މައިގަނޑު ބައިތަކަށް

ދީނީ ޕުރޮގްރާމް ތަކަކަށް އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް ހުޅުދުއްފާރަށް

ލެންޓާން އަދި ހުޅުދުއްފާރު ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ، އައްޝައިޚް އާދަމް ޝަމީމް އިބްރާހީމްގެ ހާއްސަ ދަރުހެއް "އުންމަތުގެ ފިތުނަ" މިމަޢުލޫއަށް މިރޭ މަތާރަން މާލަމުގައި އޮންނާނެއެވެ.

އަޙްމަދު ފާރިޟް
އަޙްމަދު ފާރިޟް
0 މިނިޓް
ދީނީ ޕުރޮގްރާމް ތަކަކަށް އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް ހުޅުދުއްފާރަށް

ހުޅުދުއްފާރު ކައުންސިލް އިދާރާ އަދި ލެންޓާރން ގުޅިގެން ބާއްވާ ދީނީ ޕްރޮގްރާމްތަކަކަށް އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް ހުޅުދުއްފާރަށް ވަޑައިގެންފިއެވެ.

ޝައިޚްގެ މި ދަތުރުގައި މިރޭ މަތާރަން މާލަމުގައި ހުޅުދުއްފާރު ކައުންސިލް އިދާރާ އަދި ލެންޓާރނުން އިންތިޒާމުކޮށްގެން ބާއްވާ ބޮޑު ދަހުރެއްވެސް އޮންނާނެއެވެ. މިދަރުސްގެ މަޢުލޫއަކީ "އުންމަތުގެ ފިތުނަ" އެވެ.

ހަމައެހެންމެ ހުކުރު ޚުޠުބާ ދެއްވާނީވެސް އައްޝައިޚް އާދަމް ޝަމީމް އިބްރާހީމެވެ.

މިއީ، ހުޅުދުއްފާރު ކައުންސިލާއި، ލެންޓާންއިން މިގޮތައް ރާއްވާ ދެވަނަ ދަރުހެވެ. މީގެ ކުރިން މިކަހަލަ ޕްރޮގްރާމަކަށް އައްޝައިޚް އިބްރާހީމް ފަރީދުވަނީ ހުޅުދުއްފާރަށް ގެނެއްސައެވެ.