ރ.އިނގުރައިދޫ މުނިޔާގޭ ސައްތާރުބެ އަކީ ވަޑިއެކެވެ. ތިލޭރުކަން ކުރާ މީހެކެވެ. އަދި މިސްކިތުގެ މުދިމަކަށް ވެސް ގިނަ އަހަރު ތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. އެގޮތުން 18 ސެޕްޓެމްބަރ 2001 ކުން ފެށިގެން 25 ޖުލައި 2014 އަށް މުދިމެއްގެ ހައިސިއްޔަތުން ވަނީ މަސައްކަތް ކޮށްފައެވެ. އުމުރުން 65 ވުމާއި އެކު ރިޓާޔާ ކުރެއްވީއެވެ. މިހާރު އުމުރުން 72 ނަމަވެސް އަދިވެސް ބުޅިހެދުމުގެ މަސައްކަތުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރަމުން އަންނަ ހީވާގި ބޭފުޅެކެވެ. ހުރިހާ ވައްތަރެއްގެ ބުޅި ހެދި ނަމަވެސް މިހާރު އާންމުކޮށް ހަދާ އުޅެނީ ގޮދާ ބާނާ ބުޅި އެކަންޏެވެ. އަޅުގަނޑު އެދެނީ ސައްތާރުބެގެ މަސައްކަތުގައި ﷲ ބަރަކާތްލައްވާ ފުރިހަމަ ޞިއްޙަތެއްގައި ދިގު ޢުމުރެއް ދެއްވުމެވެ.