ރަށު ކަޕް 2025 ކިކްއޮފް މިރޭ

Admin User
Admin User
2 ހަފްތާ ކުރިން
1 މިނިޓް

ހުޅުދުއްފާރުގައި ބާއްވާ އެންމެ ފޯރިގަދަ މުބާރާތް 'ރަށު ކަޕް' މިރޭ ފެށޭނެއެވެ. އެގޮތުން އެންމެ ފުރަތަމަ މިރޭ 20:30ގައި ގްރޭޕް އޭގެ މެޗެއް ކުޅެވޭއިރު 21:30ގައި ގްރޭޕް ބީގެ މެޗެއްވެސް ކުޅެވިގެންދާނެއެވެ. އެންމެ ފުރަތަމަ ބައްދަލުކުރާނީ ނޮދަން ޔުނައިޓެޑާއި ލިނަކެވެ. އަދި ދެވަނަ މެޗްގައި ބަދަހި އެފް.ސީއާއި ލިޖަން އެސް.ސީ ބައްދަލުކުރާނެއެވެ. ބަދަހި އެފް.ސީ އަކީ މިދިޔަ އަހަރުގެ ރަށު ކަޕްގެ ޗެމްޕިއަންސް ޓީމެވެ.

މިރެއިން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ގްރޫޕް ސްޓޭޖްގެ މެޗްތައް ކުޅެވޭއިރު ހޯމަ, އަންގާރަ އަދި ބުދަ މިއިން ކޮންމެ ދުވަހަކުވެސް ހަވީރާއި ރޭގަނޑު މެޗްތައް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ރަށު ކަޕްގެ މި އަހަރުގެ މުބާރާތް ފަށާގޮތަށް ކުރިން އޮތީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. ނަމަވެސް ރަސްމާދޫގައި އޭރު ކުޅެމުން ދިޔަ ރ. ވެޓްރަންސް ކަޕްގެ ފައިނަލް މެޗް ލަސްވުމާގުޅިގެން ޓީމްތަކަށް ދިމާވެދާނެ ދަތިތަކަށްޓާކާ އަދި ރެފްރީން ލިބުމުގައި ހުރަސްއެޅިފައިވާތީ މުބާރާތުގެ ފެށުން ލަސްކުރީއެވެ.

Copyright © 2025 Faaru News
Made with by Afeef & Noor