ކީރިތި ޤުރްއާނުގައި އިންސާނާގެ ހިތް ސިފަކުރައްވާފައިވާ ބައެއް ގޮތްތައް

ފޮޓޯ: އަންސްޕްލެޝް / Ashkan Forouzani
ޢަލީ ޝަރީފް
ޢަލީ ޝަރީފް
3 އަހަރު ކުރިން
3 މިނިޓް

މި ލިޔުމުގައި ބަލާލެވިފައިވާނީ ކީރިތިޤުރްއާނުގައި އިންސާނާގެ ހިތް ސިފަކުރައްވާފައިވާ ބައެއް ގޮތްތަކުގެ މައްޗަށެވެ. ހިތްތައް ފުރޮޅުއްވާ އަދި ހިތްތައް ބަދަލުކުރައްވާ ފަރާތަކީ ﷲ ތައާލާއެވެ. އިންސާނާގެ ޢަމަލުތަކުގެ ސަބަބުން ހިތްތައް ބަދަލުވެވެގެންދެއެވެ.

1. ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންވާ ހިތް

މިއީ، ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަންމަންވެ، ޞާލިޙުޢަމަލުތައް ކުރުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތާ ކުށްތަންވުމުގެ ސަބަބުން އެކަލާނގެ ނިޢުމަތްތަކުން ހިތަށް އުފާވެރިކަން އިޙުސާސް ކުރެވި ﷲ އާ ބައްދަލުކުރުމަށް ރުހިގެންވާ ނަފްސުގެ ވެރި ހިތެވެ" الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ " (އައްރަޢުދު:28) މާނައީ: " އެއުރެންނީ އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟ "

2. ސިއްކަ ޖައްސަވާ ބަންދުކުރައްވާފައިވާ ހިތް

މިއީ، ﷲ އަށް ކާފިރުވެފައިވާ، އަދި ތެދުމަގު ލިބުމުން އެއްކިބާވެފައިވާ ނަފުސުގެ ވެރި ހިތެވެ.

خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ   (އަލްބަޤަރާ:7)

މާނައީ: "ﷲ އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ."

3. ބަލިމަޑުކަން ވެރިވެފައިވާ ހިތް

އެފަދަ ހިތްތަކަކީ ހަރާންކުރެއްވި ކަންތައް ތަކުން އެއްކޮށް ރައްކާތެރިވެގެން ނުވާ، މުޅިން އެއްކޮން އަދި މަރުވެގެން ގޮއްސައި ނުވާ ނަފުސުގެވެރި ހިތްތަކެވެ.

 فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ (އަލްބަޤަރާ:10)

މާނައީ: " އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، ﷲ އެއުރެންނަށް އެބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނު ކަމުގެ ސަބަބުން އެއުރެންނަށް ވޭންދެވި ޢަޛާބު ހުއްޓެވެ."

4. ގާވެ ހަރުކަށިވެފައިވާ ހިތް

މިއީ. ޙައްޤަށް އިންކުރުމުގެ ސަބަބުން ހިތްތައް ގާވެ ހަރުވެރިވެފައިވާ ނަފުސުގެވެރި ހިތެވެ.

ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَٰلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ 

                                                               (އަލްބަޤަރާ: 74)

މާނައީ: " ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް، ހަރުކަން ގަދައެވެ. (އެހެނީ) ހަމަކަށަވަރުން އެއިން ފެންކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން، ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެ ތެރެއިން ވެއެވެ. ތިޔަބައިމީހުންކުރާ ޢަމަލުތަކާ މެދު ޣާފިލު ވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ.

5. އުރައެއް ލެވި ބަންދުވެފައިވާ ހިތް

ﷲ ގެ އަމުރުފުޅުތަކަށް އުރެދި ރަސޫލުންގެ ބަސްފުޅުތައް ދޮގުކޮށް އިންކާރުކުރުމުގެ ސަބަބުން ﷲ ލަޢުނަތްވާފައިވާ ނަފުސުގެވެރި ހިތް

قَالُوا قُلُوبُنَا غُلْفٌ ۚ بَل لَّعَنَهُمُ اللَّهُ بِكُفْرِهِمْ فَقَلِيلًا مَّا يُؤْمِنُونَ ‎ (ބަޤަރާ: 88)

މާނައީ: " އެއުރެންބުނީ ތިމަންމެންގެ ހިތްތައްވަނީ އުރައެއްލެވި ބަންދުވެފައެވެ. އެހެންނެއްނޫނެވެ. އެއުރެންގެ ކާފަރުކަމުގެ ސަބަބުން ﷲ އެއުރެންނަށް ލަޢުނަތް ލެއްވީއެވެ. ފަހެ، އެއުރެން އީމާންވަނި ވަރަށްވެސް ކުޑަކޮށެވެ.

6. ފާފަވެރިވެގެންވާ ހިތް

މިއީ، ހެކިބަސްވަންހަނާކުރުމަށް އަންގަވާފައިވާ އަމުރުފުޅާ ޚިލާފުވެ ހެކިބަސް ވަންހަނާކުރުމުގެ ސަބަބުން ފާފަވެރިވެފައިވާ ނަފުސްގެވެރި ހިތެވެ. فَإِنَّهُ آثِمٌ قَلْبُهُ ۗ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ (އަލްބަޤަރާ:283)

މާނައީ:" ހަމަކަށަވަރުން އޭނާއީ، އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ. ﷲ އީ ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

7. މަޑުމޮޅުވެ، ބިރުވެތިވާ ހިތް

މިއީ، ﷲ އަށް ބިރުވެތިވެ، ދަތި އުނދަގޫތަކަށް ކެތްތެރިވެ ﷲގެ އެންމެހާ އަމުރުފުޅުތަކަށް ފުރިހަމައަށް އިޖާބަދިނުމުގެ ސަބަބުން މަޑުމޮޅިކަމާއި ބިރުވެތިކަން ވަދެފައިވާ ނަފުސްގެވެރި ހިތް.

الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَالصَّابِرِينَ عَلَىٰ مَا أَصَابَهُمْ وَالْمُقِيمِي الصَّلَاةِ وَمِمَّا رَزَقْنَاهُمْ يُنفِقُونَ

(އަލްޙައްޖު:35) އެއުރެންނީ ﷲ ގެ ނަންފުޅު ގަނެވޭ ހިނދު، އެއުރެންގެ ހިތްތައް ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ. އަދި އެއުރެންނަށް ޖެހޭ ކަންތަކަށް ކެތްތެރިވާ މީހުންނެވެ. އަދި ނަމާދު ޤާއިމުކޮށް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތީން ހޭދަކުރާމީހުންނެވެ. "

8. ދަބަރުޖަހާފައިވާ ހިތް

މިއީ، ﷲ އަށް އުރެދި ފަސާދަކުރަނި ޢަމަލުތައް ކުރުންމަތީ ދެމިހުރުމުގެ ސަބަބުން ހިތުގައި ދަބަރުޖައްސަވާފައިވާ ނަފުސްގެވެރިހިތެވެ.

كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ  (މުޠައްފިފީން:14) މާނައީ: "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައި އުޅުނު ޢަމަލުތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރު ޖަހާފައިވެއެވެ."

9. ހައްޤުގޮތް ނުވިސްނޭ ހިތް

މިއީ، ﷲ ގެ އެއްކައުވަންތަކަމަށް ފުރަގަސްދީ ހައްޤަށް އިންކާރުކޮށް ކާފިރުވެގަތުމުގެ ސަބަބުން ނަރަކަ ވާޖިބުވެފައިވާ ނަފުސްގެވެރި ހިތެވެ.

"وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَٰئِكَ هُمُ الْغَافِلُونَ" (އަލްޢައުރާފު: 179)

މާނައީ: " ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޖިންނާއި އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (ޙައްޤުގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ލޯތަކުން (ޙައްޤުމަގު) ނުދެކޭ ލޯތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤުއަޑު) ނަހާ ކަންފަތްތަކެއްވެސް އެއުރެންނަށް ވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށްވުރެވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނީ ހަމަ ޣާފިލުވެގެންވާ ބައެކެވެ.

10. މަރުވެފައިވާ ހިތް

މިއީ ދިރުންވާ ހިތުގެ މުޅިން އިދުކޮޅެވެ. މިވައްތަރުގެ ހިތް ތިމާ ހެއްދެވި ﷲ ތައާއެއް ނުދަންނާނެވެ. އެކަލާންގެއަށް އަޅުކަމެއް ނުކުރާނެއެވެ މިފަދަ މީހާއީ، ހަވާނަފުސަށް ހެއްލުންތެރިވެ ﷲ ގެ ރަސްކަންފުޅުގެ މަތިން ހަނދުމަ ނައްތާލާފައިވާ ނަފުސުގެ ވެރި ހިތެވެ.

"وَإِن مَّسَّهُ الشَّرُّ فَيَئُوسٌ قَنُوطٌ" މާނައީ: " އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ." (ފުއްޞިލަތު:49)

11. ހުސްވެގެންވާހިތް

މިއީ، ހިސާބު ބައްލަވާ ޖަޒާދެއްވާނެ ދުވަހާއި މެދު އިންކާރުމުގެ ސަބަބުން ޤިޔާމަތްދުވަހު، ﷲ ގެ ޙަޟްރަތަށް އެބައިމީހުން ޙާޟިރުކުރައްވާދުވަހު، އެމީހުންގެ ހިތައް ބިރާއި ސިހުންލިބިވަފައިވާ ނަފުސްގެވެރި ހިތެވެ.

"مُهْطِعِينَ مُقْنِعِي رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْئِدَتُهُمْ هَوَاءٌ" އިބްރާހީމް ސޫރަތުގެ:43)

މާނައީ:" އެއުރެން އިސްއުފުލައި އަވަސްއަވަހަށް ހިނގާފައި ދާނެތެވެ. އެއުރެންގެ ލޮލުގެ އެސްފިޔަވެސް ޖަހައި ނުލެވޭ ހުއްޓެވެ. އަދި އެއުރެންގެ ހިތްތައްވަނީ އެކައްޗެއްވެސް ނެތި ހުސްވެފައެވެ."

12.  ސަލާމަތްވެގެންވާ ސާފުހިތް

މިއީ، މާތްﷲ އަށް ފުރިހަމައަށް އީމާންވެ، ހެޔޮޢަމަލުކުރުންމަތީ ދެމިތިބެ، ޝިރުކުކުގެ އެންމެހާ ކަމަކުން ސަލާމަތްވެފައިވާ ނަފުސުގެވެރި ހިތެވެ. " إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ " މާނައީ: " ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް އައިމީހަކަށް މެނުވީއެވެ."

13. ޣާފިލުވެގެންވާހިތް

މިއީ، ޖަޒާދެއްވުމުގެ ދުވަހާއި މެދު ޣާފިލުވެފައިވާ ނަފުސުގެވެރި ހިތެވެ. " لَاهِيَةً قُلُوبُهُمْ ۗ وَأَسَرُّوا النَّجْوَى الَّذِينَ ظَلَمُوا هَلْ هَٰذَا إِلَّا بَشَرٌ مِّثْلُكُمْ ۖ  " (ސޫރަތުލް އަންބިޔާއު:3)

މާނައީ:" އެއުރެންގެ ހިތްތައް ޣާފިލުވެގެންވާ ޙާލުގައެވެ. އަދި އަނިޔާވެރިވި މީހުންކުޅަ ސައްލާތައް (އެއުރެންގެ މެދުގައި) ސިއްރުކުރިއެވެ. (އެއުރެން ބުނޫއެވެ) މިއީ (އެބަހީ: މުޙައްމަދުގެފާނީ) ހަމަ ތިޔަބައި މީހުންފަދަ އާދަމުގެ ދަރިއަކުކަމުގައި މެނުވީ ނުވެތެވެ،"

Copyright © 2024 Faaru News
Made with by Afeef & Noor