އޮންލައިންކޮށް ކިޔަވައިދިނުމަށް އެހީއެއް - ޕެޑްލެޓް

މުޙައްމަދު ޢިމްރާން
މުޙައްމަދު ޢިމްރާން
3 އަހަރު ކުރިން
3 މިނިޓް

ކިޔަވައިދިނުމުގައި އައި ސީޓީގެ ދައުރު މިވަނީ ނުހަނު ފުޅާވެފައެވެ. އަދި އައި ސީ ޓީ އާ ނުލައި އެ މަސައްކަތް ކުރިއަށް ނުގެންދެވޭ މިންވަރަކަށް އައި ސީ ޓީ މި ވަނީ މުދައްރިސުންނާ ދަރިވަރުންނާއި ގުޅި ލާމެހިފައެވެ. ވަކިން ޚާއްޞަކޮށް ކޮވިޑްގެ މިހާލަތާ ގުޅިގެން އުނގެނުމާއި އުގަންނައިދިނުމުގައި ބޭނުންކުރެވޭ  އައި ސީ ޓީގެ ޓޫލްސްތަކުގެ ބޭނުންތެރިކަން މިވަނީ އިހުނަށްވުރެ އިތުރުވެފައެވެ. މި ގޮތުން މި އާރޓިކަލްގައި މި ބަލާލަނީ މި ފަދަ ޓޫލެއް ކަމައްވާ “ޕެޑްލެޓް” އަށެވެ. 

އޮންލައިންކޮށް ކިޔަވައިދިނުމުގައި މުދައްރިސުންގެ އެންމެ ބޮޑު ޒިންމާއެއްކަމުގައި ދަރިވަރިންގެ ބައިވެރިވުން ނުވަތަ އެންގޭޖްމެންޓް ހިފެހެއްޓުން ނުވެނުނުދާނެއެވެ. ވުމާއެކު ހުރިހާ ދަރިވަރުންނަަށް ފަރުދީގޮތުންނާއި ގުރޫޕެއްގެ ގޮތުގައި ކުރެވޭނެ މަސައްކަތްތަކެއް ތައްޔާރުކުރުމަކީ ފިލާވަޅު އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިޔުމަށް ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ. ދަރިވަރިވަރުންނަށް ކުރާނެ މަސައްކަތެއްނެތި ގިނަވަގުތު މުދައްރިސް ވާހަކަ ދެއްކުން ކުރިއަށްދާނަމަ ދަރިވަރުންނަށް ފިލާވަޅަށް ސަމާލުކަންދީގެން ގިނަވަގުތު ތިބުމަކީ ދަތިކަމަކަށްވާނެއެވެ. 

މިހެންވިޔަނުދިނުދީ ފިލާވަޅުކުރިއަށްގެންދިޔުމައްޓަކައި ޕެޓްލެޓަކީ ބޭނުންކޮއްލަން ވަރަށް އެކަށޭނަ ޓޫލެކެވެ. ޕެޓްލެޓްގެ މައިގަނޑު ބޭނުމަކީ މުދައްރިސާއި ދަރިވަރުން އެކުއެކީގައި ކޮލަބަރޭޓިވުކޮށް ފިލާވަޅާ ގުޅޭ ތަފާތު މަސައްކަތްތައް ކުރުމެވެ. އަދި ދަރިވަރުން ކުރާމަސައްކަތް މުދަރިސް ރިއަލްޓައިމްގައި ބަލާލައި ކޮމެންޓް ނުވަތަ ފީޑްބެކު ދިނުމެވެ. އަދި އެއް ދަރިވަރަކު ނުވަތަ އެއް ގުރޫޕަކުން ކޮށްފައި ހުންނަ މަސައްކަތް އެހެން ދަރިވަރުންނަށާ ގުރޫޕްތަކަށް ހިއްސާ ކުރުންވެސް މި ޕްލެޓްފޯމުގެ ބޭނުންތަކު ތެރޭގައި ހިމެނެއެވެ. ރިއަލް ކުލާަސްރޫމެއްގައި ދަރިވަރުންލައްވާ ގުރޫޕް މަސައްކަތް ކުރުވުމަށްޓަކައި ބްރިސިލް ބޯޑެެއްދޭފަދައިން އޮންލައިންކޮށް ގެންދާ ގަޑިއެއްގައި ޕެޑްލެޓް ބޭނުން ކުރެވިދާނެއެވެ. 

ޕެޑްލެޓްގެ ބޭނުންތަކުގެ ތެރޭގައި އެކި ދަރިވަރުން އެކި ތަނުގައި ތިބެގެންކިޔެވި ކަމުގައިވިއަސް ހުރިހާ ދަރިވަރުން އެއް ޕޭޖަކަށް ގެނައުން ހިމެނެއެވެ. އަދި ހަމައެއާއެކު، ދަރިވަރުންނަށް ފިލާވަޅަކާގުޅޭގޮތުން ފޯރޮކޮށްދޭން ބޭނުންވާ ކޮންމެ ރިސޯސެއް ފަސޭހައިން އެއްފަހަރުން ފޯރުކޮށްދެވުންވެސް ހިމެނެއެވެ. މި ގޮތުން ފިލާވަޅާގުޅޭ ޕަވަރ ޕޮއިންޓާއި، ވީޑިއޯ، އޯޑިއޯ، ފޮޓޯ، ނޯޓްސް އަދި ފިލާވަޅާގުޅޭ ވެބްސައިޓެއްގެ ލިންކުވެސް ހިއްސާކުރެވިދާނެއެވެ. ހަމަ އެހެންމެ ފިލާވަޅުގައި ބޭނުންކޮށްފައިހުރި ރިސޯސްތައް ފަހުން ބަލާލަން ބޭނުންވެއްޖެ ހާލަތެއްގައި ފަސޭހައިން ބަލާލުމަށް ތަރުތީބުކޮށް ބެހެއްޓުންވެސް މި ޓޫލްގެ ބޭނުންތެރިކަމުގެތެރޭގައި ހިމެނެއެވެ. ޕެޑްލެޓް ބޭނުން ކުރުމަށްޓަކައި ތިރީގަިއި އެވާ ތަރުތީބުން ކުރިއަށްދެވިދާނެއެވެ. 

1. ޕެޓްލެޓްގެ ވެބްސައިޓަށްވަނުން - ވެބްސައިޓަށް ވަނުމަށްޓަކައި padlet.com އަށް ދެވިދާނެއެވެ. ނުވަތަ ޕެޑްލެޓް މި ކީވޯޑް ބޭނުންކޮށްގެން ގޫގުލް ސާރޗްކުރުމުންވެސް ލޮގިން ޕޭޖަށްދެވޭނެއެވެ. 

2. ލޮގިންވުން- ލޮގިންވުމައްޓަކައި ލޮގިންއަށް ފިތާލުމަށްފަހު ތިރީގައިއެވާ ފޮޓޯއިންފެންނަގޮތައް ގޫގުލް އެކައުންޓެއް އިޚްތިޔާރު ކުރެވިދާނެއެވެ. މި ގޮތުން ގޫގުލް އަށް ފިތާލުމުން ގޫގުލް އެކައުންޓެއް އިޚްތިޔާރުކުރުމަށް ފުރުޞަތު ލިބޭނެއެވެ. ގޫގުލް އެކައުންޓެއް އިޙްތިޔާރުކުރުމުން މެމްބަރޝިޕްގެ ވައްތަރެއް ކަނޑައަޅަން އަންނާނެއެވެ. މިގޮތުން ބޭސިކު ނެގުމުން ހިލޭ މި ޓޫލް ބޭނުން ކުރެވޭނެއެވެ. މި މަރުހަލާ ނިމުމުން ލޮގިންވެވޭނެ އެވެ.  

3. އައު ޕެޑްލެޓެއް ތައްޔާރުކުރުން - އައު ޕެޑްލެޓެއް ތައްޔާރުކުރުމަށްޓަކައި ތިރީގައިއެވާ އޮޕްޝަންތަކުގެ ތެރެއިން މޭކް އަ ޕެޑްލެޓް ނަގާނީއެވެ. މި އޮޕްޝަން ނެގުމުން ޕެޑްލެޓެއް ހެދުމަށްޓަކައި ބޭނުންކުރެވިދާނެ ތަފާތު ލޭއަެުޓްތައް ފެންނަންހުނާނެއެވެ. 

4. ބޭނުން ކުރާނެ ލޭއައުޓެއް އިޚްތިޔާރުކުރުން - ލޭއައުޓެއް އިޚްތިޔާރުކުރުމުގައި ވިސްނަންޖެހޭ އެންމެ މުހިއްމު ކަމަކީ ޕެޑްލެޓުން ކުރަންއުޅޭ މަސައްކަތަކާ ގުޅޭ ލޭއައުޓެއް އިޚްތިޔާރުކުރުމަށެވެ. ލިބެންހުރި ލޭއައުޓް ތަކުގެ ފޮޓޯއެއް ތިރީގައި އެވަނީ އެވެ. މި ގޮތުން މިސާލަކަށް އޮންލައިން ކުލާހެއް ކުރިއަށްގެންދާއިރު ގުރޫޕް މަސައްކަތެއް ކުރިގެންދަންބޭނުންކުރާނަމަ، ޝެލްފް ނެގިދާނެއެވެ. 

5. އައު ޕެޑްލެޓަށް ނަމެއްދިނުމާއި ބެކްގުރައުންޑް ކަނޑައެޅުން - ވަކި ލޭއައުޓެއް ނެގުމުން ޕެޑްލެޓަށް ނަމެއްދީ، ޕެޓްލެޓްގެ ކުރު ޑިސްކުރިޕްޝަނެއްލިޔެ އަދި ބެކްގުރައުންޑްފަދަ ގިނަ ކަންކަން ސެޓްކުރެވެން ހުނަނާނެއެވެ. މިކަންކަން ސެޓްކުރުމަށްފަހު ސޭވުކޮށްލާނީ އެވެ. މި ބައި ފުރިހަމަނުކޮށް ދޫކޮއްލިއަސް ފަހުންވެސް މިކަންކަން ބަދަލުކުރެވޭނެއެވެ. 

6. ޕެޑްލެޓްގައި ޕޯސްޓްކުރަން ފެށުން - 5 ވަނަ މަރުހަލާ ނިމޭައިރު ހުންނާނީ ޕެޑްލެޓްގައި އިޚްތިޔާރުކުރި ބާވަތެއްގެ ލޭއަޓަކުން ޕެޑްލެޓެއް ހެދިފައެވެ. މިސާލަކަށް ލޭއައުޓްތަކުގެ ތެރެއިން ވޯލް ނެގިނަމަ ހުންނާނީ ވޯލެއް (ފާރެއް) ހެދިފައެވެ. މި ފާރުގައި ޕޯސްޓްކުރުމަށްޓަކައި އަބަދުވެސް ނަގާނީ އެއްކުރާ ފާހަގަ ހިމެނޭ އައިކަން އެވެ. މި އައިކަނަށް ފިތާލުމުން ތިރީގައި އެވާ ފަދައިން ޕޯސްޓް ކުރުމުގެ އޮޕްޝަންތައް ފެންނާނެއެވެ. މި ގޮތަށް އެއްޗެއް ޕޯސްޓްކުމުގެ ކުރިން އެ ޕޯސްޓަށް ނަމެއްދިނުމަކީ މުހިއްމުކަމެކެވެ. އަދި އޭގެ ފަހުން ބޭނުން އެއްޗެއް ލިޔެިވިދާނެއެވެ. އަދި ބޭނުންނަމަ، ފޮޓޯ، ވީޑިއޯ އަދި ވެބްސައިޓްތަކުގެ ލިންކުވެސް އަޕްލޯޑް ކުރެވޭނެއެވެ. 

7. ޝެއަރކުރުން - ތައްޔާރުކޮށްފައިވާ ވޯލް ނުވަތަ ޕެޑްލެޓް އެހެންމީހުންނަށް ހިއްސާކުރުމަށްޓަކައި، ކަނާތައްފަރާތު މަތީގައިވާ "ޝެއަރ" މި އޮޕްޝަންބޭނުން ކުރެވިދާނެއެވެ. މި އޮޕްޝަނަށް ފިތާލުމުން ޝެއަރ ކުރުމަށްހުރި ތަފާތުގޮތްތައް ފެންނަން ހުންނާނެއެވެ. ޝެއަރ ކޮށްލުމާއެކު އެހެން މީހުނަށްވެސް މި ވޯލްގައި ޕޯސްޓްކޮށް އެމީހުންނަށްވެސް އެހެންމީހުންނަށް ޝެއަރކުރަމުން ގެންދެވިދާނެއެވެ. 

ކުރިންވެސް ބުނެވުނު ފަދައިން މި ޓޫލަކީ ކިޔަވައިދިނުމުގައި ބޭނުންކުރުމަށް ވަކިން ޚާއްޞަކޮށް ގިނަކުދިންތަކަކަށް އެއްފަހަރާ މަސައްކަތް ކުރުމަށް ފުރުޞަތު ދެވިދާނެ ޕްލެޓްފޯމެކެވެ. މި ގޮތުން ތަފާތު ސުރުޚީތަކެއް ދިނުމަށްފަހު ކުލާހުގެ ކޮންމެ ދަރިވަރަކުވެސް އެ ކުއްޖެއްގެ ޚިޔާލު އެސުރުޚީއަކާ ގުޅޭގޮތުން ފާޅުކުރުންފަދަ ކަންކަމަށް މި ޕްލެޓްފޯމު ބޭނުން ކުރެވިދާނެއެވެ. މި ގޮތަށްބޭނުންކުރެވިދާނެގޮތުގެ މިސާލެއް ތިރީގައި އެވަނީއެވެ. 

އަދި ވަކި މާއްދާއެއް ކިޔަވައިދިނުމަށް ބޭނުންކުރެވޭ ޓީޗިން އެއިޑްސް އެއްތަނެއްގައި ތަރުތީބުން ބެހެއްޓުމަށްވެސް މި ޕްލެޓްފޯމު ބޭނުންކުރެވިދާނެއެވެ. މި ގޮތަށް ތައްޔާރުކުރެވިފައިވާ ވޯލެއް ތިރީގައި އެވާނީއެވެ. މި ގޮތަށް ވަޞީލަތްތައް ބެހެއްޓުމުން ހޯދާލަން ފަސޭހަވެ، ރައްކާކުރާނެ ޖާގައިހެ ދަރިކަން ކުރިމަތިނުވެ  އަދި އެހެން މީހުނާ ފަސޭހައިން ހިއްސާ ކޮށްލެވިދާނެއެވެ. މި ގޮތުން ތިރީގައި އެވަނީ ކިޔަވައި ދިނުމުގައި އައި ސީ ޓީ ބޭނުންކުރުގެ މައުލޫމާތު ލިބޭ ބައެއް ވެބްސައިޓް ތަކާއި ބޭނުން ކުރެވިދާނެ ބައެއްޓޫލްސްތައް އެއްތަނަކަށް ޖަމާކުރެވިފައެވެ. 

Copyright © 2024 Faaru News
Made with by Afeef & Noor