ރަށު ކަޕް 2025ގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗްތަކެއް މިހާރު ކުޅެވިފައިވާ އިރު ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ލިނެކްއެވެ. އަދި 6 ޕޮއިންޓާއެކު އޮތީ ގަރާޖް އެފް.ސީއެވެ. ލިނެކްއިން ކުޅުނު 3 މެޗުންވެސް ވަނީ މޮޅުވެފައެވެ.
އެ ގްރޫޕްގެ އެންމެ ފަހު މެޗް އިއްޔެ ކުޅެފައިވާއިރު ގަރާޖް އެފް.ސީއާއި ހިޔަނި އެފް.ސީ ބައްދަލުކުރި އެ މެޗްގައި ގިނަ ގޯލްތަކެއް ވަނީ ޖަހާފައެވެ. އެގޮތުން ގަރާޖް އެފް.ސީގެ ޖާޒީ ނަންބަރު 7 ޢަބްދުލް މަންނާނުގެ 6 ގޯލާއި ޖާޒީ ނަންބަރު 11 ޢަބްދުއްރަޝީދު، ޖާޒީ ނަންބަރު 9 އަޙްމަދު ޢާއިދު، ޖާޒީ ނަންބަރު 19 އަޙްމަދު ޝަފީޢު، ޖާޒީ ނަންބަރު 8 ޢަބްދުލް ޙައްޤު އިސްމާޢީލް އަދި ޖާޒީ ނަންބަރު 13 އަޙްމަދު ޝާހިދުގެ ލަނޑުތަކާއެކު ޖުމުލަ 11 ލަނޑުވަނީ އެޓީމުން ޖަހާފައެވެ. ހިތްވަރާއެކު ކުޅެ ޒުވާން ޓީމް ހިޔަނި އެފް.ސީއިންވެސް ވަނީ 2 ލަނޑު ކާމިޔާބު ކޮށްފައެވެ. އެގޮތުން އެ ޓީމްގެ ޖާޒީ ނަންބަރު 27 ޢަލީ ޙަމްދާން އަދި ޖާޒީ ނަންބަރު 66 އިބްރާހީމް ޖައިޝަމްގެ ރީތި 2 ގޯލެއްވަނީ ފެނިފައެވެ.
މިއާއެކު ސެމީ ފައިނަލްގައި ބައްދަލުކުރާނެ ޓީމްތައް މިވަނީ ޔަޤީންވެފައެވެ.