ހުޅުދުއްފާރު ސުކޫލަށް ޓީޗަރުން ހޯދަނީ

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 އަހަރު ކުރިން
1 މިނިޓް

ހުޅުދުއްފާރު ސުކޫލުގައި ބިދޭސީން ތިބި މަޤާމުތަކަށް ދިވެހިން ހޯދުމަށް އިއުލާން ކޮށްފިއެވެ.  މިގޮތުން ޓީޗަރުންގެ 12 މަޤާމަކަށް ކުރިމަތި ލުމަށް ވަނީ ހުޅުވާލާފައެވެ.

އެއީ އިނގިރޭސި 2 ޓީޗަރުން، ކެމިސްޓްރީ 2 ޓީޗަރުން، ބައޮލޮޖީ 2 ޓީޗަރުން، ފިޒިކްސް ޓީޗަރެއް، ސްޓެޓިސްޓިކްސް ޓީޗަރެއް، ބިޒްނަސް ސްޓަޑީސް ޓިޗަރެއް، އަދި އިކޮނޮމިކްސް ޓީޗަރެކެވެ.

މި ވަޒީފާތަކަށް ބޭސިކް މުސާރައިގެ ގޮތުގައި 7،070 އާއި 10،540 ދެމެދުގެ މުސާރައެއް ލިބޭއިރު ސާވިސް އިލަވަންސެއްގެ ގޮތުގައި 2،500 ރުފިޔާ ލިބެއެވެ. އަދި  މި ވަޒީފާތަކުގެ އެހެނިހެން އެލަވަންސްގެ ގޮތުގައި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ، ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް، ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން، އަދި އެޑިޔުކޭޝަން ކޮލިފިކޭޝަން އެލެވަންސް ހިމެނެއެވެ.

މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 8ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ހުޅުދުއްފާރު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 ޖޫން 2021 އާއި 13 ޖޫން 2021 އާ ދެމެދު، ހުޅުދުއްފާރު ސްކޫލްގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580097 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

މި ވަޒީފާއާއިގުޅޭ މައްސޫލިއްޔަތު ތަކާއި، އިތުރު މައުލޫމާތު ހޯދެއްވުމަށް:

https://www.gazette.gov.mv/iulaan/view/152817?fbclid=IwAR0zjHKSu3Gx4f5keMXjJ6bvjb1S5UtngmKDqjNHvJXG_Yv62zAchqR6pE8

Copyright © 2024 Faaru News
Made with by Afeef & Noor