ހިނިތުންވެލާށެވެ. މިއީ އެއްވެސް ޚަރަދެއް ނުކޮށް ދެވޭ ޞަދަޤާތެކެވެ.
ރާއްޖޭގެ އެކި ރަށްރަށަށް ކުރެވުނު ދަތުރުތަކުގައި އަޅުގަނޑުގެ ކެމެރާގެ ލެންސު އެންމެ ބޮޑަށް އަޅައިގަންނަ އެއް މަންޒަރަކީ ރައްޓެހިންނާއި ބީރައްޓެހިންގެ މޫނުމަތިން ފެންނަ ހިނިތުންވުމެވެ. އެހެންކަމުން މި ހަފްތާގައި މި ހިއްސާކޮށްލަނީ އެގޮތަށް އަޅުގަނޑަށް އެންމެ ބޮޑަށް ކަމުދިޔަ ބައެއް ހިނިތުންވުންތަކެވެ.












