ފީޗާޑް މުނިފޫހިފިލުވުން މާލިކުގެ ލެންސުން: ރ. އަލިފުށި މިއީ މޯލްޑިވިއަން ލައިފްސްޓައިލް ފޮޓޯގުރާފާރ މުޙައްމަދު މާލިކްގެ ލެންސު ރ. ފައިނަށް ހުއްޓުނު އިރު އަރާފައިވާ ބައެއް މަންޒަރުތަކުގެ މައްޗަށް އެކުލެވޭ އަލްބަމެކެވެ. މުޙައްމަދު މާލިކް 5 އަހަރު ކުރިން 0 މިނިޓް { copied = true; setTimeout(() => copied = false, 2000) })" :aria-label="copied ? 'ކޮޕީ ކުރެވިއްޖެ' : 'ލިންކް ކޮޕީ ކުރޭ'" aria-label="ލިންކް ކޮޕީ ކުރޭ" class="relative flex h-10 w-10 items-center justify-center rounded-full bg-gray-100 text-muted transition-colors hover:bg-ink hover:text-white"> ކޮޕީ ކުރެވިއްޖެ މިފަހަރު އަލިފުއްޓަށް މިދެވުނީ ވަރަށް ވިއްސާރަ ދުވަހެއްގައެވެ. ބަނދަރުމަތިން ފައިބާލުމުން މިއަދު މިފެންނަނީ ކޯރުގެ ތެރެއިން ރަށުގެ ރީތި މަލަމަތި ވިދާ މަންޒަރެވެ.ވާރޭ ވެހުމުން އާންމު ގޮތެއްގައި މިރަށުގައިވެސް މަގުތަކުގައި ފެންހެދެއެވެ.މިފެންނަނީ އަތިރި މަތީގައި ބަޔަކު ހިތް އުފާކޮށްލާ މަންޒަރެވެ. ބަލާމީހާއަށްވެސް އެލިބޭ ހިތްހަމަޖެހުމެކެވެ.ގުޑުގުޑާ އަކީ އަލިފުށި އަންހެންވެރިން ވަރަށް ފޯރިއާއި އެކު ކޮށް އުޅޭ ކަމެއް ( ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑަށް ގެންލުން ހުރި ކަމެއް)ގުޑުގުޑާ އަކީ އަލިފުށި އަންހެންވެރިން ވަރަށް ފޯރިއާއި އެކު ކޮށް އުޅޭ ކަމެއް ( ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑަށް ގެންލުން ހުރި ކަމެއް)ރޯނުވަށާ މަންޒަރު ވަރަށް ފެނެއެވެ. މިފޮޓޯއިން ތިޔަ ފެންނަނީ ހިމަ ރޯނު ވަށާ ތަނެވެ.ރޯނުވެށުމަށް ބޮނބިތަޅަން ޖެހެއެވެ.ތެލުލި ބަނބުކެޔޮ އެންމެންނަށްވެސް ވަރަށް މީރެވެ. މިފެންނަނީ ބަނބުކެޔޮ ތެލުލާ މަންޒަރެވެ.އަލިފުށި ފިރިހެނުންނަކީ ވެސް ފަންގިވިނެ އުޅޭ ބައެކެވެ. މިފެންނަނީ ފަންގިވިނުމަށް ފަން ހޮވާ މަންޒަރެވެ.ފިރިހެނުން ފަންގިވިންނަ ވާހަކަ މިހާރު ޤަބޫލުކޮށްފިންދޯއެވެ.އަލިފުށީ ފިރިހެނުންނަކީ ފަންގެވިނުމަށް ނުހަނު ކުޅަދާނަ ބައެއްވެސް މެއެވެ.މިއީ އަލީ ސުލައިމާނެވެ. އުމުރުން 104 ގެ ޢަލީ ސުލައިމާނަކީ ރާއްޖޭގައި ތިބި 100 އަހަރުން މަތީގެ މަދު މީހުންގެ ގެތެރެއިން އެކަކެވެ.ޖަނބުރޯލު ގަހަށް ދާލަނީއެވެ. ދޮން ޖަނބުރޯލުގެ ރިޒުޤު ލިބޭނީ ރަނގަޅަށް ދޮންވަންދެން ރައްކާކޮށް ބަލަހައްޓައިގެންނެވެ.މާވަޑިއެއް އޭނާ ހަދާ ނިންމާފާ ހުރި ދޯނި ކައިރި ހުއްޓިލައިގެންއަންހެން ވެރިން ތަކެއް އޮއްވަޅު ކުޅެނީގޭގެ ހުސް ޖާގައި ގައި ހައްދާފާ ހުރި ގަސްތަކަށް ފެންދެނީއެވެ. ރަށްފުށުގެ ދިރިއުޅުމުގެ އެންމެ ފައިދާބޮޑު އެއްކަމަކީ މިއެވެ.އަލިފުށްޓަކީ މަސްވެރިވެސް ރަށެކެވެ.ހެނދުނު ހެނދުނާ މިދިލި ހޮވަން ދަނީވިއްސާރަ ގަނޑު އޮއްސާލުމުން އަވަހަށް އެދުވަނީ ހިޔަލަށް ދާށެވެ. މަންމަގެ ފައިވާންވެސް ވީތަނެއް އަޅުގަނޑަކަށް ނޭނގެއެވެ.ގޭގެ ފުރާޅުން ފެންނަގަން ކުއްޖަކު ފުރާޅު ސާފު ކޮށްލަނީއެވެ. ވެހޭތާ ސާފު ފެން ނެގޭނީ އޭރުންނެވެ.