މައިގަނޑު ބައިތަކަށް

ކިއުޓް މަސްރޭސް 2023ގެ ވަނަތައް ހޮވައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަނގޮޅިތީމް ކިއުޓް ޖަމިއްޔާގެ ފަރާތުން ބޭއްވި ކިއުޓް މަސްރޭސް 2023ގެ ވަނަ ވަނަ އަށް ދިޔަ ފަރާތްތައް ހޮވާ އެފަރާތްތަކަށް އިނާމު ދީފިއެވެ. މުޅި މުބާރާތުގެ 1ވަނަ އަށް އަދި އެންމެ ގިނަ މަސް ބޭނި ޓީމަކަށް ހޮވިފައިވަނީ ރ. ރަސްގެތީމް "ނަނު އޮޅުވާލި" ޓީމެވެ. ރ. ހުޅުދުއްފާރު "ފަން ވިތް ފިޝް" 2ވަނަ އަށް ހޮވިފައިވާއިރު، 3 ވަނައަށް ހޮވިފައިވަނީ ރ. އަނގޮޅިތީމް "ކަނޑު ރޯދި" ޓީމެވެ. މުބާރާތުގެ އެންމެ ބަރު މަސް ބާނައިގެން، މުބާރާތުގެ މާ ކެޔޮޅަކަށް ހޮވުނީ ރ. ހުޅުދުއްފާރު "ފަން ވިތް ފިޝް"ގެ ހުސައިން ޝަފީޢުއެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
1 މިނިޓް
ކިއުޓް މަސްރޭސް 2023ގެ ވަނަތައް ހޮވައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަނގޮޅިތީމް ކިއުޓް ޖަމިއްޔާގެ ފަރާތުން ބޭއްވި ކިއުޓް މަސްރޭސް 2023ގެ ވަނަ ވަނަ އަށް ދިޔަ ފަރާތްތައް ހޮވާ އެފަރާތްތަކަށް އިނާމު ދީފިއެވެ.

މި މަސްރޭހުގައި 10 ޓީމަކުން ބައިވެރިވިއެވެ. އެއީ އަނގޮޅިތީމުގެ 5 ޓީމަކާއި، ހުޅުދުއްފާރުގެ 4 ޓީމު އަދި ރަސްގެތީމު ޓީމެކެވެ. ރ. އަތޮޅު ވާދޫ، ރަސްގެތީމް، އަނގޮޅިތީމް، އަދި ހުޅުދުއްފާރަށް އަމާޒުކޮށް ބާއްވާ މި މަސްރޭސް ކުރިއަށްދިއައީ 16 ޑިސެމްބަރ 2023ވީ ހޮނިހިރު ދުވަހު (މިއަދު) 14:00ން 21:00ގެ ނިޔަލަށެވެ.

މި މުބާރާތުގައި އަނގޮޅިތީމުން ބައިވެރިވި ޓީމުތަކަކީ، ދޮންމަސް ޓީމު، އުދަރެސް، ކަނޑުރޯދި، އޮއިވާލި، އަދި ކަނޑުފަތިއެވެ. ހުޅުދުއްފާރުން ބައިވެރިވި ޓީމުތަކަކީ، ބާކޫތު، ފޭވަރިޓް، ފަން ވިތް ފިޝް، އަދި އިމޭޖިނޭޝަންއެވެ. ރަސްގެތީމުން ބައިވެރިވީ ނަނު އޮޅުވާލި އެވެ.

މި މުބާރާތުގެ އެންމެ ގިނަ މަސްބޭނި ޓީމަށް ލިބޭ 500 ރުފިޔާގެ ފައިސާގެ އިނާމު، 88 މަސް ބާނައިގެން ހޯދާފައިވަނީ ރ. ރަސްގެތީމުން ބައިވެރިވި "ނަނު އޮޅުވާލި" ޓީމެވެ. 

މި މަސްރޭހުގެ ތިންވަނަ ޓީމަށް ލިބޭ 1000 ރުފިޔާގެ ފައިސާގެ އިނާމު ހޯދާފައިވަނީ، 73.18 ކޭ.ޖީ މަސްބާނައިގެން ރ. އަނގޮޅިތީމުން ބައިވެރިވި "ކަނޑު ރޯދި" ޓީމެވެ.  އަދި މުބާރާތުގެ ދެވަނަ ޓީމަކަށް ލިބޭ 5000 ރުފިޔާގެ ފައިސާގެ އިނާމު ހޯދާފައިވަނީ 82.38 ކޭ.ޖީގެ މަސްބާނައިގެން ރ. ހުޅުދުއްފާރުން ބައިވެރިވި "ފަން ވިތް ފިޝް" ޓީމެވެ.

މުބާރާތުގެ އެންމެ ބަރުމަސް ބާނައިގެން ލިބޭ 1000 ރުފިޔާގެ ފައިސާގެ އިނާމާއި، މާ ކެޔޮޅުގެ މަޤާމް ލިބިފައިވަނީ މުބާރާތުގެ ދެވަނަ އަށް ދިޔަ "ފަން ވިތް ފިޝް" ޓީމުގެ މެންބަރ ހުސައިން ޝަފީޢު އަށެވެ. ހުސައިން ޝަފީޢު ބާނާފައިވާ މި މަހުގެ ބަރުމިނަކީ 7.10 ކޭ.ޖީ އެވެ. 

އަދި މި މުބާރާތުގެ އެންމެ ފަޚުރުވެރިވަނަ ކަމުގައިވާ، މުޅި މުބާރާތުގެ 1ވަނަ އަށް ލިބޭ 7000 ރުފިޔާގެ ފައިސާގެ އިނާމު ހޯދާފައިވަނީ، 103.22 ކޭ.ޖީ މަސް ބާނައިގެން، މުބާރާތުގެ އެންމެ ގިނަ މަސްވެސް ބޭނި ޓީމު ކަމުގައިވާ "ނަނު އޮޅުވާލި" ޓީމެވެ. 

މި ލިޔުން ހިއްސާކުރައްވާ