މައިގަނޑު ބައިތަކަށް

ނަސޭޙަތުގެ ބަސް

ދުލުން ބުނާބަސްތަކާމެދު އިންސާނާ ރައްކާތެރި ނުވާނަމަ، އަދި ބަހެއް ބުނުމުގެ ކުރިން އެބަހަކުން ނުކުންނާނޭ ނަތީޖާއާ މެދު ނުވިސްނާނަމަ، އެކަމުގެ ގެއްލުން އެބަހެއް ބުނިމީހާއަށާއި، އަނެކުންނަށް އަދި މުޅި މުޖުތަމައަށް އެބަހެއްގެ ވިހައިގެ އަސަރުކޮށްފާނެއެވެ. ދުލުން ބުނާ ބަސްތަކާމެދު ތިބާ ވިސްނާށެވެ! އެއީ، އެކަމާ އާޚިރަތްދުވަހު ސުވާލުވެވޭނެ ކަމެކެވެ.

ޢަލީ ޝަރީފް
ޢަލީ ޝަރީފް
0 މިނިޓް
ފޮޓޯ: އަންސްޕްލެޝް / Dorsa Masghati
ފޮޓޯ: އަންސްޕްލެޝް / Dorsa Masghati

ޞުލްޙަވެރިކަން ނެތީވިއްޔާ އަމާންކަން ގެއްލި ނެތިދާނޭ!

           ޞުލްޙަވެރިކަން  ފިލާދިއުމުން ނިޔާ އަނިޔާ އެ އޮޅިދާނޭ!

ފަސާދަކުރުން އެ ގިނަކުރުމުން ޚަރާބުވެ ޤައުމު ނެތިދާނޭ

           އިސާހިތު ޤައުމުގައި ނާމާން، ކަމުގެ ރަނގަބީލު ޖެހިދާނޭ!

ދުލާ މިނިވަންކަމުގެ ނަމުގައި ބުނާ ބަސްތައް ހުތުރު ކުރުމުން

           ދުލާ މިނިވަންކަމުގެ ސަބަބުން އަބުރު ކަތިލެވި ކަފުންވާނޭ!

އިވޭ ޚަބަރެއްގެ އަޞްލާ މެދު ޙަޤީޤަތް ހޯދުމެއް ނުބަލާ

           އިވޭހާ  އަޑުތަކަށް  ކަންފަތް  ދެނީނަމަ، އަދަބު ލިބިދާނޭ!

ދުލުން ބުނެވޭ ބަހާ މެދުގައި ސަމާލުކަމެއް ނުދީ ހުރުމުން

           ދުލުގެ އާފާތްތަކުން މީހާ، ބަނދެވި އެ ޢަޛާބު ލިބިދާނޭ!

މި ލިޔުން ހިއްސާކުރައްވާ