މައިގަނޑު ބައިތަކަށް

ޒަމްޒަމް ގެ ނަމުގައި އިތިއޮޕިއާގެ ފުރަތަމަ އިސްލާމިކް ބޭންކް ހުޅުވައިފި

އިތިއޮޕިއާގެ ވެރިރަށް އެޑިސްއަބާބާ ގައި މިދިޔަ ބުރާސްފަތި ދުވަހު އިފްތިތާހު ކުރެވުނު މިބޭންކަށް ދެވިފައިވާ ނަމަކީ ޒަމްޒަމް އެވެ. އަދި މިއަދު އެބޭންކުގެ މައި މަރުކަޒުކަމުގައިވާ "އަލިފް" ބްރާންޗް ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އިތިއޮޕިއާގައި މީގެ ކުރިން އިސްލާމިކް ފައިނޭންސްގެ ޚިދުމަތްތައް ދެމުން އަންނަނީ ކޮންވެންޝަނަލް ބޭންކުތަކުގައި ޤާއިމުކުރެވިފައިވާ އިސްލާމިކް ވިންޑޯތައް މެދުވެރިކޮންނެވެ.

އިރުދޭމާ
އިރުދޭމާ
1 މިނިޓް
ފޮޓޯ: ކެޕިޓަލް އިތިއޮޕިއާ
ފޮޓޯ: ކެޕިޓަލް އިތިއޮޕިއާ

އިސްލާމިކް ބޭންކިންގެ ޚިދުމަތަށް ޚާއްޞަ ބޭންކެއް އިތިއޮޕިއާގައި ހުޅުވައިފިއެވެ. އިތިއޮޕިއާގެ ވެރިރަށް އެޑިސްއަބާބާ ގައި މިދިޔަ ބުރާސްފަތި ދުވަހު އިފްތިތާހު ކުރެވުނު މިބޭންކަށް ދެވިފައިވާ ނަމަކީ ޒަމްޒަމް އެވެ. އަދި މިއަދު އެބޭންކުގެ މައި މަރުކަޒުކަމުގައިވާ "އަލިފް" ބްރާންޗް ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އިތިއޮޕިއާގައި މީގެ ކުރިން އިސްލާމިކް ފައިނޭންސްގެ ޚިދުމަތްތައް ދެމުން އަންނަނީ ކޮންވެންޝަނަލް ބޭންކުތަކުގައި ޤާއިމުކުރެވިފައިވާ އިސްލާމިކް ވިންޑޯތައް މެދުވެރިކޮންނެވެ.

އިތިއޮޕިއާގެ 117 މިލިއަން ހިމެނޭ ބޮޑު އާބާދީގެ 34 އިންސައްތަ ރައްޔިތުންނަކީ މުސްލިމުންނެވެ. އެޤައުމުގެ މައިގަނޑު ދީނަކީ އާބާދީގެ 62 އިންސައްތަ ހިއްސާކުރާ ނަޞާރާއިންނެވެ.

އިތިއޮޕިއާގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް ފުރަތަމަ ތަޢާރަފުކުރެވުނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އޮކްޓޫބަރ 2020ގައި ފުރިހަމަ އިސްލާމިކް ބޭންކެއް ހިންގުމުގެ ލައިސަންސް ޒަމްޒަމް ބެންކަށް ދިނުމާ ހަމަޔަށް އެޤައުމުގައި އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް ދޭން ހުއްދައޮތީ  އިސްލާމިކް ވިންޑޯ މެދުވެރިކޮށް އެކަންޏެވެ.

އިސްލާމިކް ބޭންކިންގެ ނިޒާމަކީ މިޒަމާނުގެ މާލީ ނިޒާމުގެ ތެރޭގައި އެކުލެވޭ ރިބާ އާއި އެނޫންވެސް ޝަރުޢީގޮތުން ހުއްދަނޫން ކަންކަން މުޢަމަލާތްތަކުގައި ނުހިމެނޭކަން ކަށަވަރުކުރެވޭގޮތަށް ބަދަލުކުރެވިފައިވާ ބޭންކިންގެ ޚިދުމަތްދިނުމަށް އިސްލާމީ ޢިލްމުވެރިން ހޯދައިގެން ގޮތެކެވެ.

މި ލިޔުން ހިއްސާކުރައްވާ