ޝާފިޢު މިފަހަރު ކުޑަ ކޮށްލީ އިސްލާމީ މަރުކަޒު!

ޝާފިޢު ހަދާފައިވާ އިސްލާމީ މަރުކަޒުގެ ކުޑަ މޮޑެލް އެއް / ފޮޓޯ: ގާފޮޅު
ޔޫނާ
ޔޫނާ
3 އަހަރު ކުރިން
1 މިނިޓް

ދިވެހިން އެ ބިނާ އަކަށް އެންމެ ފަހުރުވެރިވާ ރާއްޖޭގެ ރަމްޒެއް ކަމުގައިވާ އިސްލާމީ މަރުކަޒަކީ ދިވެހިންގެ ހިތުގައި ވަރަށް ހާއްސަ ޖާގައެއް ދެވިފައިވާ ތަނެކެވެ. އިސްލާމީ  މަރުކަޒަކީ މީގެ 37 އަހަރު ކުރީން އިސްލާމީ ވަރަށް ގިނަ ގައުމުތަކުގެ އެހީއާއެކު 1984 ގައި "މަސްޖިދުލް ސުލްތޯން މުހައްމަދު ތަކުރުފާނު އަލް އައުޒަމް" ގެ ނަމުގައި ރައީސް މައުމޫން ބިނާ ކުރެއްވި މިސްކިތެއް އަދި އިސްލާމީ މަރުކަޒެކެވެ. ރާއްޖޭގެ އިސްލާމީ ދަންމަރާއި ޝަހުސިއްޔަތު އެންމެ ބޮޑަށް ފާޅުކޮށްދޭ އެ ބިނާއަކީ އެއީ އެއްފަހަރާ، 5،000 މީހުންގެ ޖާގައިގެ މިސްކިތާއި ކޮންފަރެންސް ހޯލެއްގެ އިތުރުން ލައިބްރަރީ އާއި ކްލާސް ރޫމްތައް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ ފުރިހަމަ ބިނާއެކެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ އިދާރާއަކީ ވެސް އިސްލާމީ މަރުކަޒެވެ.

އެ މަރުކަޒަށް ނަން ދީފައިވަނީ  އަޅުގަނޑުމެންގެ ވަތަނާއި ދީނަށްޓަކައި ފިދާވި ފަހުވަލަވާނެއް ކަމަށްވާ ބޮޑުތަކުރުފާނުގެ ނަމުންނެވެ. ކޮންމެ އަކަސް އެ ބިނާ އަކީ ދިވެހިންނަށް ވަރަށް ހާއްސަ ބިނާ އެކެވެ. 

އެ ބިނާއަކަސް ދިވެހިން ފަހުރުވެރިވާ އިސްލާމީ މަރުކަޒުގެ އެ ހިއްގައިމު ބިނާ ކުޑަކޮށްލާ ހަދާފައިވާ މޮޑެލްއަކުން މީގެ ދުވަސް ކޮޅެއް ކުރިން ޝޯޝަލް މީޑިޔާ ފުރާލި އެވެ. އަޅުގަނޑުމެންނަށް އާމޫނެއް ނޫނެވެ. ރ. ހުޅުދުއްފާރަށް ނިސްބަތްވާ ޒުވާން އުފެއްދުންތެރިޔާ ޢަބްދުﷲ ޝާފިޢު މިފަހަރު ކުޑަ ކޮއްލީ އިސްލާމީ މަރުކަޒުގެ ބިނާއެވެ. މިއީ ރާއްޖޭގެ މުހިއްމު ބިނާތަކުގެ މަސައްކަތް އަސްލާއި އެއްގޮތަށް އޭނާ ރެޕްލިކާ ކުރި ހަ ވަނަ ފަހަރެވެ. 

ޝާފިޢުގެ ބުރަ އަދި އެހާމެ ފުރިހަމަ މަސައްކަތެއް / ފޮޓޯ: ގާފޮޅު

ރ. ހުޅުދުއްފާރު ކުރިކީލަގޭ ޢަބްދުﷲ ޝާފިއު އަކީ އުފެއްދުންތެރިކަމަށް ލޯބި ކުރާ ޒުވާނެކެވެ. މީގެ ކުރިން ޝާފިއު ހަދާފައިވާ މޮޑެލްތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައި ވެއެވެ. އޭނާ ވިދާޅުވީ އިސްލާމީ މަރުކަޒުގެ މޮޑެލް ހަދަން ވަރަށް ކުރިން ވެސް ވިސްނާފައި ވާކަމަށާއި ގިނަ ބަޔަކު އެ މޮޑެލް ހަދައިދިނުމަށް އެދިފައިވެސް ވާ ކަމަށެވެ. 

ފުރިހަމަ މަސައްކަތެއް. ކުދި ކުދި ތަފްސީލުތަކަށްވެސް ވަރަށް ސަމާލުކަން ދީފައިވޭ. / ފޮޓޯ: ގާފޮޅު

ޝާފިއުގެ ހަދާފައިވާ މޮޑެލްތައް ހިއްސާ ކުރން ސޯޝަލް މީޑިޔާގައި ޕޭޖެއް ހަދާފައި ވެއެވެ. 'ގާފޮޅު' ގެ ނަމުގައި ޝާފައު ހިންގާ ޕޭޖުގައިވާ ގޮތުން އިސްލާމީ މަރުކަޒް މޮޑެލް ވިއްކާލުމަށް ހަމަޖެހިގައި ވަނީ 2500 ރުފިޔާ އަށެވެ.

ޝާފިއު ވިދާޅުވީ ދެން އެންމެ އަވަހަށް އޭނާ ހަދަން ނިންމާފައިވަނީ ރަސްމީ ފާލަން ނުވަތަ ރައީސް ފާލަމުގެ މޮޑެލް ކަމަށެވެ. 

Copyright © 2024 Faaru News
Made with by Afeef & Noor