މައިގަނޑު ބައިތަކަށް

މާލިކުގެ ލެންސުން: މޫދު މަޖާ

މިއީ މޯލްޑިވިއަން ލައިފްސްޓައިލް ފޮޓޯގުރާފާރ މުޙައްމަދު މާލިކްގެ ލެންސުން މޫދަށްއެރި އުޅުމުގައި ދިވެހިން ޖަހާ ބައެއް ސަކަރާތްތައް ގެނެސްދިނުމަށް ހެދޭ އަލްބަމެކެވެ. އެންމެ އަލްބަމަކުން މިހުރިހާ ސަކަރާތެއް ނުގެނެވޭނެކަން ޔަޤީނެވެ. އެހެންވީމާ ފުރަތަމަ ބަޔަށް މަރުހަބާ!

މުޙައްމަދު މާލިކް
މުޙައްމަދު މާލިކް
0 މިނިޓް
މާލިކުގެ ލެންސުން: މޫދު މަޖާ

މޫދަށް ދިޔުމަކީ ދިވެހިން ލޯބިކުރާ ކަމެކެވެ. ހަފްތާ ބަންދުގައި، ޚާއްޞަކޮށް ހުކުރު ދުވަހު މޫދަށް ދިޔުމަކީ ކުޑަ ކުދިން ނުހަނު ގަޔާވެގެން ކުރަމުން އަންނަ ކަމެކެވެ. ދިވެހިންނަކީ ކަނޑާއި މޫދާއި ވިލުތަކުގެ ދަރިންނެވެ. މިފަހަރު މިގެނެސްދޭ އަލްބަމަކީ، މިހާރުގެ ކުދިން މޫދަށް އެރިއުޅުމުގައި ކުރާ ބައެއް ކަންކަން ގެނެސްދިނުމަށް ހެދޭ އަލްބަމެކެވެ. މީގެ 2 ވަނަ ބައެއް ގެނައުމުގެ އުއްމީދުވެސް ކުރަމެވެ. މިއަލްބަމް ކަމުދާނެކަމަށް އުއްމީދުކުރަމެވެ.

މިހާރުގެވެސް އެންމެ މަޖާ އެއްކަމަކީ ބަނދަރުމަތިން ފުންމުމެވެ.
އެކި ގޮތަށް ބުރުއެޅުމެވެ.
ބަނދަރު ނެތި، ސާފު ދޮންވެލި ތުނޑި އޮވެއްޖެއްޔާ އަދި މާރަނގަޅެވެ.
މިއީވެސް ވަރަށް ބޮޑު ހުނަރެކެވެ. ކުޑަކުދިންނަށް މަޖާ ކަމެކެވެ.
ތަންކޮޅެއް ފުނަށް ގޮސް ކޮނޑުމައްޗަށް އަރާފައިވެސް ފުންމަންވީއެވެ.
ދޯނި ފަހަރަށް އަރާ އުޅުން ޢާއްމުކަމަކަސް، ވެރި ފަރާތް ރުޅި އަތުވެދާނެތީ އުޅެން ޖެހޭނީ ނިކަން ވިސްނައިގެންނެވެ.
މިޒަމާނުގެ ގިނަ ކުޑަކުދިންގެ މޫދު ދިރިއުޅުން ގުޅިފައިވަނީ ރަށްރަށުގައި ހެދިފައިވާ ބަނދަރުތަކާއެވެ.
މި ލިޔުން ހިއްސާކުރައްވާ