މައިގަނޑު ބައިތަކަށް

ގަނާކުރުމާ މެދު

ގަނާކުރުމަކީ މިއަދުގެ މުޖުތަމައުގައި ވަރަށް ބޮޑު މައްސަލައެކެވެ. މާބޮޑު ފަރުވާތެރިކަމެއް ނުބަހައްޓާ ތަކުރާރުކޮށް ކުރެވޭ މި ޢަމަލުގެ ސަބަބުން ވަރަށްނޭދެވޭ އަސަރުތައް އެތައްބައެއްގެ ޙަޔާތައްދަނީ ކުރަމުންނެވެ. ވަރަށް އާދާއިގެ ކަމެއްގެ ގޮތުގައި ދެކިގެން ކުރެވޭ މިފަދަ ކަންކަމުން ދުރުހެލިވާންޖެހެއެވެ.

ޢަލީ މުޞްޠަފާ
ޢަލީ މުޞްޠަފާ
1 މިނިޓް
ގަނާކުރުމާ މެދު

އެކަކު އަނެކަކު އުފާކޮށްދީ ހެދުން އެއީ ހަމަ މަޖާކުރުމޭ

    އެކަކު އަނެކާ ޤަދަރު ދައްވާ އަމަލުކުރުމީ ގަނާކުރުމޭ

މަގުންއެހިނގާ ހަދާމީހުން ފަހާދުވަމުން ހަޅޭލަވަމުން

    އަގުން ދެރަކޮށް ހިތުގަ ޖެއްސުން އެއީވެސް ހަމަ ގަނާކުރުމޭ

ގަލަންކުރެވުނު ޙަޔާތުގެނަން އެކީއެކުގައި އެފޮހެލާފައި

    ވަނަން ކިޔުމާ ހަޖޫޖެހުމީ އެއީވެސް ހަމަ ގަނާކުރުމޭ

ލިބުންވާ ދުނިޔަވީ ބަދުނާމަކަށް ބެލުމެއްނުވާ ގޮތުގައި

    ތުނބުން ފުމެ ދުއްތުރާކުރުމީ އެއީވެސް ހަމަ ގަނާކުރުމޭ

ނަގާ އެހަދާ ފޮޓޯތަކުގާ އެތައްކުލައެއް ކުރިން ނުމެވާ

    ދަމާ ރޮނގަކުން ބަދަލުގެނައުން އެއީވެސް ހަމަ ގަނާކުރުމޭ

ކުދިން އެކުވެރި ކުޅޭއިރުގާ ދިމާވާ ނޭދެވޭކަންކަން

    މުޅިން ކޮށްލުން ރަށަށް ބަދުނާމް އެއީވެސް ހަމަ ގަނާކުރުމޭ

އިލާހީ ރަޙުމަތުން ދެއްވެވި ސިފާގައިވާ އެ އުނި ކަމަކުން

    މަލާމާތްކޮށް ދިމާކުރުމީ އެއީވެސް ހަމަ ގަނާކުރުމޭ

މިތާ ދުނިޔޭގެ ޢާލަމުގައި ކުރާދަތުރުގެ ރާސްތާގައި

    ހިތާ އަތްތައް ގުޅާލާ ހުއްޓުވާލަންވީ  ގަނާކުރުމޭ

        22 މެއި 2021

މި ލިޔުން ހިއްސާކުރައްވާ