3 ނޮވެމްބަރވީ ހުކުރު ދުވަހުގެ ރޭ ވަނިީ ހުޅުދުއްފާރު ސްކޫލްގެ 2023 – 24 ވަނަ އަހަރުގެ އިނޮގްރޭޭޝަން ސެެރެމޮނީ ކުރިޔަށް ގެންގޮސްފައެވެ.ް ސެރެމޮނީގެ ތެރެއިން ކްލަބްތަކާއި ހައުސްތަކުގެ ޓީޗާރ އިންޗާޖުންނާއި މަޤާމްތަކަށް ހޮވުނު ދަރިވަރުން އެ މަޤާމުތަކަށް ހަވާލުވެ އިޤްރާރުގައި ސޮއި ކުރިއެވެ. އަދި ޕްރިފެކްޓުންވެސް އެކުއްޖެއްގެ ޒިންމާއަށް ހަވާލުވިއެވެ.
މި ކުލަގަދަ ހަފްލާގެ ޝަރަފުވެރި މެހެމާނަކީ 2018 ވަނަ އަަހަރު ހުޅުދުއްފާރު ސުކޫލުގައި ކެޕްޓަންކަމުގެ މަގާމު އަދާކުރި ޝިފްނާ އަޙްމަދެވެ. އެގޮތުން ޝިފްނާ ވަނީ ދަރިވަރުންނަށް ހިއްވަރުގެ ބަސްކޮޅެއްވެސް ބުނެލާފައެވެ. އެއީ ސުކޫލުގެ މަގާމަތަކުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ކިޔެވުމަށް ބުރޫއަރާ ކަމެއް ކަމަށް ނުދެކުމާއި އެއީ ނުކިޔެވޭނެ ބަހަނާއެއް ގޮތުގައި ނުދެކުމަށެވެވެ. މި ގޮތުން ސުކޫލުގައި ދަސްވާ ހުނަރު ތަކަކީ އެ ކުއްޖެއް ވަޒީފާގެ މާހައުލައް ނިކުންނަ އިރު ބޭނުންތެރި ހުނަރުތަކެއް ކަމަށްްވެސް ޝިފްނާގެ ވާހަކައިގައި ފާހަގަ ކުރިއެވެ. މީގެއިތުރުން ފަޔާޒް ސަރގެ ވާހަކަގައި ޝިފްނާއަކީ ލީޑާޝިޕް ރަނގަޅު ކުއްޖެއް ގޮތިގައި ފާހަގަކުރިއެވެ.