މައިގަނޑު ބައިތަކަށް

އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން ދުވާފަރަށް 2000 ކާށި ހަދިޔާކޮށްފި

ކޮވިޑްގެ މި ޙާލަތުގައި، ދުވާފަރު މޮނިޓަރިންގައި ގިނަ ދުވަސްތައެއް އޮތުމުން، ދުވާފަރު ރައްޔިތުންނަށް އެހީތެރިކަމެއް ދިނުމުގެ ގޮތުން، އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން، ދުވާފަރުގެ ރައްޔިތުންނަށް 2000 ކާށި ހަދިޔާ ކޮށްފިއެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
0 މިނިޓް
ފޮޓޯ: މުޙައްމަދު ޝާހީން (ފޭސްބުކް)
ފޮޓޯ: މުޙައްމަދު ޝާހީން (ފޭސްބުކް)

ކޮވިޑްގެ މި ޙާލަތުގައި، ދުވާފަރު މޮނިޓަރިންގައި ގިނަ ދުވަސްތައެއް އޮތުމުން، ދުވާފަރު ރައްޔިތުންނަށް އެހީތެރިކަމެއް ދިނުމުގެ ގޮތުން، އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން، ދުވާފަރުގެ ރައްޔިތުންނަށް 2000 ކާށި ހަދިޔާ ކޮށްފިއެވެ.

އަނގޮޅިތީމު ކައުންސިލުގެ ނައިބު ރައީސް، މުޙައްމަދު ޝާހީނު، ވިދާޅުވީ މިއީ އަނގޮޅިތީމު ޒުވާނުންގެ އިސްނެގުމުގެ މަތިން، އަނގޮޅިތީމު ރައްޔިތުންގެ އެއްބާރުލުމާއެކު ހިންގުނު ހަރަކާތެއް ކަމުގައެވެ. އަދި މަޤްސަދަކީ ދުވާފަރަށް ދިމާވެފަވާ ދަތި އުނދަގޫ ދަނޑިވަޅުގައި، އަނގޮޅިތީމުގެ ފަރާތުން ކުޑަނަމަވެސް ލުޔެއް، ދުވާފާރުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައެވެ. 

މިކަމުގައި އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ނިހާޔަތައް ޝުކުރު ދަންނަވާކަމުގައިވެސް ޝާހީނު ވިދާޅުވިއެވެ.

އަނގޮޅިތީމުން އިއްޔެ ވަނީ، ހުޅުދުއްފާރަށް 1 ޓަނު މަސްވެސް ހަދިޔާ ކޮށްފައެވެ.

މާތް ﷲ އަނގޮޅިތީމުގެ ލޮބުވެތި ރައްޔިތުންގެ މި ޢަމަލުގައި ބަރަކާތްލައްވާ، މި ކަން ކުރުމުގައި އިސްވެ އުޅުއްވި ހުރިހާ ބޭފުޅުންނަށް ހެޔޮ ރަޙްމަތް މިންވަރު ކުރައްވާށިއެވެ. 

މި ލިޔުން ހިއްސާކުރައްވާ