ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރުން، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ މޫސުމާއި ބޭހޭ އިދާރާއިން މިއަދުގެ 15:00 ގައި ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ އެލާޓް ވަނީ ނެރެފައެވެ.
ވައި ޖެހެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވެއެވެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށގެންވޭއެވެ.
އަދި ކަނޑުގެ ރާޅުތައް ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިނުގައި 4-7 ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
މި އެލާޓް ގެ ވަގުތަކީ މިއަދުގެ 19:00 އާއި ހަމަޔަށެވެ.
ދަތުރު ފަތުރު ކުރުމުގައި ހުރިހާ ބޭފުޅުންވެސް ސަމާލިވެލެއްވުމަށް އިލްތިމާސްކުރަމެވެ.