކު ޝައުޤުވެރިވާ މި ދާއިރާއަކީ ވަޒީފާގެ ފުރުސަތުތައް ގިނަ ދާއިރާއެކެވެ. މުސްތަޤުބަލުގައިވެސް އައިޓީ ގެ ދާއިރާއިން ހުޅުވޭ ވަޒީފާގެ ދޮރުތައް ދާނީ އިތުރުވަމުންނެވެ. އައިޓީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް މިފަހަރު މި ދާއިރާގައި ހުރި ފުރުސަތުތަކާއި، އައިޓީ ދާއިރާގެ އެކި ވާހަކަތައް މި ކިޔާދެނީ މި ދާއިރާގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް އައިޓީގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ހުސައިން އަފީފް (އަފީފް ސާރ)އެވެ.
1. އައިޓީ ދާއިރާއަކީ ކުރިއަށް ދާން ކިހާ ފައްކާ ދާއިރާއެއް؟
އައިޓީ އަކީ ދާން ވަރަށް ރަނގަޅު ދާއިރާއެއް. މިހާރު މިޒަމާނުގައި ގިނަ އެއްޗެހި މިދަނީ ޑިޖިޓަލައިޒް ވަމުން. ގާތް ގަނޑަކަށްގޮސް ލިބޭ ރުފިޔާއަށް ދަންދެން މިހާރު ޑިޖިޓަލައިޒްވަނީ. އެހެންވީމަ އައިޓީގެ ލިޓްރަސީ ހުރުމަކީ ވަރަށް މުހިއްމުކަމެއް. އެއީ އަދި އެ ދާއިރާގެ ޖޮބެއްގައި ނޫޅުނުކަމުގައި ވިޔަސް. ދެވަނަ ކަމަކީ އައިޓީގެ ދާއިރާއަކީ އެންމެ ފާސްޓް ގްރޯވިން އެއް ދާއިރާ. އާ ޕޮސިބިލިޓީތަކާ އާ ޓެކްނޮލޮޖީތައް އުފެދިންގެން އަންނަ އެއް ދާއިރާ.
2. މިދާއިރާގައި ވަޒީފާގެ ފުރުސަތަތުތައް ކިހާ ވަރަކަށް އެބަ އޮތް؟ އަދި ރަށުން ނުވަތަ އަތޮޅު ތެރެއިން މި ދާއިރާއާ ގުޅޭ ވަޒިފާ ލިބޭތަ؟
ޖޮބް އަވައިލަބިލިޓީއަށް ބަލާއިރު ރާއްޖޭގައި އެންމެ އަވައިލަބަލް ދާއިރާ ކަންނޭނގެ އައިޓީ ދާއިރާއަކީ. އަސްލު ބުނެެވެން އޮތީ ރާއްޖޭގައި ނެތޭ ބޭނުންވާ ވަރަށް މީހުންނެއް. ސްކިލް އެއްވެސް ނެތޭ. ރާއްޖޭގެ ގިނަ ޕްރޮޖެކްޓްތައް ތަންތަނަށް ދީގެން އެބަހުރޭ ހަދާފަ. މިހާރުވެސް އެބަ ހަދަމުންދޭ. އެހެންވީމަ މިލިއަނުން ރުފިޔާ އެބަ ރާއްޖެއިން ބޭރުވޭ ހަމައެކަނި ބައެއްކަހަލަ ޕްރޮޖެކްޓްތަކަށް އެވަރުގެ ހިއުމަން ރިސޯސް ރާއްޖޭގައި ނެތިގެން. އެހެންވީމަ އަސްލު ޑިމާންޑް ނެތީކީ ނޫން. ޑިމާންޑާއި އެއްވަރަށް ހިއުމަން ރިސޯސެއް ނެތް. ސްކިލްއެއް ނެތް. އެހެންވީމާ އަސްލަކީ މިއީ ވަރަށް ފައްކާ ދާއިރާއެއް. ސަރއަށް ބޮޑަށް އިނގޭނީ ސަރގެ ދާއިރާ ސަރއަކީ ސޮފްޓްވެއާ ޑިވެލޮޕްމެންްޓްގަ އުޅޭ މީހެއް. މި ދާއިރާގައި ވަރަށް ބޮޑަށް ބޭނުންވޭ ސްކިލްޑް މީހުން. ސްކިލްޑް މީހުން ނެތިގެން އަބަދުވެސް ސްކިލްޑް މީހުން ބޭނުންވޭ. މިއީ ވަރަށް ސަޅި ދާއިރާއެއް. ދެން ރަށުކޮޅުން ޖޮބް ލިބޭ ހެއްޔޭ ބުނާއިރު އެޔަށް ޖަވާބެއް ދޭން ބުނެވޭނީ އާއްމު އުސޫލަކުން ރަށްރަށުގައި ޖޮބްތައް ހުންނާނީ ވަކިގޮތަކަށް ސެޓެލްވެފަ. މިސާލަކަށް ފަސް ޓީޗަރުން ބޭނުންވާ ތަނަކަށް ފަސް ޓީޗަރުން ލިބުނީމަ އެ ނިމުނީ. ހަމަ އެގޮތަށް އައިޓީ މީހެއް އިނދެއްޖެއްޔާ އެހިސާބުން ދެން އިތުރު އައިޓީ މީހަކު ބޭނުމެއް ނުވާނެ. އެހެންވީމަ އެއުސޫލުން ބުނާނަމަ ރަށްރަށުގައި އަދިވެސް އޮޕަޗުނިޓީސް އަދިވެސް ވަރަށް ދަށް. އެކަމަކު ކޮންމެ ހިސާބެއްގަވެސް ކޮންމެ ތާކަށްވެސް އައިޓީ މީހަކު ބޭނުންވޭ. އެންމެ މީހަކުވެސް އިން ކަމުގައި ވެއްޖެނަމަ (އައި ޓީ ދާއިރާގެ މީހެއް) ގިނަވުމަކީ ވަރަށް ނާދިރު ކަމެއް. އެއީ ކޮންމެ ކަމެއްވެސް މިއޮންނަނީ ސެންޓްރަލްކޮށް ބަލަހައްޓާ ގޮތަށް. މިސާލަކަށް ފިނޭންސްގެ ކަންތައްތަކުގައި ރިޕޯޓްތައް ހުށައެޅުމާ އެޕްލިކޭޝަން ހުށައެޅުމާ މި ހުރިހާ ކަމެއް މި ހުންނަނީ ސެންޓްރަލް ގަވަމެންޓްގެ ތެރެއިން. ސެކިއުރިޓީ ބެލެހެއްޓުމާ ޑިވެލޮޕްމެންޓާ ހުރިހާ ކަމެއް ދާނީ އެމީހުންގެ(ސެންޓްރަލް ގަވަމެންޓް) ތެރެއިން. އެހެންވީމަ ރަށްރަށަށް އެ އޮޕަޗުނިޓީ ދިޔުމަކީ ދުރުކަމެއް. އެކަމަކު ސަރގެ ދާއިރާ ސޮފްޓް ވެއާ ޑިވެލޮޕްމެންޓް ދާއިރާގައި ރާއްޖޭގައި ރިމޯޓް ވޯކް އެބަދޭ ކުރިއަށް. އެހެންވީމާ އެ އޮޕަޗުނިޓީސްތައްވެސް އެބަ އޮތް ލިބެން.
3. އައިޓީ ދާއިރާގައި އުޅޭ މީހުންނަށް ލިބޭ މުސާރަ ރަނގަޅު؟
ދިސް ޑިޕެންޑްސް. އެއީ އައިޓީ ދާއިރާއަކީ ވަރަށް ފުޅާ ދާއިރާއެއް. އައިޓީގައި އޮންނާނެ ވަރަށް ބައިވަރު ކަންކަން. މިސާލަކަށް އޭ އައި އަކީވެސް އައިޓީ ދާއިރާގެ ބައެއް. ޑިވެލޮޕްމެންޓަކީވެސް އައިޓީ ދާއިރާގެ ބައެއް. ހަމަ އެއުސޫލުން ނެޓްވޯކް، ޑޭޓާ ބޭސް، ސެކިއުރިޓީ މިގޮތަށް ބައިވަރު ދާއިރާތައް (އައިޓީ ދާއިރާގެ ތެރޭގައިވެސް) ހުންނާނެ. އެއީ ވަރަށް ބޮޑު ދާއިރާއެއް. އެދާ ދާއިރާއެއްގެ ގޮތުން މުސާރައިގެ ރަނގަޅުކަން ނުރަނގަޅު ކަން އިނގޭނީ. މުސާރަ ވަރަށް ރަނގަޅު ތަންތަންވެސް ހުންނާނެ. މިސާލަކަށް މުސާރަ ވަރަށް ރަނގަޅުވާނެ ޑޭޓާ ބޭސް އިންޖިނިއަރުންނަށް. މިސާލަކަށް ބޭންކް އޮފް މޯލްޑިވްސްގައި ޑޭޓާ ބޭސަށް އިންނަ މީހާއަށް މުސާރަ ވަރަށް ރަނގަޅުވާނެ. ހަމަ އެގޮތަށް ސެކިއުރިޓީންނަށްވެސް މުސާރަ ވަރަށް ބޮޑުވެދާނެ. ދެން ނެޓްވޯކިނަށް އެހާ މުސާރަ ނުލިބި ދާނެ ފަހަރެއްގައި. ނޫނީ ނޯމަލް ޑޭ ޓު ޑޭ ކަންކަން ސޯލްވް ކޮށްދެން އުޅޭ މީހުން، މިސާލަކަށް ކޮމްޕިއުޓާ ސޮފްޓްވެއާ ރީ އިންސްޓޯލްކޮށްލަދީ ފިކްސް ކޮށްލަދީ، ޓްރަބަލް ޝޫޓްކޮށްލަދޭން މިއުޅޭ ބަޔަކަށް އެހާ މުސާރަ ނުލިބިދާނެ. ޑިވެލޮޕްމެންޓެގެ ތެރޭގައި ތަފާތު ބައެއް އުޅޭ. ސްކިލް ބޭސްޑް ލެވެެލަށް މުސާރަ ތަފާތު ވެފަައި ހުރޭ. އެގޮތަށް މުސާރައަކީ ވަރަށް ތަފާތު އެއްެޗެއް. ވަރަށް ފުޅާ ދާއިރާއެއްވީމަ ވަރަށް ތަފާތު ވާނެ މުސާރައިގެ އޮނިގަނޑުތައްވެސް ވަރަށް ބޮޑަށް.
4. އައިޓީ ދާއިރާ އިން ކޯހެއް ހެދުން ބުއްދިވެރިތަ؟ ނޫނީ ސޯޝަލް މީޑިއާގެ ތެރެއިން މަޝްހޫރުވެގެން އަންނަ ފުރުސަތުތައް ކޯހެއް ހެދުމަށްވުރެ މާ ރަނގަޅުތަ؟
މި ދާއިރާގެ ތެރެއަށް ވަންނަ ކަމުގައި ވާނަމަ ކޯހެއް ހެދުމަކީ މުހިއްމުކަމެއް. އެއީ ކޮންމެ އެއްޗެއްގަައިވެސް އޮންނާނެ ބޭސިކްސް، އެނގެންޖޭހޭ އެއްޗެހި. ވީޑިއޯއެއް ބަލާލާފަޕްރޮގްރާމެއް ލިޔެލަން މިސާލަަކަށް އިނގިދާނެ. އެކަމަކު އޭތި ވަކި ހިސާބަކަށް ދިޔައީމަ ސްޓަކްވާނެ. ޔޫ ވިލް ހިޓް އަ ބެރިއާ. އެންޑް ހޯލް ވޭ ޔޫ ކަންޓް ގެޓް ޕާސް އިޓް ވިތް އައުޓް ލާނިން ފަންޑަމެންޓަލްސް އެހެން ގޮތަކަށް ބުނާނަމަ. ފަންޑަމެންޓަލްސް އިނގުމަކީ ވަރަށް މުހިއްމުކަމެއް ހުރިހާ ދާއިރާއެއްގަވެސް. ހަމައެގޮތަށް އައިޓީ ގަވެސް (ފަންޑްމެންޓަލްސް) އެނގުމަކީ ހަމަ މުހިއްމުކަމެއް. ކޯހެއް ހަދައިގެން ދިޔައިއްޔާ މާ ރަނގަޅުވާނެ. ދެން އެކަމަކު އައިޓީގައި މިސާލަކަށް ޑިޒައިނާ އެއްޗެހި އިންކްލޫޑް ކުރާނަމަ އައި ވުޑް ސޭ ރާއްޖޭގަ ނުހުރެޔޭ (ޑިޒައިނާ) ގުޅޭ ކޯސްތަކެއް އަސްލު. މިސާލަކަށް ވަކިން ޑިޒައިން ކިޔަވާދޭ ކޯސްތަކެއް ނުހުރޭ. ޑިޒައިންގައި ހުންނަންޖެހޭނީ މިކަހަަލަ ކަންތައްތަކޭ އެގޮތަށް ކިޔަވަދޭ ކޯސްތަކެއް ނުހުރެ. ކޮންމެވެސް މޮޑިޔުލެއް އިނދެދާނެ ކޯހެއްގައި ޑިޒަިއން ކިޔަވަދޭ. އެކަމަކު ޑިޒަައިނަށް ހާއްސަ ކޯސްތަކެއް ނުހުރޭ. އެހެންވީމަ އެކަހަލަ އެއްޗެހީގަ އެގޮތަށް ސޯޝަލް މީޑިއާގެ ތެރެއިން މަޝްހޫރުވެގެން އަންނަ އެއްޗެއް ބޭނުން ކުރެވިދާނެ. ކިޔެވުން އަންޑާއެސްޓިމޭޓް ކުރުމަކީ އެއްވެސް ގޮތަކަށް ރަނގަޅުކަމެއް ނޫން. ކިޔެވޭނެ އެއްވެސް ގޮތެއް އޮތިއްޔާ ކިޔަވަން ވާނެ. އަދި އަމްދުން އެއީ އޭނާގެ މެއިން ދާއިރާކަމަށް ހަދާނަމަ ނުކިޔަވާ ދިޔުމަކީ އެއީ ބުއްދިވެރި ގޮތެއް ނޫން. ކިޔަވަންޖެހޭނެ. އެކަމަކު ސައިޑަކުން މިސާލަކަށް އައި ޓީއިން ލިޓްރޭޓް ވުމަށް ކިޔަވާ ކަމުގައި ވާނަމަ ދެޓްސް ފައިން ހަމަ ޔޫ ޓިޔުބުން ކިޔަވާލުން ދެޓް އިޒް ގުޑް އިނަފް ހަމަ. ޔޫ ޓިޔުބްގައި ހުންނަ ކޯސް އެއްޗެހި ހަދާލި ކަމުގައި ވިޔަސް އެވަރުން ފުދޭނެ އޭރުން. މިހާރުވެސް ވަރަށް ރަނގަޅު ފްރީ ކޯސެސް އެވައިލަބަލް އެކަމަކު ދަ ތިންގް އިޒް ޓީޗަރެއް ނެތުމަކީ ހަމަ ފޫނުބެއްދޭ ވަރުގެ ތަންކޮޅެއް. އެހެންވީމާ މި ބުނީ ކިޔަވާށޭ ކިޔެވެން އޮތިއްޔާ.
5. އޭ އައި ގެ ސަބަބަބުން އައިޓީ ދާއިރާއަށް ލިބޭ ފައިދާތަކާއި ކުރިމަތިވާ ހުރަސްތަކަކީ ކޮބާ؟
ސަރ ޤަބޫލު ކުރާ ގޮތުގައި އޭ އައި ގެ ސަބަބުން އަައިޓީ ދާއިރާއަކަށް އެއްވެސް ހުރަހެއް ނެތް. އޭގެ ބަދަލުގައި ހުރީ ހުސް ފައިދާ. އެއީ (އޭ އައި އަކީ) ހަމަ ޓޫލެއް ކަހަލަ އެއްޗެއް. މީހުން ޓޫލެއް ނަހަދާނެ ބޭނުން ނުކުރެވޭ ޓޫލެއް. ކޮންމެވެސް ކަހަލަ ކަމަކަށް ފަސޭހަ ވާތީ ޓޫލް ހަދާނީ. އެއްޗެއް އޮޓިމޭޓްކޮށްގެން ބައެއްގެ ވަޒީފާ ގެއްލެނީއޭ ބުނާ ވާހަކަ، އެއީ ހަމަ ރަނގަޅު ކަމެއް. އަހަރެމެން މިއުޅެނީ ވީހާވެސް އެފެކްޓިވްކޮށް ލޯ ކޯސްޓްގަ ކަންކަން ކުރަން. އެހެންވެއްޖެކަމުގައި ވަނީނަމަ މިސާލަކަށް ސަތޭކަ މީހުން ވެގެން ކަމެއް ކުރަން އުޅުމަށްވުރެ އެންމެ މީހަކަށް އެއް ދުވަހުން އެކަން ކުރެވެންޏާ އެއީ ރަނގަޅު ކަމެއްތާ. ކޮންމެހެން ސަތޭކަ މީހުން ބައިތިއްބައިގެން ސަތޭކަ ދުވަސްވަންދެން މުސާރަ ދިނުމަށްވުރެ މާ ރަނގަޅުވާނެ އޮޓިމޭޓްކޮށްފަ އެންމެ މީހަކަށް ދީގެން ނިމޭކަމުގައި ވާނަމަ. އެހެންވީމާ އޭ އައި އެއީ ހަމަ ރަނަގަޅުކަމެއް އަދި އޭގެ ސަބަބުން އިތުރު އޮޕަޗުނިޓީސްތައްވެސް އުފެދިގެން ދާނެ. ހަމައެކަނި އޭއައި އައީމަ ގެއްލޭ ތަންކޮޅަށް (ކުރިމަތިވާ ހުރަސްތަކަށް) ބަލައިގެން ކަމަކު ނުދާނެ. އޭގެ ބަދަލުގައި އޭ އައިގެ ދާއިރާއަކީ ވަރަށް ފުޅާ ދާއިރާއެއް. މިއީ ކުރިން ނެތް ދާއިރާއެއް. މިހާރު މިދާއިރާވެސް މިއޮތީ ހުޅުވިފަ އެހެން ކަމުން އޭ އައިގެ ދާއިރާއިންވެސް ކުރިން ނެތް އެތައް އޮޕަޗުނިޓީސްތަކެއްވެސް އުފެދޭނެ. އެހެންކަމުން އޭ އައި އަކީ އެއްގޮތަކަށްވެސް ހުރަހެއް ކަމަށް ނުދެކެން. އޭގެ ބަދަލުގަ ހުސް ފައިދާ ހުރީ ހަމަ.
6. ދާއިރާއާ މެދު ބުނެލަން އޮތް އެންމެ ފަހު ވާހަކައަކީ ކޮބާ؟
ސަރ ބުނާނީ އައިޓީ ދާއިރާއަކީ ރާއްޖެއަށް ވަރަށް ގުޅެ ދާއިރާއެކޭ. އާއްމު ބޮޑެތި އޮޕަޗުނިޓީސްތައް ލިބޭ ދާއިރާތަކާއި ހިލާފަށް މިސާލަކަށް ރޮކެޓް ސައިންސް، ކަހަލަ ދާއިރާއަކާއި ހިލާފަށް މާގިނަ މެޓީރިއަލްސްތަކަކަށް ބޭނުންނުވެ ލެޕްޓޮޕް އެއްޗެހި ނުވަތަ ޕީސީއެއް ބޭނުންކޮށްގެން ކުރެވޭ ކަހަލަ ކަންތައްތަކެއް މި ދާއިރާގައި މި ހުންނަނީ. ބޮޑަށް ހަމަ ޑިވެލޮޕްމެންޓް ދާއިރާގެ ވާހަކަ މިފާހަގަ ކޮށްލަނީ. މި ދާއިރާއަކީ ވަރަށް ބޮޑަށް ފުޅާ ކުރޭވެނެ ދާއިރާއެއް. ރާއްޖެއާއި ވަރަށް ގުޅޭ އެހާ ބައިވަރު މެޓީރިއަލްސް ތަކެއް، ހިއުމަން ރިސޯސްތަކެއް ބޭނުންނުވާ ދާއިރާއެއް މިއީ. އަދި އޮޕަޗުނިޓީސް ގިނަ ދާއިރާއެއް މި ދާއިރާއަކީ. މިސާލަކަށް ބުނާނަމަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ޓުވިޓާ ނުވަތަ އެކްސް ފޯމާ ޓްވިޓާ، ފޭސްބުކް ކަހަލަ ކަންކަން (ޓެކްނޮލޮޖީއާ ގުޅޭ ކުންފުނިތައް) އުފެއްދިދާނެ ރާއްޖޭގަވެސް. ދެޓް ވުޑް ބީ ރިއަލީ ގްރޭޓް. ދެޓް އިޒް ނޮޓް އިމްޕޮސިބަލް.