ގޯލްޑަން ފުޓްސަލް ޗެލެންޖް ގުރޫޕް ސްޓޭޖްގައި ހުޅުދުއްފާރު ނުކުންނާނީ ފައިނު އަދި އިނގުރައިދޫއާއި ދެކޮޅަށް

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
4 މަސް ކުރިން
0 މިނިޓް

ގޯލްޑެން ފުޓްސަލް ޗެލެންޖު 2024ގެ ރ.އަތޮޅުގެ ގުރުއަތުލުން މިއަދު ބޭއްވި އިރު، ހުޅުދުއްފާރު ކުޅެން ހަމަޖެހިފައިވަނީ، ރ. އަތޮޅުގެ ގުރޫޕް 2އެއްގައެވެ. ރ. އަތޮޅުން ބައިވެރިވި ޓީމްތައް 2 ގުރޫޕަކަށް ބަހާލާފައިވާއިރު، ގުރޫޕް 1ގައި ހިމެނެނީ، އަލިފުށި، ދުވާފަރު، މީދޫ، އަދި މަޑުއްވަރީއެވެ. ގުރޫޕް 2ގައި ހުޅުދުއްފާރުގެ އިތުރުން ހިމެނެނީ ފައިނު އަދި އިނގުރައިދޫއެވެ.

ގުރޫޕް 2ގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ 16 ޖެނުއަރީ 2024ގައެވެ. މި މެޗުގައި ފައިނާއި އިނގުރައިދޫ ބައްދަލު ކުރާއިރު، ހުޅުދުއްފާރު އިނގުރައިދޫއާއި ދެކޮޅަށް ނިކުންނާނީ ޖެނުއަރީ 20ގައެވެ. އަދި ފައިނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 24ގައެވެ. 

ރ. އަތޮޅުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 27ގައެވެ.  އަދި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 1 ފެބުރުއަރީގައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor