ހުޅުދުއްފާރުން އިތުރު 3 ފަރާތެއް ފައްސިވެއްޖެ

ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
އަބްޔަން މިޝްޢާލް
އަބްޔަން މިޝްޢާލް
3 އަހަރު ކުރިން
1 މިނިޓް

ރ. ހުޅުދުއްފާރުން އިތުރު 3 ފަރާތެއް ކޮވިޑް 19 އަށް ފައްސިވެ، ރަށުން ފައްސިވެފައިވާ އަދަދު 8ށް އަރައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިފަހަރު ފައްސިވެފައިވާ ކޭސްތަކުގެ ތެރޭގައި ހުޅުދުއްފާރު ސުކޫލު މުދައްރިސެއް ހިމެނެއެވެ.

މި މަހު ތެރޭގައި އަލަށް ކުއްޖަކު ފައްސިވިކަން އެނގިފައިވަނީ، 6 މޭގައެވެ. އެއީ 4 މޭގައި ފުލޫކުލިނިކަށް ދެއްކުމުން ކޮވިޑްގެ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުންނެވެ.

އޭގެ ފަހުން އިތުރު 3 ކުއްޖަކު ފައްސިވެފައިވަނީ 9 މޭގައެވެ. މި 3 ކުދިންނަކީ ވެސް ފުލޫ ކުލިނިކަން ދެއްކުމުން ޓެސްޓު ހެދުމުން ފައްސިކަން އެނގުނު 3 ކުދިންނެވެ.

އިތުރު 3 ކޭސް ފައްސިވިކަން އެނގިފައި މިވަނީ، ރޭ މަރުހެއް ފައްސިވިކަން އެނގިފައި ވަނިކޮށެވެ.

ހުޅުދުއްފާރުގެ އެންމެހާ ލޮބިވެތި ރައްޔިތުން، އަދި ޚާއްސަކޮށް، މިކަހަލަ ބަލި މަޑުކަމެއްގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ އެންމެހާ  ބޭފުޅުން ރައްކާތެރި ކޮށްދެއްވުމަށާއި، ހުޅުދުއްފާރުން ފައްސިވެފައިވާ އެންމެފާ ފަރާތްތަކަށް އަވަސް ސިފާއެއް ދެއްވުމަށް ދުޢާ ކުރަމެވެ.

މި ވަޤުތު ހުރިހާ ބޭފުޅުންވެސް ފަރުދީ ޒިންމާ އަދާ ކޮށްދެއްވުމަށް މަރުކަޒުން އިލްތިމާސް ކުރައްވައެވެ. މިގޮތުން ކޮންމެހެން ބޭނުން ވެގެން ނޫނީ ބޭރަށް ނުނިކުތުމަށާއި، އަދި ޚާއްސަކޮށް ގުރޫޕް ހަދާފައި ބޭރުތެރޭގައި ނޫޅުމަށް މަރުކަޒު ނަޞޭޙަތްތެރިވެއެވެ. އަދި ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ، އަދި ނަމާދަށް ދާކަމުގައި ވިޔަސް މާސްކު އެޅުއްވުމަށާއި، ފިހާރައަށްވެސް ފަހަރަކު ބޭފުޅަކު ވެންނެވުމަށް، އަދި ގައިދުރުކަން ބެހެއްޓުމަށް މަރުކަޒުން އިލްތިމާސް ކުރައްވައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor