މައިގަނޑު ބައިތަކަށް

މިއީވެސް ހާދަ ގިނަބައެކޭ!

މިހާލަތުގައި މިކަން އޮތުމުން ނިހާއީ ހިތި ހިތާމައިގާ                            މިހާލަތު ބަދަލުވުން އެދެނީ އެއީ ވެސް ހާދަ ގިނަބައެކޭ

ޢަލީ ޝަރީފް
ޢަލީ ޝަރީފް
0 މިނިޓް
ފޮޓޯ: އަންސްޕްލެޝް / Antoine Julien
ފޮޓޯ: އަންސްޕްލެޝް / Antoine Julien

އަބަދު އަނެކުންގެ މޯހިރުގައި އުޅޭ މީހުން ވަރަށް ގިނައޭ

                            އަބަދު ކަންނެތްވެގެން އެ އުޅޭ، މިއީވެސް ހާދަ ގިނަބައެކޭ!

އަދާކުރުމަށް ވަޒީފާއެއް ކުފޫހަމަވާ ލިބެން ނެތިގެން

                            އަދާ މިއަދާ އެ ލާހުރޭ،  މިއީވެސް ހާދަ ގިނަބައެކޭ!

މަޖާކޮށް ކުޅިވަރާ ފޯނަށް މުޅިން މަސްތުވެ ބިތައް ޖެހިފާ

                            މަޖާކުރަމުން ޒުވާނުންދާ މިއީ ވެސް  ހާދަ ގިނަބައެކޭ!

އަދަބު އަޚުލާޤު ވެސް ނެތިގެން މަގާ ގޯޅީގެ ކަންކަނުގައި

                            އަދަބު ކުޑަބަސްތަކުން ގޮވަނީ މިއީ ވެސް ހާދަ ގިނަބައެކޭ!

ކުރާނެކަމެއް ހަދާނެގޮތެއް ނެތޭބުނެ ތަންތަނަށް ބިއްޖެހި

                           ބަރާބަރު ޤައުމުގައި ޅަޒުވާން މިއީ ވެސް ހާދަ ގިނަބައެކޭ!

ހިހޫހާ ތަންތަނުން ކައިގެން ހަލާލު ޙަރާމަކަށް ނުބަލާ

                          ހިހޫކޮށް އަބަދު އުޅެމުންދާ މިއީ ވެސް ހާދަ ގިނަބައެކޭ!

މިހާލަތުގައި މިކަން އޮތުމުން ނިހާއީ ހިތި ހިތާމައިގާ

                            މިހާލަތު ބަދަލުވުން އެދެނީ އެއީ ވެސް ހާދަ ގިނަބައެކޭ

މި ލިޔުން ހިއްސާކުރައްވާ