2023 ވަނަ އަހަރު، ސަރުކާރުން ހުޅުދުއްފާރަށް 7،228،509 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު، މުޅިންވެސް ހުރީ ހިނގަމުންދާ ޕްރެޖެކްޓްތަކާއި، ޕްރީޓެންޑަރިންގައި ހުރި ޕްރޮޖެކްޓްތަކެވެ.
މި ގޮތުން ހިނގަމުންދާ ޕްރޮޖެކްޓްތަކަށްބަލާއިރު، 12 ކުލާސްރޫމުގެ 3 ބުރި އިމާރާތާއި، މަގު ހެދުމުގެ ޕްރޮޖެކްޓް ފާހަގަކޮށްލެވެއެވެ. އަދި ފުރަތަމަ މަސައްކަތް ހަވާލުވި ކުންފުނިން މަސައްކަތް ނުނިންމައިގެން، އެހެން ބަޔަކާއި ހަވާލުކުރި ސިއްޙީ މަރުކަޒު އެކްސްޓެންޝަންގެ މަސައްކަތްވެސް މި ބައިގައި ހިމެނެއެވެ.
2023 ވަނަ އަހަރު ބަޖެޓުގައިވެސް، ފާއިތުވެދިޔަ 2 އަހަރު ހިމެނުނު، ހުޅުދުއްފާރު ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓް ހިމެނެއެވެ. 2021 ވަނަ އަހަރު ފަހުކޮޅު، ނުވަތަ 2022 ވަނަ އަހަރު ފުރަތަމަ ކުއަރޓާގައި ފަށަން އޮތް މި މަސައްކަތް، މިއަދާ ހަމައަށް އައިއިރުވެސް ނުކުރެވި ވާކަން ފާހަގަކުރެވެއެވެ.
ޕްރީޓެންޑިންގެ އެހެން މަސައްކަތްތަކަށް ބަލާއިރު، މިދިޔަ އަހަރު ފެށޭނެ ކަމަށް ލަފާކުރި ފުޓް ބޯޅަ ދަނޑު ޤާއިމުކުރުމުގެ މަސައްކަތުގެ އިތުރުން، ޓީޗަރސް އެކޮމޮޑޭޝަން ބްލޮކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެއެވެ.