ފާރަކީ ކޮބާ؟

ފާރު ނޫހަށް މަރުހަބާ! ފާރު ނޫހަކީ ދިވެހި ނޫސްވެރިކަމަށް ތަފާތު ތަޖުރިބާއެއް ގެނައުމަށްޓަކާ ހެދި ބޮޑުވެ ތަރައްޤީވަމުން އަންނަ މުޅިން އައު އުފެއްދުމެކެވެ. އައު ޚިޔާލެކެވެ. މިއީ ހަމައެކަނި ލުއި ޚަބަރެއްވެސް ނޫނެވެ. ހަމައެކަނި ކުޅިވަރެއްވެސް ނޫނެވެ. ހަމައެކަނި ދީނީ ލިޔުމެއްވެސް ނޫނެވެ. އެހެނަސް، މިއީ މަސްހުނި ގަނޑެކެވެ. އެހެނަސް ތަފާތު މަސްހުނި ގަނޑެކެވެ. ތަޖުރިބާ ކޮށްލައްޗެވެ.

މަދަރުސީ ދައުރުގައި ފާރު ނޫސް ހަދާ އުޅުން ހަނދާން ވޭ ނޫންހެއްޔެވެ؟ އެފަދަ ނޫހަކުން ފެންނަ ހުރިހާ ކުލައަކާއި ދެއްޔެއް މިތަނުންވެސް ފެންނާނެއެވެ. ބައެއް ފަހަރަށް ބައެއް މީހުން އޮފުދާރު ފާރު ފާރުގައި ގޮބޮޅިއާއި ދަވާދާއި ސްޕްރޭއިން ޝުޢޫރުތައް ބަންޑުންކޮށްލާފަ ހުންނާތީ ފެންނާނެއެވެ. އެ ރަނގަޅެކޭ ނުބުނަމެވެ. އެހެނަސް މިއީ އެފަދަ ޝުޢޫރުތައް ބަންޑުން ކުރަން އޮތް ފާރެކެވެ. މިފަހަރު ފާރު ނޫހާއި ފާރުވެސް މިއޮތީ އޮންލައިންވެފައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor