ހުޅުދުއްފާރުގައި މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ ފަހު ތާރީޚަކީ 11 މެއި 2021

އިބުން ޔޫސުފް
އިބުން ޔޫސުފް
3 އަހަރު ކުރިން
1 މިނިޓް

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާއިން، 1442ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަ އެންމެ ފަހުގެ ތާރީޚަކީ މި ރަމަޟާން މަހުގެ 29 (11 މެއި 2021) ވާ އަންގާރަ ދުވަސް ކަމުގައިވަނީ ހަމަޖައްސާފައެވެ.

14 އޭޕްރިލް 2021 ވީ ބަދަ ދުވަހުން ފެށިގެން ކައުންސިލުން ދަނީ ފިޠުރު ޒަކާތް ބަލައިގަންނަމުންނެވެ.

މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކުނުނަމަވެސް، މިއަހަރު ޒަކާތް ބަލައިގަތުން ހަމަޖެހިފައިއޮތީ ނަގުދު ފައިސާއިންނެވެ.

ފައިސާ ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް 09:15 އިން 12:30 އަށެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ ކޮންމެ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުންނެވެ.

ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އަގުތައް:

އާދައިގެ ހަނޑުލުން ނަމަ މީހަކަށް 12.00 ރުފިޔާ

ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް 46.00 ރުފިޔާ

ރަތް ހަނޑުލުން ނަމަ މީހަކަށް 72.00 ރުފިޔާ

ބާސްމަތީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 59.00 ރުފިޔާ

ބާސްމަތީ މޮޅު ހަނޑުލުން ނަމަ މީހަކަށް 63.00 ރުފިޔާ

ބާސްމަތީ އެންމެ މޮޅު ހަނޑުލުން ނަމަ މީހަކަށް 84.00 ރުފިޔާ

އާދައިގެ ފުށުން ނަމަ މީހަކަށް 10.00 ރުފިޔާ

އާޓާ ފުށުން ނަމަ މީހަކަށް 62.00 ރުފިޔާ

**11 މެއި ވާން 2 ދުވަހަށް ވެފައިވާތީ، ފިޠުރު ޒަކާތް ނުދައްކަވާ ބޭފުޅުން ވީހާވެސް އަވަހަކަށް ފިޠުރު ޒަކާތް ދެއްކެވުމަށް ހަނދުމަކޮށްދެމެވެ.

Copyright © 2024 Faaru News
Made with by Afeef & Noor