ގިނަ ޑިޒައިންއަކީ ވަރަށް ވަގުތުން ވަރަށް ވިސްނައިގެން ހަދާފައި ހުންނަ ޑިޒައިންސް.

އާމިނަތު މައިސަމް މުޙައްމަދު
އާމިނަތު މައިސަމް މުޙައްމަދު
1 މަސް ކުރިން
2 މިނިޓް

1.     އަތޮޅު ތެރޭގައި ވަޒީފާގެ ފުރުސަތު ހުންނާނީ ކިހާ ވަރަކަށް؟

މާލޭގަ ހާ ޑިޒައިން ވަޒީފާ އަސްލު ރާއޮގެ ތެރޭ އެހާ ތަނަވަހެއް ނޫން. އަތޮޅު އަދި ރަށްރަށުގައި އާއްމުކޮށް މި ހުންނަނީ ޕްރިންޓިންގް އަދި ޓީޝާޓް ޑިޒައިން ބިޒްނެސްތައް. އެކަމަކީ ވެސް ގިނަ ފަހަރު ފުލްޓައިމްކޮށް ކުރާ ކަމެއް ނޫން. ވަރަށް ބޮޑަށް ލިމިޓްވެފަ އިންނަނީ. ނަމަވެސް ފޮރީލޭންސްކޮށް ކުރަން ކޮންމެސް ވަރަކަށް ވަޒީފާތައް ހުރޭ.

2.     މި މަސައްކަތުން އާމްދަނީ އަކަށް ކިހާ ވަރެއް ލިބޭ؟ އަދި މަ ދާއިރާއިން ވަޒީފާއެއް ހޯދުމަކީ ކިހާ ފަސޭހަ ކަމެއް؟

ގިނަ ތަންތަނުގައި އަދިވެސް ޑިޒައިންރުންގެ ވެލިއު އެއް އަސްލު އަގުވަޒަނެއް ނުކުރޭ. އެހެންވެ އާންމުކޮށް އަންޑާޕެއިޑް ޖޮބް އަކަށް މި ވަނީ ޑިޒައިނާރސް ގެ ޖޮބް. އަދި ޑިޒައިނާރ އަކަށް މާ ބޮޑު ޕްރައިއޯރިޓީ އެއް ނުދޭ ގިނަ ތަންތަނުގަ އެއް. އަކަމަށް ހެކި ލިބޭނެ ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓް  ތަކުން. ޑިޒައިނާރސް އާންމުކޮށް ހަޔާރ ކުރާނީ ކުއާލިފިކޭޝަން އަށް ވުރެ ބޮޑަށް އެމީހެއްގެ ކްރިއޭޓިވިޓީ އާއި ކުރާ މަސައްކަތަށް ބަލާފަ. މި ބުނީ ޑިޒައިނާރސް ގެ ޕޯރޓްފޯލިއޯސް ގެ އެޓްރެކްޓިވް ކަމަށް ބަލާފައޭ. ނަމަވެސް ކުއާލިފިކޭޝަން އެއް އޮތުމަކީ އިތުރަށް ދާއިރާއިން ކުރިއަށްދާން ލިބޭ ފުރުސަތެއް.

3.     ފެކަލްޓީ ގެ ނަޒަރުން ކޯހާ މެދު ދެކޭގޮތް

ރާއްޖޭގައި އެމް.ކިއު.އޭ އެޕްރޫވްޑް ޑިޒައިނާރސް އަށް ވަކިން ހާއްސަ ކޯސް އެބަހުރި، ހަމަ އެއާއެކު ރެލޭޓެޑް ފީލްޑް އަކުން ކިޔަވާ ނަމަ ކޮމްޕިއުޓާރ ސައިންސް ކިޔެވިދާނެ. ޑިޒައިނިންގ އާ ޑައިރެކްޓްލީ ރެލޭޓް ނުވިޔަސް ޕްރޮމޯޝަންސް ލިބުމުގައި ކުއާލިފިކޭޝަން ގެ ބޭނުން ހިފިދާނެ، ނަމަވެސް ޑިޒައިނިންގައި ކުއާލިފިކޭޝަން އަށް ވުރެ ކްރިއޭޓިވިޓީ އާއި ޕޯރޓްފޯލިއޯ މުހިންމު ކަމަށް އަޅުގަނޑު ދެކެން.

4.     ދިމާވެދާނެ ގޮންޖެހުންތައް

ހަގީގަތުގައި ޑިޒައިނާރ އަށް ޑިޒައިން ކެރީއަރ އެއް ޕާސިއު ކުރަން މާ ބޮޑު ގޮންޖެހުންތަކެއް ނުހުރި ކަމުގައި ވިޔަސް ދާއިރާގައި ހުރި މަދު ފުރުސަތުތަކާ އެމީހުންގެ އަގު ވަޒަން ނުކުރުން އެޢީ ކުރި އެރުމަށް ހުރި ވަރަށޤ ބޮޑު ގޮންޖެހުންތަކެއް. މިކަންކަމަކީ މީހުންގެ ވިސްނުން ބަދަލުކޮށްގެން ނޫނީ ނުވާނެ ކަންކަން. ސަބަބަކީ ގިނަ މީހުންނަށް ޑިޒައިނާ ގެ މުހިންމުކަން ނުވެ ތަނުއްގެ ކުރިއެރުމަށް ޑިޒައިނާ ގެ ސަބަބުން ލިބޭ އިމްޕެކްޓް ފަހުމް ނުވުން.

5.     ޑިޒައިނިންގ ގެ ދާއިރާއަކީ ވަރަށް އަވަހަށް އިވޯލް ވަމުން އަންނަ ދާއިރާއެއް ދެއްތޯ؟ އޭ.އައި ފަދަ ތަކާއެކު އަބަދުވެސް އާ ކަމެއް އެބަ އާދޭ. ވީމާ 'ޗޭންޖް' އަށް އެހާ އަހުލުވެރި ނޫން ނަމަ މިކަން ނުކުރެވޭނަ ދެއްތޯ؟ އެފަދައިން ކޮންކަހަލަ ކަންކަމެއް ކުއްޖާ ގައިގައި ހުރެގެންތޯ މިފަދަ ދާއިރާއަކަށް ކުރިމަތިލެވޭނީ؟

ޑިޒައިނިންގ ޖޮބްތަކަކީ ކްރިއޭޓިވިޓީ އާއި ކްރިއޭޓިވް ތިންކިންގ އަށް ވަރަށް ބޮޑަށް ބޭނުންވާނެ ފީލްޑްއެއް. އަދި އިންޑަސްޓްރީ އަށް އަންނަ ޓްރެންޑްސް އަށް ހޭލުންތެރިވެ އަބަދުވެސް ޗޭންޖެސް އަށް އެޑަޕްޓްވެ ޑިޒައިންގެ ކޮންސިސްޓެންސީ ހިފަހައްޓަން ޖެހޭ މަސައްކަތެއް. ބަލައިލަން ކިތަންމެ ފަސޭހަވެފައި ސިމްޕަލް ވިޔަސް ގިނަ ޑިޒައިންއަކީ ވަރަށް ގިނަ ވަގުތުން ބޮޑަށް ވިސްނައިގެން ކުރާ ޑިޒައިންތަކެއް. އެހެންވީމައި އިފް ޔޫ ކާންޓް ކީޕް އަޕް ވިތް ދަ ޗޭންޖެސް އިން ދަ އިންޑަސްޓްރީ އެންޑް ކީޕް އަ ކޮންސިސްޓެންޓް ވޯކް، ޑިޒައިނިންގ ޖޮބްއެއް ކުރަން ވަރަށް އުނދަގު ވާނެ

6.     މީހުންނަށް ބޭރުން ބަލާލާފައިނުފެންނަ ބައެއް ސްޕެސިފިކް ކަންކަން

Copyright © 2023 Faaru News
Made with by Afeef & Noor