ގްރޭޑް 12 ނިމޭއިރުގައި ކުރިއަށް ދާނެ ދާއިރާއެއް ކަނޑައެޅައިފައި ވުމަކީ ވަރަސް މުހިއްމު ކަމެކެވެ. އެހެނީ ދާއިރާތަކުގެ މައުލޫމާތު ލިބުމުގައި ދަތިތައް ކުރިމަތިވަމުންދާތީއެވެ. އެގޮތުން ގިނަ ދަރިވަރުން ކިޔަވާ ނިމުމަށްފަހުގައި ކުރިއަށް ދާން ހިޔާރުކުރާ އެއް ދާއިރާއަކީ ޓީޗިންގްއެވެ. ވަޒީފާގެ ފުރުސަތު ތަނަވަސްވެފައި، މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބޭތީއެވެ. މިލިޔުމުގައި މި ބަލައިލަނީ ޓީޗިންގް ދާއިރާގައި 5 އަހަރުގެ ތަޖުރިބާ ހުރި އަދި މިހާރުވެސް ޓީޗިންގްގެ ދާއިރާގައި މަސައްކަތް ކުރަމުންދާ އަހްސަމް ސަރގެ ފަރާތުން ޓީޗިންގްއާ ގުޅޭ މުހިއްމު 6 ސުވާލެއްގެ ޖަވާބެވެ.
1.ޓީޗިންގ ދާއިރާގައި ވަޒީފާގެ ފުރުސަތުތައް ހުރީ ކިހިނެއް؟ އަދި ރަށުން ވަޒީފާ ލިބުން ފަސޭހަތޯ؟
ބައެއް މާއްދާތަކުގައި އެބަހުރި. ފައުންޑޭޝަން ސްޓޭޖްގައިވެސް އެބަހުރި. އެކަމް އާންމު ގޮތެއްގައި ކޮމާރސް މާއްދާތަކުގައި ހުރީ ހަމަވެފަ. ކޯސް ހަދާއިރު ހުސްކޮށް ހުރި މާއްދާއެއް ނޫނީ ބޭރު ޓީޗަރެއް ހުރި މާއްދާއެއް ހަދައިފިއްޔާ ފުރުޞަތު އެބައޮތް.
2. ވަޒީފާގެ މަސްޢޫލިއްޔަތާ އަޅާ ބަލާފަ މުސާރަ ރަގަޅު ކަމަށް ޤަބޫލު ކުރަންތޯ؟
އަނެއްހެން ބަލަންޏާ ޓީޗިންގްގަވެސް އެހާ ކުޑައެއްނޫން މުސާރައެއް. ރާއްޖޭގެ ޕޭ ސްޓްރަކްޗާ މިއިންނަނީ އެހާ ފެއާ ގޮތަކަށްނޫން. އެގޮތަށް ބަލާފަ ޓީޗިންގްގަ އެހާ ގޯހެއްނޫން މުސާރައެއް.
3. ބޭރުން ބަލައިލާފަ މީހުންނަށް އަޅައިނުގަނެދާނެ ބައެއްކަންކަމަކީ ކޮބައިތޯ؟
ޓީޗަރެއް ވެއްޖެއްޔާ އެންމެންވެސް 'އެކްސްޕެކްޓް' ކުރާނެ ވަކި ލެވެލްއެއްގައޭ އަޚްލާޤް ހުންނަން ޖެހޭނީ. މިސާލަކަށް ޓީޗަރެއް ވެއްޖެއްޔާ ސިނގިރޭޓު ބޮއެގެން ނުވާނެއޭ. މީހުންގެ ތެރޭގައި ވާހަކަ ދައްކާއިރުވެސް ވަކި ލެވެލްއަކަށް ވުރެ ބަސްމަގު ގޯސްވެގެނެއް، އެއްވެސް ކަހަލަ ގޯސް ބަހެއް ބޭނުން ކޮށްގެނެއް ނުވާނެއޭ. ދެން އަބަދުވެސް ބޭނުންވާނެ އޭމީހަކު އަމިއްލަ ނަފްސް އެޑިއުކޭޓް ކޮށްކޮށް ހުންނަން. އަޕްޑޭޓް ވާން ޖެހޭނެއޭ. ޚާއްސަކޮށް ގިނަ ސަބްޖެކްޓްސްތަކުގައި ހަމަ އެކަހަލަ ގޮތަކަށް. ވަރަށް މަދު ސަބްޖެކްޓްއެއްގައި މި އިންނަނީ އެއިން ލެވެލްއެއްގައި އިނަސް 'އިޝޫ'އެއް ދިމާނުވާ. އެކަމް ގިނަ ސަބްޖެކްޓްސްތަކުގައި ހަމަ ގިނަ އިންފޯމޭޝަން ޖެހޭ އަޕްޑޭޓް ކުރަމުންދާން. ކޯސް ހެދީމާ ނިމުނީއެއް ނޫން. ދެން މިހާރު ޖެހޭ ވަރަށް 'ޓެކްނޮލޮޖީ' ކަހަލަ އެއްޗިއްސަށް 'އެޑެޕްޓްވާން'. ދެން ޓީޗިންގްގަ ވެއްޖެއްޔާ އިންނަ ތަންކޮޅަކީ، ރަސްމީ ގަޑި ނިމުމަށްފަހުގަވެސް އެމީހަކު ޖެހޭނެ ވަރަށް ޓައިމް ސްޕެންޑް ކުރަން ރެޑީގައި ހުންނަން. ވިލިންގް ވާން ޖެހޭނެއޭ އެކްސްޓްރާ ގަޑި ތަކުގައި މަސައްކަތް ކުރަން. އޭނަގެ ސިކުނޑި އޮފެއް ނުކޮށްލެވޭނެއޭ އެއްކޮންނެއް.
4. 12 ނިމޭ ކުދިންނަށް ކިހާ ބޮޑަކަށް ޓީޗިންގްގެ ދާއިރާއަށް ދައުވަތު ދޭނަންތޯ؟
ސަރ އަށް ހަމަ ވަރަށް ފާހަގަ ކުރެވޭ އެއްޗެއް މީ ރާއްޖޭގެ ކުދިން، ދިވެހި ކުދިން ހަމަ ކިޔަވައިގެން ނިކުންނަ ކުދިން އައިސްފަ މި ފީލްޑްގައި ކިޔަވައިދޭ އިރު މާ 'އެފެކްޓިވް' އޭ ބޭރު ޓިޗަރުންނަށް ވުރެ. އެހެންމަ ހަމަ ވަރަށް ބޮޑަށް އިލްތިމާސް ކުރަން. ހަމަ ވީހާ ވެސް ބޭރު މީހުން މަދު ކޮށްލެވޭނެގޮތަކަށް ހަމަ ދިވެހިން މީގެ ތެރެއަށް ގިނަ ކޮށްލެވޭނެ ގޮތަކަށް ކުދިންކޮޅެއް އައުން އެދެނީ.
5. އެހެން ވަޒީފާއެއްގައި ނުލިބޭ އެކަމަކީ ޓީޗިންގްގެ މި ވަޒިފާގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮބައިތޯ؟
އެންމެ ބޮޑު ހިތްހަމަޖެހުމަކަށް އިންނާނެ އެއްކަމަކީ ބަޔަކަށް އެއްޗެއް އުނގަންނައި ދިނީމަ އިންނަ ހިތްހަމަ ޖެހުމެއް. އެމީހެއްގެ ފަރާތުން އެހެން މީހަކަށް އެއްޗެއް އިނގުނީމަ އެލިބޭ ހިތްހަމަ ޖެހުން އިނދޭ ހަމަ ވަރަށް ބޮޑަށް.
ދެން އަނެއް ކަމަކީ ކުދިންނާ އެއިންނަ ގުޅުން. ސްކޫލުގައި މި ޖޮބްގައި މިހެން އުޅުނީމަ ރަށުތެރެއިން އަނެއްހެން ބުނަންޏާ ކޮންމެ ކުއްޖަކު ފެނުނަސް އެބަ އިނގޭ މީ ކޮން ކުއްޖެއްކަން، ކޮން ގެއެއްގެ ކުއްޖެއްކަން. އެއީ އަސްލު އިންނަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އަސްލު މުޖުތަމަޢުގައި އުޅޭ އިރުގައި ކުދިންނާ އެއިންނަ ގުޅުމާއި ކުދިންނާ ފެމިލިއާވުމަކީ ވަރަށް ބޮޑަށް ހިތްހަމަޖެހުން އިންނަކަމެއް. ސޮސައިޓީ ތެރޭގައި ފީލް ކުރެވޭ ސޮސައިޓީގެ ޕާޓްއެކޭ.
6. ދާއިރާއާ ބެހޭގޮތުން އެންމެ ފަހު ބަހެއްގެ ގޮތުން ބުނެލާނީ ކީކޭތޯ؟
މިދާއިރާއަށް އަސްލު އަންނަން ބޭނުންވާކަމަށް ވަންޏާ އެކުއްޖަކު މިހާރު ދަންނަންޖެހޭ ވަރަށް ބޮޑު އެއްޗެއް އިންނާނެ. މިސާލަކަށް ކުރިއާ ހިލާފަށް މިހާރު ވާ ގޮތަކީ ސިޔާސީ މަސްރަހު އިނދޭ އެބަ ވަރަށް ބޮޑަށް މީގެ ތެރެއަށް ވަދެފަ. އެހެންމަ މިސާލަކަށް އެއްސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވާއިރުގަ ޕޮލިސީތައް ބަދަލް ވާނެކަން އެކުއްޖަކު ދަންނަންޖެހޭނެއޭ. ދެން ހަމަ ދަންނަންޖެހޭ އަނެއްކަމަކީ ވަކި ބައެއްގެ ސިލަބަސްތަކަށޭ ހަމަ މި ކިޔަވައިދެނީ. އެހެންވެއްޖެއްޔާ ސީދާ އަމިއްލަ ގޮތަކަށް، އަމިއްލަ ސްޓައިލްއަކަށް ކިޔަވައި ދިނުމުގެ ފުރުސަތެއް މާބޮޑަކަށް ނީނދެއޭ. ދެން ހަމަ އެއާ އެއްކޮށް އަމިއްލައަށް ބޭނުންވާ އެއްޗެއް މިސާލަކަށް ކުދިންނަށް މުހިންމުވާނެހެން ހީވިޔަސް އެއަށްވުރެ ބޮޑަށް ބައެއް ފަހަރު ފޯކަސް ކުރަން އެބަޖެހޭ ސިލަބަސްގަ ކަނޑައަޅާފައި މި އިންނަނީ މިވެނި އެއްޗެކޭ އެހެންމަ މީތި ކުދިންނަށް އެބަ ޖެހޭ ކޮންމެހެންވެސް ކިޔަވައިދޭން. މި ފީލްޑަށް ކުއްޖަކު އަންނަން ވިސްނާކަމުގައި ވަންޏާ އެކުދިން ވިސްނަންޖެހޭ ކަންކަން އެންމެ ބޮޑަށް މީ.