ރަށުކަޕް އަންޑަރ 18ގެ ގުރުނެގުމާއި ޓީމްތަކަށް ޖާޒީ ހަވާލުކުރުމުގެ ޙަފްލާ ބާއްވައިފި

Admin User
Admin User
2 ހަފްތާ ކުރިން
1 މިނިޓް

ރަށުކަޕްގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ 18 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގުރުނެގުމާއި ޓީމްތަކަށް ޖާޒީ ހަވާލުކުރުމުގެ ޙަފްލާ ބާއްވައިފިއެވެ. ހުޅުދުއްފާރު މަތާރަން މާލަމުގައި ރޭ ބޭއްވި ޙަފްލާގައި މުބާރާތުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނާއި ޓީމް ތަކުގެ އޮފިޝަލުންނާއި މުބާރާތުގެ ފަނޑިޔާރުންގެ އިތުރުން ގިނަ ޢަދަދެއްގެ ބެލެނިވެރިންވެސް ބައިވެރިވެފައިވެއެވެ.

މި ބުރާތުގައި ބައިވެރިވެރި ކުރެވިފައިވަނީ ރަށުކަޕްގެ ފަރާތުން ބޭއްވި ޓްރެއިނިން ކޭމްޕްގައި ބައިވެރިވެ، ޙާޟިރީގެ 80 އިންސައްތަ ޙާޞިލުކޮށްފައިވާ ބައިވެރިންނެވެ. އެގޮތުން 11އަހަރުން ފެށިގެން 17 އަހަރާއި ދެމެދުގެ ފަސްދޮޅަހަށް ވުރެ ގިނަ ކުދިން މި މުބާރާތުގައި ބައިވެރިވެފައި ވެއެވެ. އެހެންކަމުން މުބާރާތް ރާވާލެވިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ޖުމުލަ ހަތަރު ޓީމަށް ބައިވެރިން ބަހާލުމަށްފަހު ކޮންމެ ޓީމެއްގައި ސީނިއާ ބަޔަކާއި ޖޫނިއާ ބައެއް ހިމެނޭގޮތަށްވަނީ ޓިމުތައް އަތުރާލެވިފައެވެ.

ރޭގެ ޙަފްލާގައި ގުރު ނަގާފައިވަނީ ސީނިއާ ޓީމާއި ޖޫނިއާ ޓީމަކީ އެއް ޓީމެއްގެ ގޮތުގައި ބަލައިގެންނެވެ. ނަމަވެސް ސީނިއާ ކޮންމެ ޓީމަކަށާއި ޖޫނިއާ ކޮންމެ ޓީމަކަށްވެސް ފައިނަލްގެ ކުރިން ޖުމުލަ ހަ މެޗް ކުޅެން ފުރުޞަތު ލިބިގެންދާނެއެވެ.

ރޭގެ ޙަފްލާގައި ޓީމްތަކަށް ހަވާލުކޮށްފައިވާ ޖާޒީތަކަކީ މި އަހަރު ރަސްމާދޫގައި ބޭއްވި ވެޓްރަންސް ކަޕްގައި ހުޅުދުއްފާރުގެ ވެޓްރަންސް ޓީމަށް ލިބިފައިވާ ފައިސާގެ އިނާމާއި މީދޫ އިރާ ގާމެންޓްސްގެ އެހީތެރިކާމާއި އިތުރު ފަރާތްތަކެއްގެ ސްޕޮންސަރއިން ހަދިޔާކޮށްފައިވާ ޖާޒީތަކެކެވެ. އަދި މުބާރާތުގެ އޮފިޝަލުންގެ ޓީޝާޓުތައް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ތަހޫ ޕިއްޒާއިންނެވެ. ރޭގެ ޙަފްލާގައި އެ ޖާޒީތައްވެސް ވަނީ އޮފިޝަލުންނަށް ހަވާލުކޮށްފައެވެ. ހުރިހާ ޖާޒީތަކެއްވެސް ޑިޒައިންކޮށްފައިވަނީ ރަށުކަޕް އަންޑަރ 18ގެ ޑިޒައިން ޕާޓްނަރ ލެވެލް ޑިޒައިނުންނެވެ.

Copyright © 2025 Faaru News
Made with by Afeef & Noor