މައިގަނޑު ބައިތަކަށް

ހުޅުދުއްފާރު ސްކޫލް އިންޓަރހައުސް ހޭންޑްބޯލް މުބާރާތް ފަށައިފި

ހުޅުދުއްފާރު ސްކޫލް އިންޓަރހައުސް ހޭންޑްބޯލް މުބާރާތް ފަށައިފި

0 މިނިޓް
ފޮޓޯ: ސްޓޫޑެންޓް ކައުންސިލް
ފޮޓޯ: ސްޓޫޑެންޓް ކައުންސިލް

ކޮންމެ އަހަރަކު ހުޅުދުއްފާރު ސްކޫލް ސްޕޯޓްސް ކްލަބުގެ ފަރާތުން ކުރިއަށްގެންދާ ހޭންޑްބޯލް މުބާރާތުގެ މިއަހަރުގެ މުބާރާތް މިއަދު ފަށައިފިއެވެ. ހުޅުދުއްފާރު ސްކޫލުގައި އޮންނަ ހަތަރު ހައުސްގެ މެދުގައި ކުރިއަށްގެންދާ މި މި މުބާރާތް ފެށިގެން ދިޔައީ ދަންޑަހެލު ހައުސްއާއި އިސްކަންދަރު ހައުސްގެ ކުރިމަތިލުމާއެކުގައެވެ. ދެވަނަ މެޗްގައި ކުޅޭނީ ތަކުރުފާނު ހައުސްއާއި އިއްޒައްދީނު ހައުސްއެވެ.

މި މުބާރާތުގައި ކުޅޭނީ ލީގް އުސޫލުން ކޮންމެ ހައުސްއެއް އަނެއް ތިން ހައުސްއާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލަށްދާ ގޮތަށެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަން ބުދަ ދުވަހުގެ ހަވީރުއެވެ.

ކޮންމެ ދުވަހެއްގައި ކުޅޭ ދެ މެޗްގެ އެންމެ ފަހުގެ އަދާހަމަ إن شاء الله ފާރު އެމްވީ އިން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.