އެމް.އައި.ބީ ބޭކިންގ ޑޭ އެއް ހުޅުދުއްފާރުގައި

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
1 މަސް ކުރިން
0 މިނިޓް

އެމް.އައި.ބީގެ ބޭކިންގ ޑޭ އެއް ޖުލައި 20ން 21އަށް ހުޅުދުއްފާރުގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މި ދެދުވަހު އެމް.އައި.ބީގެ އެކައުންޓް ހުޅުވުމާއި، އެކައުންޓް މަޢުލޫމާތު އާކުރުމާއި، ފައިނޭންސިންގއާއި ގުޅޭ މަޢުލޫމާތުދިނުމުގެ އިތުރުން، ވަޤުތުން ވިސާ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ.

 އައިޑީ ކާޑުގެ އަސްލުގެންނެވުމުން، ނުވަތަ ވެރިފައިޑް އީފާސް އެކައުންޓެއް އޮތްފަރާތެއްނަމަ ބޭންކުގެ ޚިދުމަތައް  އެދިލެއްވޭނެކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ. 

އެކައުންޓެއް ހުޅުވާނަމަ، ވަޤުތުން އެކައުންޓް ނަންބަރު ލިބޭނެކަމަށާއި، ދިވެހި ރުފިޔާ އެކައުންޓެއް ހުޅުވާނަމަ ވަޤުތުން ކާޑު ލިބުމުގެ އިތުރުން، ޓްރާންސްފަރ ކޮއްލެވޭގޮތަށް ދުރުވެއްޖެއްޔާ އިންޓަނެޓް ބޭންކިންގގެ ޚިދުމަތްވެސް ވަޤުތުން ހަމަޖެހޭނެކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ. 

ކަސްޓަމަރ މޭޒުން ތެދުވާއިރު ހުރިހާ ޚިދުމަތެއް ނިންމާލެވޭނެކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor