ރަށްރަށުގައި ގާނޫނީ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް ހުރީ ކިހިނެއް ؟
ގާނޫނީ ދާއިރާއަށް ބަލާއިރުގަ ރަށްރަށުގަ "ޖޮބް އެވެއިލަބިލިޓީ" ކޮއްމެ ރަށެއްގަހެން އެބައޮތް.އެއީ އެއްވަޒީފާ ނަމަވެސް.ނަމަވެސް އެއަށްވުރެ ގިނަކަމަށް އަޅުގަނޑަށް ފެންނަނީ.ދެން "ޖެނެރަލް" ކޮށް ވާހަކަ ދައްކާކަމަށް ވަންޏާ ކޮއްމެ ރަށެއްގަވެސް މެޖިސްޓްރޭޓް ކޯޓެއްއެބަހުރޭ.މަދުވެގެން އެއްމެޖިސްޓްރޭޓް.ދެން އެއަށްވުރެ ގިނަ މެޖިސްޓްރޭޓުން ބޮޑެތި އާބާދީތަކުގައި އެބަ އުޅޭ.އެއާއެއްކޮން ހަމަ މެޖިސްޓްރޭޓް ކޯޓު ތަކުގައިވެސް ލީގަލް އޮފިސަރުން އެބަތިބޭ.އެހެން ވީމާ ލީގަލް އޮފިސަރުންނާ މެޖިސްޓްރޭޓުންނާ މިވަންނަނީ ގާނޫނީ ފަންނުގެ ތެރެއަށް.ދެން އެއާ އެކުގައި ސިޓީ ކައުންސިލް ތަކާއި ބޮޑެތި ރަށްރަށުގެ ކައުންސިލްތަކުގަ ގާނޫނި ވަޒީފާތައް އެބަ ހުރި މިހާރުވެސް.އެހެންވީމަ ރަށްރަށުގަ ގާނޫނީ ވަޒީފާތަށް ވަރަށް ބޮޑަށް އެބައޮވޭ. އެއާއެކުގައި ބައެއްކޯޓުތަކުގެ "ބްރާންޗް"ތައް ބައެއް އަތޮޅުތަކުގައި އެބަ ހުރި. ހަމައެއާއެކު ޕީޖީގެ ބްރާންޗްތައްވެސް އެބަހުރި .އެހެންވީމާ ގާނޫނީ ފަންނުން ހަމަ ރަށްރަށުގައި ވަޒީފާތައް އެބަ ހުރިކަމަށް އަޅުގަނޑައް ގަބޫލުކުރެވެނީ.
މަސަތްކަތާ ބަލާފަ ރަނގަޅު އާމްދަނީ އެއް ލިބޭތަ؟
ލިބޭ މުސާރަޔަށް ބަލާއިރުގަ، ހަމަ މީ ވަރަށް ރަނގަޅު އާމްދަނީއެއް ހޯދިދާނެ މަސަތްކަތެއް.ދެން މީގަ އަމިއްލަ މަސަތްކަތެއްގެ ގޮތުންވެސް ނުވަތަ އޮފީހެއްގެ ވަޒީފާއެއްގެ ގޮތުން ބެލިޔަސް ހަމަ މި ގާނޫނީ ފަންނުގަ އެބަ ޚިދުމަތް ކުރެވޭ.ވަޒީފާ އަދާކުރެވެ. ދެން އަމިއްލަ މަސަތްކަތައް ބަލާއިރު މިސާލަކަށް ދިފާއީ ވަކީލެއްގެ ގޮތުން ނުވަތަ ކުންފުނިތަކުގެ ނުވަތަ މަދަނީ މައްސަލަތަކުގައި މަސަތްކަތް ކުރާ ފްރީލާންސްރެއްގެ ގޮތުގައިވެސް މަސަތްކަތް ކުރެވިދާނެ .އެހެން ވެއްޖެއްޔާ ހަމަ އެމީހަކު މަސަތްކަތްކުރި މިންވަރެއް މިއޮނަންނަނީ . ރަނގަޅުމާކެޓެއް އޮވޭ ގާނޫނީ ފަންނަށް .ދެން ހަމަ ސަރުކާރުގެ ވަޒީފާތަކަށް ނުވަތަ ދައުލަތުގެ ވަޒީފާތަކަށް ބަލާއިރު ހަމަ ރަނގަޅު އާމަދަނީއެއް ލިބޭނެ ގާނޫނީ ފަންނުގެ މީހުންނަށް .އެހެންވީމަ އާމްދަނީގެ ނިސްބަތުން ބަލައިފިއްޔާ އާމުކޮށް ހަމަ މީހުންވެސް ބުނާނެ ގާނޫނީ ދާއިރާއިން ކިޔަވަންޏާ ހަމަ ލާރިގިނައިން ހޯދަންދޯއޭ ތިއުޅެނީ .އެހެންވީމަ ރަނގަޅު އާމްދަނީއެއް ލިބޭ ވަރަށް ރަނގަޅު ހަމަ ހެޔޮ މަސަތްކަތެއް، ހެޔޮގޮތުގަ ކުރެވިދާނެ މަސަތްކަތެއް .
ފަސޭހަތަ މި ދާއިރާގަ ވަޒީފާ ހޯދަން ؟
ވަޒީފާތައް ހޯދުމަށް ބަލާއިރުގަ ގިނަމީހުން ބުނާނީ ތަންކޮޅެއް އުންދަގުލޭ ކަށްނޭންގެ .ސަބަބަކީ ރާއްޖޭގަ މިވަގުތު ހުރި ވަކީލުންގެ ވަޒީފާތައް ނުވަތަ ވަކީލުކަމުގެ ގާނޫނީ ދާއިރާއިން ކިޔަވައިގެން ލިބެންހުރި ވަޒީފާތަކަށްވުރެ ގާނޫނީ ދާއިރާއިން ކިޔަވައިގެން ތިބި މީހުން މާބޮޑައްވެސް ގިނަ ވެއްޖެ.އެހެންވީމާ ވަޒީފާ ހޯދުމުގެ އުނދަގޫ ތަކެއް ހުރެދާނެ އެހެންނަމަވެސް ކޮށްމެހެންނެއް ސަރުކާރުގެ ވަޒީފާއަކަށް ދާންޖެހޭ ފައްނެއްނޫން މި ގާނޫނީ ފައްނަކީ މީ . އެމީހެއްގެ އަމިއްލަ މަސަތްކަތުން ހަމަ ކުރިއަރައިދެވިދާނެ ފައްނެއް މީ.އެހެންވީމަ އާމްދަނީ ހޯދޭނެ ފުރުސަތު ފަހި ވަޒީފާއެއްމީ.
ވަކީލެއްގެ ބޭރުފުށުން ނުފެންނާނެ ގޮންޖެހުންތަކާއި ކުރަންޖެހޭ މަސަތަކަތްތަކަކީ ކޯބާ؟
ބޭރުފުށުން އާމުކޮށް މީހަކު ބަލައިލާއިރު ވަކީލުން ފެނިދާނެ ތަންކޮޅެއް ތަނަވަސް ދިރިއުޅުމެއް އުޅޭތަން .އެހެން ނަމަވެސް އަސްލު މަސަތްކަތަކީ ވަރަށް "ޗެލެންޖިން" މަސަތްކަތެއް.އެއީ ބައެއް ހާލެއްތަކުގައި ވަކީލުންނަކީ ހަމަ ތަހްގީގު ކުރަންޖެހޭ މީހެއް.އެހެންވީމަ ތަހުގީގުތަކެއް ހިންގަން އެބަޖެހޭ .ޑޮކިއުމެންޓް ތައް "ގޯތްރޫ" ކުރަން އެބަ ޖެހޭ.އެ ވަރަށް ބޮޑަށް ޑޮކިއުމެންޓް ތަކާ ހިފާ އޮޅުލަން ޖެހޭ މަސަތްކަތެއް މި މަސަތްކަތަކީ މީ.މިސާލަކަށް ދިފާއީވަކީލެއްގެ ގޮތުގައި މަސަތްކަތް ކުރާކަމުގައި ވަންޏާ ،އޭނާގެ ދިފާއުގައި ލިބެންހުރީ ކޮންކަހަލަ ހެއްކެއްތޯ ބަލަންވެސް ޑޮކިއުމެންޓްތަކައް ބަލަންޖެހޭ،އަދި ޕްރޮސިކިއުޓަރެއްގެ ގޮތުން މަސަތްކަތް ކުރިޔަސް އެ ކުއްވެރި ވާކަމައް ތުހުމަތު ކުރެވޭ މީހާ ކުއްވެރިވަނީ ކޮންކަހަލަ އުންސުރު ތަކެއް ހުރެގެންތޯ ބަލަންވެސް މިޖެހެނީ ޑޮކިއުމެންޓްތަކައް ނުވަތަ ހެކިތަކެއް ވަޒަން ކުރަން .އެހެންވީމަ ޑޮކިއުމެންޓާ، ވީޑިއޯ ފޮޓޭޖްތަކާއި،މިހެންގޮސް "ފޮރެންސިކް"ވެސް ކޮއްމެސްވަރަކަށް ބަލަންޖެހޭ .ދެން ފޮރެންސިކަކީ އާމުކޮށް ޕޮލިހުން ބަލާއެއްޗެއް .އެހެންނަމަވެސް ވަކީލުންނާހަމައަށް އައިމަ ފޮރެންސިކް މި ދިމާވަނީ ކިހާ ވަރަކައްތޯއާއި،ގުޅުވާލެވެނީ ކިހާ މިންވަރަކަށްތޯއާއި، މީހާކުރި ކުށާ، ކުއްވެރިވުމާއި ގުޅުވައިލެވެނީ ކިހާ މިންވަރަކަށްތޯ އެބަބެލޭ.ދިފާއީ ވަކީލެއްކަމަށް ވަންޏާ އެމީހާ އެކުރި ތުހުމަތުކުރާ ކުށާއި މީހާއާގުޅުން ނެތީ ކިހާ މިންވަރަކަށްތޯ ބަލަން އެބަޖެހޭ.އެހެންވީމަ ވަރަށް ވަގުތު ދާ މަސަތްކަތެއް މި މަސަތްކަތަކީ .ދެން އާމުކޮށް ތަނަވަސްކޮށް ވަކީލުން އެ ފެންނަ އެއްސަބަބަކަށް ވެދާނެ ވަކީލުންނަކީ އެއީ އެމީހުންގެ ދާއިރާގެ ގޮތުން ވަރަށް "އެޕިއަރެންސް " ރަނގަޅަށް ތިބެންޖެހޭ ބައެއްގެ ގޮތައް ގަބޫލު ކުރެވިފަ އޮންނަނީ.އެހެންވީމަ ހަމަ ކޮއްމެ އާމްދަނީއެއް ލިބުނު ކަމުގަވިނަމަވެސް ތަންކޮޅެއް މީހާގެ "އެޕިއަރެންސް" ވަރަށް ރަނގަޅައް ފެންނަން ޖެހޭތީ އެމީހުން އެގޮތައް އެފެންނަނީ .އެކަމަކު އަސްލު މީހާ އެފެންނަ ގޮތާ މީހާ މީހުންނަށް އެފެންނަ ފަސޭހަ ދިރިއުޅުމަށްވުރެ އަސްލު "ޕްރޮފެޝަނަލީ" އުނދަގު މަސަތްކަތެއް އެކުރަނީ .ދެން މި ފަންނުގަ އެބަހުރި ހަމަ ވަރަށް ރަނގަޅު ކަންތައްތަކެއް،"ޕެޝަން " އެއްގެ ގޮތުން ވަކީލަކަށް ވާކުއްޖަކަށް ހަމަ މިދެއްނެވި ބުރަ މަސަތްކަތްތައް ވާނީ ވަރަށް ފަސޭހަ މަސަތްކަތްތަކަކައް.އެއީ" ޕެޝަން" އެއްގެ ގޮތުން މިކަން ކުރާ ކަމައްވަންޏާ .ދެން ގާނޫނީ ފަންނަކީ ކޮއްމެހެން މީހުންގެ ހައްގުތައް ރައްކާތެރި ކޮއްދީ ،މީހުންގެ ހައްގުތަކަށް ވަރައްބޮޑައް ސަމާލުވާންޖެހޭ މަސަތްކަތެއް.މީހުންނައް ހެޔޮއެދިގެންވެސް ކުރެވިދާނެ މަސަތްކަތެއް.ހައްގޭބުނަންވާއިރައް މީހުން ހިތައް އަރަނީ ކުއްވެރިން ސަލާމަތް ކުރަން އުޅޭ ބައެކޭ .އެހެނެއްނޫން.ޖިނާއީ މައްސަލަތަކެއްނޫން، ކިތަމެ މައްސަލައެއްވެސް ބަލަންޖެހޭ.ދޭދޭ ފަރުދުންގެ ކޮންޓްރެކްޓް ތަކާބެހޭ މައްސަލަތަކާއި އާއިލީ މައްސަލަތަކާއި ،މިކަހަލަ ކަންކަމުގައިވެސް އެހީތެރިވެލަދީ މީހުން ކޮއްލާ ސުވާލުތަކަށް ޖަވާބުދީ ވަގުތު ކޮޅެއް ހޭދަ ކޮއްލަދީ މިކަހަލަ ގޮތަކަށް މީހަކަށް ހެޔޮކަމެއް ކޮއްދިނުމުގެ ގޮތުންވެސް ކުރެވިދާނެ ބައިވަރު ކަންކަން އޮތް މަސަތްކަތް ތަކަކައްވާތީ މީ ހަމަ ވަރަށް ރަނގަޅު މަސަތްކަތެއް.
.