ކޮވިޑު 19 ގެ ބަނަ ވިލާ ގަނޑު - ޒިންމާ އަދާކުރޭ

ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 އަހަރު ކުރިން
1 މިނިޓް

ރަށުތެރެއިން ކޮވިޑް 19 ގެ ކޭސްތަކެއް ފެނިފައިވާތީ އާއި ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ މުވައްޒަފަކު ކޮވިޑް 19 އަށް ފައްސިވެފައިވާތީ، ވީހާވެސް ބޮޑަށް ގެއިން ބޭރުގައި އުޅޭމިންވަރު މަދުކުރުމަށް މަރުކަޒުން އިލްތިމާސް ކޮށްފިއެވެ.

އަދި ކޮންޓެކްޓުން މަދުކުރުމުގެ ގޮތުން  މަރުކަޒުގެ އޯ.ޕީ.ޑީ ވަނީ ވަގުތީ ގޮތުން އޮންލައިން އޯ.ޕީ.ޑީ އަށް ބަދަލު ކޮށްފައި ކަމަށް 11 މެއި 2021ވީ އަންގާރަ ދުވަހު މަރުކަޒުން ނެރުނު އިޢުލާން ގައި ބުނެފައި ވެއެވެ.

ވީމާ ޑޮކްޓަރަށް ދައްކަވަން ބޭނުންވެ ލައްވާ ފަރާތްތަކުން  މަރުކަޒަށް ދުރުވުމުގެ ބަދަލުގައި މަރުކަޒުގެ 6580155 ނަންބަރު ފޯނާއި ގުޅުއްވާ މަރުކަޒުން ދެއްވާ އިރުޝާދު ތަކާއި އެއްގޮތަށް އަމަލު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. 

އަދި ޕަބްލިކް ހެލްތު ޔުނިޓުގެ ހިދުމަތްތަކަށް ދުރުވާ ފަރާތްތަކުން މާސްކު އުޅުއްވައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މަރުކަޒުގެ ހުޅަނގު ފަރާތު ގޭޓް ބޭނުން ކުރެއްވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. 

 މީގެ އިތުރުން ކޮންމެހެން ބޭނުން ވެގެން ނޫނީ ބޭރަށް ނުނިކުތުމަށާއި، އަދި ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ، އަދި ނަމާދަށް ދާކަމުގައި ވިޔަސް މާސްކު އެޅުއްވުމަށާއި، ފިހާރައަށްވެސް ފަހަރަކު ބޭފުޅަކު ވެންނެވުމަށް، އަދި ގައިދުރުކަން ބެހެއްޓުމަށް މަރުކަޒުން އިލްތިމާސް ކުރައްވައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor