ކުރިއަށް އޮތް ދިރާސީ އަހަރު(24-2023) ގެ ހުޅުދުއްފާރު ސްކޫލު ސްޓޫޑެންޓް ކައުންސިލްގެ މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މިހާރު ކުރިއަށް އެބަ ގެންދެއެވެ.
ސްކޫލް ކެޕްޓަންކަމާއި ،ސްކޫލްވައިސް ކެޕްޓަނުންގެ އިތުރުން ޖުމްލަ 7 ކުލަބަކާއި ،4 ހައުސްއާއިއެކު އޮންނަ ސްޓޫޑެންޓް ކައުންސިލްގެ އިންތިޚާބުގައި ގާތްގަނޑަކަށް 65 ދަރިވަރުން ކުރިމަތިލާފައިވެއެވެ. މި އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން 24 ސެޕްޓެމްބަރުވާ އާދިއްތަ ދުވަހު ސްކޫލް އެސެމްބްލީގައި 18 ކެނޑިޑޭޓަކު ވަނީ ވާހަކަ ދައްކާފަ އެވެ.މީގެ އިތުރުން އިއްޔެ(25 ސެޕްޓެމްބަރު) 9:45 ން ފެށިގެން 10:25 ށް ކުލާސްތަކަށް ގޮސް ކެމްޕޭން ކުރުން ކުރިއަށް ގެންދިޔައެވެ.ހަމަމިއާއިއެކު ސްކޫލުގެ އެކި ތަންތަނުގައި ޕޯސްޓަރު ހިއްޕުމާއި، ކާޑު ބެހުން ފަދަ ކަންކަން ބައެއް ކެނޑިޑޭޓުން ކުރިއަށް ގެންދިޔައެވެ.ހަމައެހެންމެ ޝޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ވަރަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކެމްޕޭން ކޮށްފާވެއެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ސްކޫލް ކެޕްޓަން އަދި ސްކޫލް ވައިސް ކެޕްޓަނުންގެ އިތުރުން ކުލަބުތަކާއި ހައުސްތަކުގެ ޕްރެޒިޑެންޓްގެ މަޤާމަށް ސްކޫލުގެ ހުރިހާ ސްޓާފުން ވޯޓުލާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު މިފަހަރު ވޯޓުލުން ކުރިއަށްގެންދަނީ ޑިޖިޓަލްކޮށެވެ.
މިއަދު އިންތިޚާބުގެ ވޯޓުލުމުގެ ތާވަލު:
1.ސްޓާފުންގެ ވޯޓުލުން : 13:00 - 9:45
2.ދަންޑަހެލު ޖައުސް : 14:15 - 13:30
3.އިސްކަންދަރު ހައުސް : 15:00 - 14:15
4.ތަކުރުފާނު ހައުސް : 16:30 - 15:45
5.އިއްޒައްދީން ހައުސް : 17:15 - 16:30