އަގުހުރި އިނާމުތަކާއިއެކު މި ރަމަޟާން މަހުގެ ލެންޓާންގެ ފަހު އިޙްޔާ ޕްރޮގުރާމް މިރޭ

މަތާރަންމާލަމުގައި މިއަހަރު ބޭއްވުނު ލެންޓާންގެ އިޙްޔާ ޕްރޮގުރާމެއްގެ ތެރެއިން / ފޮޓޯ: އަޙްމަދު ފާރިޟް (ލެންޓާން)
އަބްޔަން މިޝްޢާލް
އަބްޔަން މިޝްޢާލް
3 އަހަރު ކުރިން
1 މިނިޓް

ކޯވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ލެންޓާންގެ އިޙްޔާ ޕްރޮގުރާމުތައް ކުރިއަށް ނުގެންދެވުނުނަމަވެސް، މިއަހަރު ލެންޓާންގެ އިޙްޔާ ޕްރޮގުރާމް ހުޅުދުއްފާރުގައި ދަނީ ކުރިއަށް ގެންދަމުންނެވެ. ހުޅުދުއްފާރު ސުކޫލާއި ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އިޙްޔާ ޕްރޮގުރާމް ބާއްވަނީ މަތާރަންމާލަމުގައެވެ.

ރަމަޟާން މަހުގެ ކޮންމެ ހަފުތާއަކުވެސް އަންގާރަ ދުވަހުގެރޭ 21:30 ގައި ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް އިޙްޔާ ޕްރޮގުރާމްގެ މިއަހަރުގެ މައި މަޢުޟޫއަކީ "ހަރަތު އިމާމުން"އެވެ.*

މިގޮތުން ކޮންމެ ހަފްތާއަކު އިމާމަކާއި ބެހޭގޮތުން ތަޢާރަފެއްދީ، އެބޭފުޅުންގެ ހަޔާތްޕުޅުން ލިއްބައިދޭ ބައެއް ޢިބްރަތްތަކާއި ބެހޭގޮތުން ދަރުސްދިނުން އޮވެއެވެ.

އެގޮތުން މި ރަމަޟާން މަހުގެ ފަހު އިޙްޔާ ޕްރޮގުރާމް މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިވާ ކަމަށް ލެންޓާންގެ ފަރާތުން މައުލޫމާތުދެއެވެ. އަދި މިރޭގެ މައުލޫއަކީ އިމާމް އަޙްމަދު ބުން ހަންބަލްއެވެ.

އާންމު އުސޫލުގެ މަތިން، މިރޭގެ އިޙްޔާ ޕްރޮގުރާމުގައިވެސް ސުވާލާއި ޖަވާބުގެ ބައިން އިނާމު ހޯދުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި އެހެން ހަފްތާ ތަކާއި ޚިލާފަށް، ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައިގެންވެސް އިނާމު ދޫކުރުން އޮންނާކަމަށް ލެންޓާންގެ ފަރާތުން މައުލޫމާތު ދެއެވެ.

*ފުރަތަމަ ހަފްތާގެ  ހޯމަ ދުވަހުގެ ރޭ މަރުޙަބާ ރަމަޟާން  ކުރިއަށް ގެންދިއުމުގެ ސަބަބުން، އިޙްޔާ ކުރިއަށް ގެންދެވިފައިވަނީ ބުދަ ދުވަހުގެ ރެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor