މިއަންނަ ހުކުރު ދުވަހު ހުޅުދުއްފާރުގައި ފަށާ "ރަށު ކަޕް 2025"ގެ މީޑިއާ ޕާޓްނަރ އަކަށް ފާރު އެމް ވީ ހަމަޖައްސައިފިއެވެ. އެގޮތުން إن شاء الله ރަށު ކަޕްގެ ހުރިހާ މެޗްތަކެއްގެ ޚަބަރުތަކާއި އުސްއަލިތައް ފާރު އެމްވީ އިން ޢާންމުންނާ ހަމައަށް ފޯރުކޮށްދެވިގެންދާނެއެވެ.
ރަށު ކަޕަކީ 2024ވަނަ އަހަރު ހުޅުދުއްފާރުގައި ފެށި މުބާރާތެކެވެ. މި މުބާރާތް އިންތިޒާމް ކުރަމުންދަނީ އެސްޕަޑާ ސްޕޯޓްސް ކްލަބުންނެވެ. އަދި މިއަހަރުގެ މުބާރާތުގައި އެސްޕަޑާއާއެކު ރަށު ކަޕްގައި ސަޕޯޓްްސް ޕާޓްނަރއެއްގެ ގޮތުގައި ލެންޓަން ހަރަކާތްތެރިވާނެއެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ހުޅުދުއްފާރު ޒުވާނުންގެ މެދުގައި ފުޓްސަލްގެ ފޯރި ގަދަކޮށް, ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމެވެ. އެކަމަށް މަގުފަހި ކުރުމަށްޓަކާ ރަށު ކަޕްގެ ޓީމްތަކުގައި ހިމެނޭނީ ހުޅުދުއްފާރަށް ނިސްބަތްވާ ކުޅުންތެރިން އެކަންޏެވެ.