އެކަމަކު ވިސްނާލަން ވާނެ ޗުއްޓީ އައް ރަށައް އައުމަކީ އެހާ ފަސޭހަ ކަމެއް ނޫން

ރިސޯޓު ދާއިރާއަށް ދާން ބޭނުންތަ؟

ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބިނާވެފައިވާ އެއް ދާއިރާ އަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަމުގެ މަސައްކަތްތައް މިހާ ފުޅާ ވެފައި ވާއިރު އެންމެ ފާހަގަ ކޮއްލެވޭ އެއްކަމަކީ މިދާއިރާއަކީ މިހާރު ގިނަ އަދަދެއްގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އަދި އެހާމެ ޝައުގުވެރިވާ ދާއިރާއެއްކަމެވެ. ފަތުރުވެރިކަމާއި ގުޅުން ހުރި އެކި ދާއިރާތަކުން ކުރިއައް ދާން ބޭނުންވާ ކުދިންނަށް މިހާރު މިދާއިރާގައި ހުރި ފުރުސަތުތަކާއި، ރިސޯޓް ދާއިރާގެ ކަންކަން މި ހިއްސާކޮއްލަނީ މިހާރު މިދާއިރާގައި މަސައްކަތް ކުރަމުންދާ އަހްމަދު ހާޝިމްއެވެ.

1. ޖޮބް އެވެއިލަބިލިޓީ އަކީ ކޮބާ؟ ރަށުކޮޅައް އާދެވޭތަ؟

ޖޮބް އަކަށް ހަމަ ވަރަށް ސަޅި ކަމެއް އެއީ. ޖޮބްތައް އޮވޭ ވަރަށް ގިނައިން އެކަމަކު އެކްސްޕީރިއެންސް ހުންނަ މީހުންނަށް ބޮޑަށް ފުރުސަތު އޮންނާނީ، މިހާރު ބައެއް ރިސޯޓް ތަކުގަ އިންޓާންޝިޕް ޕްރޮގްރާމްތައް ހުރޭ. އިއުލާން ކުރާނީ ބޮޑަށް 1 ނުވަތަ 2 އަހަރުގެ އެކްސްޕީރިއަންސް ހުންނަ ކުދިންނަށް ބޮޑަށް. ދެން ވަރަށް މަދުން އެމީހުން ބަޔަކު ސެލެކްޓް ކުރާކަންވެސް ފާހަގަވޭ އިންޓަވިއުގެ ކުރިންވެސް، އެކަމަކު އިންޓަވިއު ބާއްވާނެ ފޯމަލިޓީ އަކަށް. އެކަމަކު އަނެއްހެން ރަނގަޅު ހަމަ.

2. ޖޮބް އަދާ ކުރެވޭނީ ކޮންކަހަލަ ބަޔަކަށް؟

ހުރިހާ ވައްތަރެއްގެ މީހުންނައްވެސް އަދާ ކުރެވޭނެ ޖޮބްއެއް، އެކަމަކު ވިސްނާލަން ވާނެ، ޗުއްޓީއައް ރަށައް އައުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެއީ ބޮޑަށް އެންމެންވެސް ދާން ބޭނުންވާނީ ބޮޑު ޗުއްޓީއައް ނޫނީ އީދައް. އެކަމަކު އެދުވަސްކޮޅު އެންމެ ބާރުބޮޑުވާނީ. އެހެންވީމަ އަހަރުގަ އަންނަ އެންމެ އުފާވެރި އެންމެ ގިނަ މީހުން ބައްދަލުވާ ދުވަސްކޮޅު ރިސޯޓްގަ ހުންނަން ޖެހިދާނެ، ހަމަ އެހެންމީހުން ފޮޓޯ އަޅާތަން ސްކުރޯލް ކޮއްލަ ކޮއްލަ. އެކަން ވެސް ވާނެ ގަބޫލްކުރަން.

3. ޗުއްޓީ، ޖޫން ޖުލައި އައް ބަދަލު ކޮއްފަ އިނުމުން އަލައްދާ ކުދިންނައް ކިހިނެއްތޯ ވަނީ؟

އޭރު ނީންދެ އެހެންނެއް، އެކަމަކު ޖޫން ޖުލައި އަކީ ލޯ ސީޒަން. އެހެން ވީމަ ބޮޑު ޗުއްޓީ އައް އައުމަށް ހަމަ ފަސޭހަވާނެ. އެކަމަކު ސަރުކާރުތައް މި އަންނަނީ އެކިކަހަލަ ބަދަލުތައް ގެންނަމުން. ދެން ރަނގަޅުވާނެ ކަމަށް އުންމީދު ކުރަމާ..

4. ޒިންމާތަކަށް ބަލާ އާމްދަނީ ކިހިނެއް؟

ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ޖޮބްއެއް. އަދި މިނިމަމް ވޭޖްއައް ފަހުން ހަމަ ރަނގަޅު އެއްޗެއް ޖެހޭ. އަނެއްކާ ޑޮލަރު ލިބުން ފަސޭހަ ވާނެ.. އެއީ ވަރަށް ދަތި އެއްޗެއް ތާ.. އެގޮތަށް ވެސް ހަމަ ވަރަށް ފައްކާ. ރަނގަޅަށް އުޅެން ބޭނުންވާ މީހަކަށް ހަމަ ރަނގަޅަށް އުޅެވޭނެ ޖޮބް އެއް. ގޯސްކޮއް އުޅެންޏާ އެގޮތައް ވެސް އުޅެވޭނެ ހަމަ. ޝިފްޓު ޑިއުޓީ ކުރިޔަސް ނިދާނެ ވަގުތު ލިބޭ ހަމަ ރަނގަޅަށް..

5. ރިސޯޓް ދާއިރާގަ ރަލަކީ ވަރަށް ބޮޑު އެއްޗެއްކަންނޭނގެ. ދުރުން މީހަކު ބަލާނަމަ އެންމެ ފުރަތަމަ އަޅައިގަންނާނެ ކަން ވެސްމެ.. މިކަމާ ދޭތެރޭ ބުނާނީ ކީކޭތޯ؟

ރަލާއި މެދު އަސްލު އެމީހުން ވަރަށް ބޮޑަށް ބަލާނެ. އާންމު ރައްރަށުގަ އެކަން އަސްލު މާ ބޮޑު ކަންނޭނގެ.. އަނެއްކާ ރަލުގެ މައްސަލައެއް ޖެހިއްޖެއްޔާ ވަޒީފާއިން ކަނޑާވެސްލާނެ ހަމަ.

6. ދެން ރާ އުފުލަން ޖެހޭނެތޯ؟ ނުވަތަ ކްރިސްމަސް އަންނަނަމަ އެކަހަލަ ކަންކަމުގައި ބައިވެރިވާން ޖެހޭނެތޯ؟

ތީގަ ބުނެވޭނެ ޔެސް އަދި ނޯ.. އެމީހާ ހުންނަ މަގާމުގެ ގޮތުން އުޅެން ޖެހޭނެ. އެހެންނޫނިއްޔާ ހަމަ އެކަންކަން ނުކޮއްވެސް އުޅެވޭނެ ޖޮބް ހުންނާނެ.

7. އާންމުކޮށް އުޅެން ރަނގަޅު ޖޮބްއެއް ކަމަށް ގަބޫލު ކުރައްވަންތޯ؟

މުޅި ދިރިއުޅުން ހޭދަކުރާކަށް އަޅުގަނޑަށް އެހާ ފައްކާ ޖޮބް އެއް ނޫން. ގިނަ ވަގުތު ރަށާއި ދުރުގަ މި ހުންނަން ޖެހެނީ. އަނެއްކާ ރާއްޖެ އަކީ ވަރަށް ވަރި ގިނަ ގައުމެއް. ވީމާ އަނެއްހެން ވިސްނާލަންވެސް ބުއްދިވެރި ކަމެއް ކަންނޭނގެ.. ދެން އަނބި ދަރިން ގާތަށް ދެވޭ ގޮތަށް ވެސް ބައެއްފަހަރު ހަމަ ނުޖެހެއެކޭ ނޫން. ބޮޑަށް ހަމަ ރަނގަޅު އެއްޗެއް ސޭވް ކޮއްގެން އަމިއްލަ ކަމެއް ފެށުން ރަނގަޅު ކަމަށް ފެއްނަނީ.

Copyright © 2024 Faaru News
Made with by Afeef & Noor