އަވައްޓެރި ބަންގްލާދޭޝްގެ އަކީ ތަފާތު އެކި ދީންތައް އޮތްތަނެއް ކަމަށްވިޔަސް އެޤައުމުގެ ގިނަމީހުން ތަބާވާ ދީނަކީ އިސްލާމް ދީނެވެ. އެގޮތުން އެޤައުމުގެ 145 މިލިއަނަށްވުރެ ގިނަ މުސްލިމުން އުޅެއެވެ. އެއީ އެޤައުމުގެ އާބާދީގެ 89 އިންސައްތައެވެ. އަދި ދުނިޔޭގެ ނިސްބަތުން ހަތަރުވަނައަށް އެންމެ މުސްލިމުން ގިނަ ޤައުމަކީވެސް ބަންގްލަދޭޝްއެވެ.
1971 ގައި ޕާކިސްތާނުގެ ވެރިކަމުގެ ދަށުން ވަކިވިއިރު އިސްލާމީ ޖަމާޢަތްތަކުގެ ތެރެއިން އަހުލުއްސުންނާގެ މަންހަޖު ތަމްޘީލު ކުރާ އެންމެ ބޮޑު ޖަމާޢަތަކީ " ޖަމާޢާ އިސްލާމިއްޔާ" އެވެ.
އައްޝައިޚް އަބޫ ޢައުލާ މަޢުދޫދީގެ މުއައްސިސް ކަމުގެދަށުން އުފެދުނު މިޖަމާޢަތަކީ މުޅި ބަންގްލާދޭޝް ގައި އޮތް އެންމެ ބޮޑު އިސްލާމީ ޙަރާކާތެވެ. ޖަމާޢަތުގެ އަމީރެއްގެ ގޮތުގައި ފުރަތަމަ ޢައްޔަން ކުރެވުނީ ޝައިޚް ޣުލާމުލް އަޢުޡަމް އެވެ. ޤާއިދުންގެ ތެރޭގައި އެވަޤުތުން ބަންގްލާދޭޝްގެ މަޝްހޫރު ޢިލްމުވެރިން ތިއްބެވިއެވެ. މިޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާން ޖީލު އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތުކޮށް އެޤައުމުގެ ދީނީ ޢަޤީދާ ޙިމާޔަތްކޮށް ހެޔޮ ވެއްޓެއް ޤާއިމު ކުރުމެވެ.
ދުވަސްވަރަކީ ބަންގްލާދޭޝް ޕާކިސްތާނުގެ ވެރިކަމުގެ ދަށުން މިނިވަންކަން ހޯދުމަށް ހަނގުރާމަ ކުރިދުވަސްކޮޅެވެ. މިހަނގުރާމަށް ޖަމާޢާ އިސްލާމިއްޔާގެ އިސްކޮށް ތިއްބެވި ބޭފުޅުން ތާޢިދު ނުކުރައްވާ ޕާކިސްތާނުގެ ވެރިކަމުގެދަށުން ބަންގްލާދޭޝް ވަކިވާން ސީދާ ދެކޮޅުހެއްދެވިއެވެ.
އިސްވެ ބުނުވެނު ފަދައިން އިސްލާމީ ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ އިސްލާމްވަންތަކަން ޙިމާޔަތްކޮށް ރައްކާތެރި ކުރުން ކަމަށް ވީހިނދު އެކަން ޙާޞިލްކުރެވެން އޮތީ އިސްލާމީ ބޮޑު ބާރެއްގެ ވެރިކަމުގެ ދަށުގައި ތިބެގެންކަމަށް ވުމާއި، ކައިރީގައި ޢަދާވާތްތެރިންގެ ގޮތުގައި ތިބި ހިންދޫއިންނާއި ބުޑިސްޓުގެ ނުރައްކަލުން ދިފާޢުވެވެނީ ސަރައްދުގައި އިސްލާމީ ބޮޑުބާރެއް އޮވެގެންކަމަށް އެބޭފުޅުންނަށް ޤަބޫލު ކުރެވުނެވެ.
ޖަމާޢާ އިސްލާމިއްޔާގެ ޙަރަކާތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުޅާވެގެން ދިޔައެވެ. މީހުންގެ ތާޢިދު ލިބި އިސްލާމީ ދަޢުވަތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ދާންފެށިއެވެ. މިމަންޒަރު ބަލަން ޢަދާވާތްތެރިންނަށް ނުތިބެވުނުވެ.
އެގޮތުން އެންމެ ކައިރީގައި އޮތް އިންޑިއާގެ ހިންދޫ ސަރުކާރުން ބަންގްލާދޭޝްގައި އޮތް އެންމެބޮޑު އިސްލާމީ ޙަރަކާތް ނެތިކޮށްލުމުގެ މަސައްކަތް ފެށިއެވެ. އަދި ހަމަ އެއާއެކު މާދުރުނޫން ހިސާބެއްގައި އޮތް އިސްލާމްދީނާ ޢަދާވާތްތެރި ކޮމިއުނިސްޓް ޗައިނާވެސް މިކަމުގައި އިންޑިޔާއަށް މަދަދުދޭން ފެށިއެވެ.
މިހީލަތްތެރި މަކަރުވެރި ރޭވުމުގެ ދަލުގައި ބަންގްލާދޭޝްގައި ވެރިކަން ކުރަމުން އައި ދެ އަންހެނަކު ރަނގަޅަށް ޖެހުނެވެ. މިބޮޑު ދެޤައުމުދެކެ މިދެއަންހެނުން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. މީގެ ތެރެއިންވެސް މިހާރުވެރިޔަކަށް ހުރި ޙަސީނާއޭ ކިޔުނު މީހެއްގެ ކަރަށް މިދެޤައުމުގެ ވެރިން ރަނގަޅަށް ފިތާލައި ޢަލްމާނީ ކޮމިޔުނިޒަމްގެ ދިޔަ ރަނގަޅަށް ބޯންދިނެވެ.
މިބުއިމުގެ މަސްތުގައި މީނާ ރަނގަޅަށް ޖެހި ޙަސީނާގެ ޙަސީނާކަން ކެނޑި ޤަބީޙާއަކަށް ބަދަލުވެއްޖެއެވެ. އަދި އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ޢަދާވާތްތެރިކަން އިސްކޮށް އިސްލާމީ ޢިލްމުގެ މައިތަނބުތައް ލުހެލުމުގެ ގޮތުން "ޖަމާޢާ އިސްލާމިއްޔާ" ގެ އިސްކޮށް ތިއްބެވި ބޭފުޅުގެން ބޮލުގައި މީގެ ސާޅީސް އެތައް އަހަރެއް ކުރިން ހިނގި ޙާދިޘާއަކާ ގުޅުވައި ބޮޑެތި ތުހުމަތުތަށް ކޮށް ގިނަ ޢިލްމުވެރިންނާއި ދާޢީން ހިފައި ހައްޔަރުކުރިއެވެ.
އިންޑިއާއާއި ޗައިނާ ކުރަހައިދިން މަގުޗާޓާ އެއްގޮތަށް ތަޙްޤީޤީ ކޮމެޓީއެއް އުފައްދައި އޭގެ މެންބަރުންނަށް ޢަލްމާނީންނާއި ކޮމިޔުނިސްޓު ފިކުރުގެ ލާދީނީ މީހުން ޢައްޔަން ކޮށް އެއަށްފަހު ޝަރުޢީ މަރްޙަލާވެސް މިބައިމީހުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ކުރިޔަށް ގެންގޮސް ދެން އިވިގެން ދިޔައީ އޭގެ ތެރެއިން ބައެއް ބޭފުޅުން ދަން ޖައްސަން އަނެއްބައި ބޭފުޅުން ޢުމުރަށް ޖަލަށްލާން ޙުކުމް ކުރި އަޑެވެ.
ޙުކުމް ކުރި ބޭބޭފުޅުންގެ ތެރޭގައި ކުރީގައި ޕަރލަމެންޓް މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅުންނާއި ކުރީގެ ވަޒީރުންނާއި ދާޢީންނާއި އިސްލާމީ މައްޖައްލާތަކުގެ އެޑިޓަރުންނާއި ޖަމްޢިއްޔާތަކުން ރައީސުންވެސް ހިމެނެއެވެ. އަދި އޭގެ ތެރޭގައި ރާބިޠަތުލް ޢާލަމުލް އިސްލާމިއްޔާގެ ބަންގްލާދޭޝް ގޮފީގެ ވެރިޔާވެސް ހިމެނެއެވެ.
ހަމަ މިސިލްސިލާގެ ތެރޭގައި ބަންގްލާދޭޝްގެ ސިޔާސީ ޙަރާކަތްތަކުން ޖަމާޢާ އިސްލާމިއްޔާ އެކަހެރިކޮށް މަރަން ޙުކުމް ކުރި އެޖަމާޢަތުގެ ބޭފުޅުންގެ މައްޗަށް މިސްކިތްތަކުގައި ދުޢާ ކުރުން މަނާކުރިއެވެ. އަދި މީގެ ތެރެއިން ހައިރާން ވާންޖެހޭ އެންމެބޮޑު ކަމަކީ ހައިކޯޓުގެ އިސްތިއުނާފީ މަރްޙަލާގައި ދަށުކޯޓުން ޢުމުރަށް ޖަލަށް ލާން ކުރި ބައެއް ޙުކުމްތަކުގެ ޢުޤޫބާތް ބޮޑުކޮށް ބައެއް ބޭފުޅުން ދަންޖެއްސުމަށް ސީދާ ހައިކޯޓުން ޙުކުމް ނެރުމެވެ. ޤާނޫނީ މުފައްކިރުން ވިދާޅުވާގޮތުގައި މިއީ ދެކުނު އޭޝިޔާގެ ތާރީޚުގައިވެސް ދުވަހަކު ބަޔަކު މީހުން އިއްވި ބާވަތެއްގެ ޙުކުމެއް ނޫނެވެ.
އިސްލާމްދީން ފޮހެލުމަށް ބަންގްލާދޭޝްގައި ކުރެވޭ މަސައްކަތުގެ ތެރޭއިން ޢިލްމުވެރިން ޤަތުލުކޮށް ދަންޖެއްސުމާއި އިސްލާމީ ތަޢުލީމުދޭ މަރްކަޒުތަކާއި ސްކޫލު މަދަރުސާތައް ބަންދުކޮށް އެޤައުމުގެ އޮތް އޮތް އިސްލާމީ އާދަކާދަތަކާއި އިސްލާމީ ޢަޤީދާ ފުނޑުފުނޑުކޮށްލުމާއި ޒުވާންގެ ދީނީ ޢަޤީދާ ފަސާދަކޮށް ކްރިސްޓިއަން މިޝަނަރީންގެ މަސައްކަތް ފުރިހަމަ މިނިވަންކަމާއެކު ކުރުމުގެ ދޮރު ހުޅުވާލުން ހިމެނެއެވެ.
1961 ގައި މިޝަނަރީންގެ ޙަރާކާތް ފުޅާކޮށް އޭރު ހުރި 13 ފައްޅި މިހާރުވަނީ 500 ފައްޅިއަށް ބަދަލުކޮށްފައެވެ. އޭރު 50 ހާސް ނާޞާރާއިންގެ ޢަދަދު މިހާރުވަނީ ދެމިލިއަނަށް ބަދަލުވެގެން ގޮސްފައެވެ.
މިއީ ފާއިތުވި ބައިޤަރުނުގެ ތެރޭގައި މިމުޖުރިމުން ބަންގްލާދޭޝް އިސްލާމް ދީން ފުނޑު ފުނޑު ކުރިގޮތެވެ. މިސިލްސިލާއަކަށް އަދިވެސް ނިމުމެއް ނާދެއެވެ.
ޓެރިރިސްޓުންނާ ހަނގުރާމަ ކުރުމުގެ ނަމުގައި ހިންދޫއިންނާއި ހުޅަނގާއި އެމެރިކާ ރުއްސައިގެން ވެރިކަމުގެ ބާރު ދެމެހެއްޓުމުން ގެންދާ ރަނޑާލި މުސްކުޅި އަންހެނާގެ ނުރައްކާތެރިކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން މިރަޙުމް ކުޑަ އަންހެނާގެ ސަރުކާރުންވަނީ ޖަމާޢާ އިސްލާމިއްޔާގެ ސެކެޓްރީ ޖެނެރަލް ޢަލީ އަޙްސަން މުޖާހިދާއި ޞަލާޙުއްދީން ޗައުދަރީ ދަންޖައްސައި ޝަހީދުކޮށްލާފައެވެ.
އިސްލާމީ އުއްމަތުގެ ކުރިމަތިވެފައިވާ މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ކަމެއްހިގައިން އުޅޭކަމުގެ ހިލަމެއްވެސް ބަޔަކަށް ނުވެއެވެ. ސިޔާސީ ލީޑަރުންނާއި ހިއުމަން އެކްޓިވިސްޓުން ހައްޔަރުކޮށް ޙުކުމް ކުރުމަކީ ޑިމޮކްރަސީ ފޭރާން ލައިގެން ތިބޭމީހުން ވަރަށް ކަންބޮޑުވާ ކަމެކެވެ. ނަމަވެސް ބަންގްލާދޭޝްގައި ހިނގައިދިޔަ މިކަންތަކާ ގުޅިގެން މުޅި ދުނިޔެ އޮތީ އަދިވެސް ނިދާފައެވެ.