ރަށު ކަޕް 2025 ފެށުން ލަސްކޮށްފި

Admin User
Admin User
1 ދުވަސް ކުރިން
1 މިނިޓް

މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ ރަށު ކަޕް 2025 ލަސްކޮށްފިއެވެ.

މުބާރާތުގެ ކިކް އޮފް ލަސްކޮށްފައި މިވަނީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ ރ. ވެޓްރަންސް ކަޕްގެ ފައިނަލް މެޗް, މޫސުން ގޯސްވުމާ ގުޅިގެން ކެންސަލް ކުރުމުގެ ސަބަބުންނެވެ. 

ރ. ވެޓްރަންސް ކަޕަކީ ރ އަތޮޅު ރަސްމާދޫގެ ޖަމިއްޔާއެއްކަމުގައިވާ ރަސްމާދޫ ޑިވެލޮޕްމެންޓް އެސޯޝިއޭޝަން (އާރު.ޑީ.އޭ)އާއި އެ ރަށު ކައުންސިލް ގުޅިގެން މުޅި ރ އަތޮޅަށް ހުޅުވާލައިގެން އެ ރަށުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. ކުރިން ޝެޑިއުލް ކުރެވިފައިވާ ގޮތުން މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިރެއެވެ. ފައިނަލްގައި އެއްކޮޅުން ބައްދަލު ކުރާނީ ހުޅުދުއްފާރު އެފް.ސީއެވެ. މިއާއެކު ހުޅުދުއްފާރު އެފް.ސީގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ރަށު ކަޕްގެ އެކި ޓީމްތަކުގައިވެސް ރަޖިސްޓަރ ކޮށްފައެވެ. އަދި ރަށު ކަޕްގެ ރެފުރީންގެ ތެރެއިން ދެ ރެފްރީއަކީ ވެޓްރަންސް ކަޕްގައި މިހާރުވެސް ރެފްރީކަން ކުރަމުން އަންނަ ދެ ރެފްރީންނެވެ. އެހެންކަމުން އެ މުބާރާތް ނިމުމުގެ ކުރިން ރަށު ކަޕް ފެށުމަކީ ދަތިކަމެއްކަމަށް އިންތިޒާމް ކޮމެޓީއިން ވަނީ ޓީމްތަކަށް އަންގާފައެވެ.

ރަށު ކަޕް މުބާރާތުގެ ތާރީޚަށް އަންނަ ބަދަލުތަކާއި މުބާރާތާގުޅޭ ޚަބަރުތައް ތާޒާކަމާއެކު ފާރު އެމްވީއިން ތިޔަ ބޭފުޅުންނަށް ގެނެސްދެވޭނެއެވެ.

Copyright © 2025 Faaru News
Made with by Afeef & Noor