ތައުބާވި މީހެއްގެ ވާހަކަ ކިޔައިދެން ހެއްޔެވެ؟

ވާހަކަ ކިޔާދޭ ރަހުމަތްތެރިޔާ
ވާހަކަ ކިޔާދޭ ރަހުމަތްތެރިޔާ
3 އަހަރު ކުރިން
3 މިނިޓް

މި މީހާގެ ގޭ ކައިރީގައި އުޅޭ އަންހެން ކުއްޖަކާމެދު މި މީހާގެ ހިތުގައި ލޯބި އުފެދިއްޖެއެވެ. ނަމަވެސް ރަނގަޅު ތަންވަޅެއް ނުލިބި މިހެން ހުއްޓާ އެއްދުވަހަކު އެ ކުއްޖާގެ މައިން ބަފައިން އެ ކުއްޖާ އެހެން ސަރަހައްދަކަށް ވިޔަފާރީގެ ކަމެއްގައި ފޮނުވައިފި އެވެ. މި ކަން މިމީހާއަށް ވެސް ކޮންމެވެސް ގޮތަކުން އެނގިއްޖެ އެވެ. އެހެން ކަމުން ފާރަލަމުން އެކަނި ވެރި ހިސާބަކަށް މިއަންހެންކުއްޖާ ދެވުމުން މި މީހާ ހުރިކަން އެ ކުއްޖާ އަށް އެނގޭނެ ގޮތެއް ހަދައިފި އެވެ. އަދި ގާތަށް އައިސް ކޮންމެސް ކަމެއް ވެސް ކުރެވޭތޯ އުޅުނެވެ. ނަމަވެސް މިހިސާބަށް ކަންތައް ދިޔުމުން އެ އަންހެން ކުއްޖާ ބުންޏެވެ: "ތިބާ އަހުރެން ދެކި ލޯބި ވާ ވަރަށް ވުރެން އަހުރެން ތިބާ ދެކި މާ ލޯބި ވަމެވެ. ނަމަވެސް ﷲ ގެ ޙަޟްރަތަށް އަހުރެން ބިރު ގަނެއެވެ"


މި ވާހަކަ އަޑުއިވިފައި މި މީހާ ހުރިތަނަށް ގަނޑުވެއްޖެ އެވެ. އަދި ހިތަށް އެރި އެވެ. "ތިބާ ﷲ އަށް ބިރު ވެތި ވީ އިރު އަހުރެންނަކަށެއް ނުވެވުނެވެ" ހަމަ އެވަގުތު އެ ތަނުން ދުވެ ދުރަށް ގޮސް އޭނާގެ ނިޔަތް ނުބައި ކަމުގެ މައްޗަށް ވަރަށް ރޮއެ ހިތާމަކޮށް، ވަރަށް އިޚްލާޞް ތެރި ވަރުގަދަ ތައުބާ އަކުން ތައުބާ ވިއެވެ.


އެޔަށް ފަހު ގެޔަށް ދިޔަ މަގު މަތީ އޭނަ ވަރަށް ބޮޑަށް ފެނަށް ބޭނުން ވެ ފެންބޮވައިގެންފި އެވެ. މިހެން އުޅެނިކޮށްދިމާވީ ބަނީއިސްރާއީލުންގެ މައްޗަށް ފޮނުއްވެވި ނަބީ އަކާއެވެ. އެ ނަބީ ކަލޭގެފާނުން ނަށް މި މީހާގެ މޫނު މަތިން ވަރަށް ބޮޑު ކަމެއްގެ އަސަރު ފެންނާތީވެ ވީކީއްތޯ ސުވާލު ކުރެއްވެވި އެވެ. އެ މީހާ ތިމަން މި ވަނީ އިންތިހާ ޔަށް ފެނަށް ބޭނުންވެފައޭ ބުންޏެވެ.

ދެން އެ ނަބީ ކަލޭގެފާނުން ގެ އަތުގަޔާއި އެ ހިސާބުގަ ވެސް ފެން ލިބޭނެ ގޮތެއް ނެތުމުން އެކަލޭގެފާނުން ވިދާޅު ވި އެވެ: "ވާރޭ ފެނަށް އެދި ﷲ ހަޟްރަތަށް ދުޢާ ކުރަމާ ހިނގާ" ށެވެ. އެވަގުތު އެ މީހާ ވަރަށް ދެރަވެލާފައި އަސަރާއި އެކީ ޖަވާބު ގައި ތިމަން ގެ އަތުގައި ދުޢާ ކޮށްގެން އިޖާބަ ކުރައްވަވާނޭ ހެޔޮ ޢަމަލެއް ނެތޭ ބުންޏެވެ. ދެން އެ ނަބީ ކަލޭގެފާނުން ވިދާޅު ވި އެވެ. "ތިމަން ކަލޭގެފާނުން ދުޢާ ކުރާނަމެވެ. ކަލޭ އާމީން ކިޔާށެވެ"


އެޔަށްފަހު އެ ނަބީ ކަލޭގެފާނުން ދުޢާ ކުރައްވާން ފައްޓަވައިފި އެވެ. ކޮންމެ ދުޢާ އެއްގެ ފަހަތުން އާމީން ކިޔަމުން އެމީހާ ގެންދެ އެވެ. ހިނދުކޮޅެއްވެސް ނުވަނީސް ވާރޭ ވިލާ އުފެދި ކައިރީއޮތް ވާދީ އަށް ވާރޭ ވެހިއްޖެ އެވެ. އަދި އެޔަށް ފަހު އެ ދެ ބެއިކަލުން ގެ ބޮލާ ދިމާ މައްޗަށް އެ ވިލާގަނޑު އައިސް ހިޔާ އަޅާލި އެވެ. އަދި އެ ނަބީ ކަލޭގެފާނުން ހުންނަވާ ޙާލު އެ މީހާ ދާ ކޮންމެ ތަނަކަށް އެ ވިލާގަނޑު އެމީހާގެ ބޯ މައްޗަށް ހިޔާ އަޅަމުން ދެ އެވެ.ނަބީ ކަލޭގެފާނުން ގެ މައްޗަށް ހިޔާ ނާޅައި ދެ އެވެ.
އެހެންވެ އެ ނަބީ ކަލޭގެފާނުން ވިދާޅުވި އެވެ: "ތިބާ ގެ ހެޔޮ ޢަމަލެއް ނުވާކަމުގައި ބުނީ މެއް ނޫން ތޯ އެވެ. އެހެނަސް ތިމަން ކަލޭގެފާނުން ދުޢާކުރެއްވީމައި ތިބާ އާމީން ކިޔެވެ. ނަމަވެސް އެ ވިލާގަނޑު އެ ވާދީ އަށް ހިޔާ އެޅުމަށްފަހު މިހާރު އެޔޮތީ ތިބާގެ މައްޗަށް ހިޔާ އަޅައިގެން ނެވެ. އެއީ ކީއްވެތޯ އެވެ؟"
ދެން އެ މީހާގެ ވާހަކަ ކިޔައިދިނީމައި އެ ނަބީ ކަލޭގެފާނުން ވިދާޅުވި އެވެ: "ﷲ އަށް (އިޚުލާޞްތެރި ކަމާ އެކީ) ތައުބާވީ މީހުންނަށް އެހެން މީހުން ނަށް ނުލިބޭ މާތްކަމާއި ދަރަޖަވެއެވެ"


ވާހަކަ ނިމުނީ އެވެ. ނަމަވެސް ދަންނަވާލަމެވެ. މި މީހުންގެ ދަރަޖަ އެހާ މަތީ އެއީ ފާފަ ތައް ކުރަމުން އެ ފާފަ ދޫކޮށްލުމަކީ ވަރަށް ބޮޑު ބުރައުފުލަން ޖެހޭ ކަމަކަށް ވާތީ އެވެ. މިސާލަކަށް ޒިނޭކުރާ ހިތުން ޒިނޭކުރާ މީހަކު ކުއްލިޔަކަށް އެކަން ދޫކޮށް އަންހެންކުދިން ނާއި ވާހަކަވެސް ނުދައްކާ އެމީހުން ނަށް ނުބަލާ އުޅުމަކީ ވަރަށް ނުކުރެވޭނެ ކަހަލަ އުނދަގޫ ކަމެކެވެ. ނަމަވެސް ﷲ އަށް ބިރުވެތިވެ އެކަމުގެ ބުރަ އުފުލާ އެކަމުން ދުރުވެ އަދި ހާއްސަކޮށް އެކަމުގެ ސަބަބުތަކުން ވެސް ދުރުވެ ހުރީމައި ދަރަޖަ އުފުއްލަވަނީ އެވެ. ވަﷲ އަޢުލަމް.
އަޅުގަނޑުގެ ސުވާލަކީ ތިބާ އަށާއި މި ފާފަވެރި އަޅުގަނޑަށް ކިތައް ފާފަ މިހާރު ކުރެވިދާނެ ތޯ އެވެ؟ ނަމަވެސް ތަޢުބާ ވުމުން އެކަހެރި ކުރަނީ ކޮން ކަމެއް ތޯ އެވެ؟.

ފުޟައިލް ބިން ޢިޔާޟު ވިދާޅުވި އެވެ: "އެމީހަކު އެ ފާފަ އަކީ ކުޑަ އެއްޗެއްކަމަށް ބަލައިފި ނަމަ އެ ފާފައަކީ އޭނާ ގެ ހަލާކަށް ވާނޭ ފަދަ ބޮޑު ފާފަ އެކެވެ. މީހަކު އެ ފާފަ އަކަށް މި ފާފައިން ތިމަން ހަލާކު ވެދާނެ އޭ ހިކޮށް އުޅޭ ފާފަ ﷲ ގެ ޙަޟްރަތުގައި އެއީ ކުޑަ ފާފައެކެވެ" ވަﷲ އަޢުލަމް.


ރެފަރެންސް: އިސްލާމްކޭން ވެބްސައިޓް  

Copyright © 2024 Faaru News
Made with by Afeef & Noor