ކުލަގަދަ ގޮތެއްގައި އަންހެންކުދިންގެ ދުވަސް ފާހަގަ ކޮށްފި!

ދުވަހުގެ އެސެމްބްލީގެ ތެރެއިން.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ އެގާރަ ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައެވެ.އެގޮތުން އެހެން އަހަރު ތަކެކޭވެސް އެއްގޮތައް މިއަހަރުވެސް ހުޅުދުއްފާރު ސްކޫލުން ވަނީ މިދުވަސް ފާހަގަ ކޮށްފައެވެ. ގައިޑުންނާއި ގުޅިގެން ދުވަހުގެ މުނާސަބަތުގައި ބޭއްވުނު އެސެމްބްލީގައި މިދުވަހާ ގުޅޭގޮތުން ދަރިވަރުން ތައްޔާރު ކޮއްފާވައި ވާ ވީޑިއޯ އެއްވެސް ވަނީ ދައްލާފައެވެ.ހަމައެއާއެކު ޗީފް ކޮމިޝަނާގެ މެސެޖެއް އަޑުއިއްވާފައި ވާއިރު، މި އެސެމްބްލީ ނިމިގެން ދިޔައީ ދުވަހުގެ ހާއްސަ ކޭކެއް ފެޅުމަށްފަހުގައެވެ.އަދި މިދުވަހާއި ގުޅިގެން ކުރިޔަށް ގެންދަން ރޭވުނު ހިނގާލުން ބޭއްވޭ ގޮތް ނުވީ މޫސުން ތަންނުދިނުމުން ކަމަށް ނޫސްއަށް ހަބަރު ލިބިފައިވެއެވެ. މިދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އަންހެންކުދިން ބާރުވެރިކުރުވައި، އެކުދިންގެ ހައްގުތައް ލިބިގަތުމަށް އަޑުއުފުލައި، ބަދަލު ވަމުން އަންނަ މި ދުނިޔޭގައި ކަންކަން ކުރުމުގައި އަންހެން ކުއްޖަކަށް ވީތީ ދިމާވާ ގޮންޖެހުންތައް އެހެންމީހުންނަށް ހިއްސާ ކުރުމެވެ.އެގޮތުން މިއަހަރަށް "ވެގްސް"އިން ކަންޑައަޅާފާވައި ޝިއާރަކީ "ޕްރިޕެއާޑް ޓު ޗޭންޖް ދަ ވޯލްޓް" މި ޝިއާރެވެ.

Copyright © 2024 Faaru News
Made with by Afeef & Noor