ހުޅުދުއްފާރު ކައުންސިލް މަސްރޭސް 2023ގެ ވަނަތައް ހޮވައިފި

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
4 މަސް ކުރިން
1 މިނިޓް

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. ހުޅުދުއްފާރު ކައުންސިލްގެ ފަރާތުން ބޭއްވި ކައުންސިލް މަސްރޭސް 2023ގެ ވަނަ ވަނަ އަށް ދިޔަ ފަރާތްތައް ހޮވާ އެފަރާތްތަކަށް އިނާމު ދީފިއެވެ.

މި މަސްރޭހުގައި 7 ޓީމަކުން ބައިވެރިވިއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދެ ފަހަރަކަށް ލަސްކުރި މި މަސްރޭސް ކުރިއަށްދިއައީ 02 ޖެނުއަރީ 2024ވީ އަންގާރަ ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ، ބޮކި ނަނު، ފަން ވިތް ފިޝް، 40 ލިޓަރ، ފެނަކަ ޓީމް، އިމޭޖިނޭޝަން، ހިތްވަރުކުރާނަން، އަދި ފޭވަރިޓް އެވެ.

މި މުބާރާތުގެ އެންމެ ގިނަ މަސްބޭނި މީހަކަށް ލިބޭ 500 ރުފިޔާގެ ފައިސާގެ އިނާމު، 24 މަސް ބާނައިގެން ހޯދާފައިވަނީ ޓީމު ފެނަކައިގެ އަޙްމަދު ނަބީލުއެވެ. އަދި މި މަސް ރޭހުގެ އެންމެ ބަރުބަސް ބޭނި ޓީމަކަށް ހޮވިފައިވަނީ 13 ކިލޯގެ ކުރުމަހެއް ބޭނި، "އިމޭޖިނޭޝަން" ޓީމެވެ.

މި މަސްރޭހުގެ ތިންވަނަ ޓީމަށް ލިބޭ 1500 ރުފިޔާގެ ފައިސާގެ އިނާމު ހޯދާފައިވަނީ، 22 ކޭ.ޖީ މަސްބާނައިގެން "އިމޭޖިނޭޝަން" ޓީމެވެ.  އަދި މުބާރާތުގެ ދެވަނަ ޓީމަކަށް ލިބޭ 2500 ރުފިޔާގެ ފައިސާގެ އިނާމު ހޯދާފައިވަނީ 27 ކޭ.ޖީގެ މަސްބާނައިގެން  "ބޮކި ނަނު" ޓީމެވެ.

އަދި މި މުބާރާތުގެ އެންމެ ފަޚުރުވެރިވަނަ ކަމުގައިވާ، މުޅި މުބާރާތުގެ 1ވަނަ އަށް ލިބޭ 5000 ރުފިޔާގެ ފައިސާގެ އިނާމު ހޯދާފައިވަނީ، 36 ކޭ.ޖީ މަސް ބާނައިގެން "ޓީމު ފެނަކަ" އެވެ. 

Copyright © 2024 Faaru News
Made with by Afeef & Noor