ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އަލްޤާރީ މުޙައްމަދު ވަޙީދަށް ލިބިލައްވައިފި

?: ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
1 އަހަރު ކުރިން
0 މިނިޓް

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ރ. ހުޅުދުއްފާރު އޯކިޑުވިާ އަލްޤާރީ މުޙައްމަދު ވަޙީދަށް ލިބިލައްވައިފިއެވެ. 

އަލްޤާރީ ވަޙީދަށް މި އިނާމު ލިބުނީ، ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން އަދި ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުންނެވެ. 

20 އޮކްޓޫބަރު 2022ވީ ހުކުރު ވިލޭރޭ ބޭއްވި ޤައުމީ އިނާމު ދިނުމަށް، ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވިއެވެ. 

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކުރައްވާފައިވާ ގޮތުގައި، ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.

Copyright © 2024 Faaru News
Made with by Afeef & Noor