މައިގަނޑު ބައިތަކަށް

ދުޢާ

ކަލާކޯ! ލައްވަވާ ރަޙުމަތް، އަޅާއަށް މާފުކޮށް ދެއްވާ                 މިލާފައިވާ ހިތަށް ދިރުމެއް އިލާހީ ޙަޟްރަތުން ދެއްވާ

ޢަލީ ޝަރީފް
ޢަލީ ޝަރީފް
0 މިނިޓް
ދުޢާ

ކަލާކޯ! ލައްވަވާ ރަޙުމަތް، އަޅާއަށް މާފުކޮށް ދެއްވާ

                 މިލާފައިވާ ހިތަށް ދިރުމެއް އިލާހީ ޙަޟްރަތުން ދެއްވާ

ކުރެވިފައި ފާފަތައް ގިނަހާ، އަޅާއަށް ފުއްސަވާ ދެއްވާ

                 އުރެދުމާ، ހެއްލުމުން ދުރުކޮށް، އަޅާއަށް އަލިމަގެއް ދެއްވާ

ލިބޭ މަދު މިންވަރަށް ރުހިގެން އުޅޭ ދިރިއުޅުމަކަށް ލައްވާ

                 ލިބޭ ނިޢުމަތްތަކާ މެދުގައި ޝުކުރުވެރިވާ ހިތެއް ދެއްވާ

ޙަސަދަޔާ އަދި ނުބައިހުރިހާ ބަލިން ހިތްސާފު ކޮށްދެއްވާ

                 ޙަސަދައިން ދުރުވެ، ދުނިޔޭގައި އުޅޭނޭ މަގު އަޅަށް ދެއްވާ

ހިސާބުގެ ދުވަހު މިއަޅާއަށް ޝަފާޢަތް ރަޙުމަތުން ލައްވާ

                ހިސާބެއްނެތް އެނިޢުމަތުގައި ވުމަށް ޖަންނަތު އަޅަށް ދެއްވާ

މި ލިޔުން ހިއްސާކުރައްވާ