މައިގަނޑު ބައިތަކަށް

ހުޅުދުއްފާރުގައި ކާފިއު އިއުލާންކޮށްފި

ހުޅުދުއްފާރުގައި ކޮވިޑް 19 ފެތުރި، ރަށް މޮނިޓަރިންގެ ޙާލަތަށް ލާފައިވާއިރު، މިއަދުން ފެށިގެން ރަށުގައި ކާފިއު ހިނގުމަށްވަނީ ހަމަޖެހިފައެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
0 މިނިޓް
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)

ހުޅުދުއްފާރުގައި ކޮވިޑް 19 ފެތުރި، ރަށް މޮނިޓަރިންގެ ޙާލަތަށް ލާފައިވާއިރު، މިއަދުން ފެށިގެން ރަށުގައި ކާފިއު ހިނގުމަށްވަނީ ހަމަޖެހިފައެވެ.

މިގޮތުން ކާފިއުގެ ގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރޭގަނޑު 10ން ފަތިހު 4ށެވެ.

މީގެއިތިރުންވެސް، ކެފޭތައް ހަމަ އެކަނި ހުޅުވާފައި ހުންނާނީ ޑެލިވަރީއަށް އެކަންޔެވެ. އަދި ފިހާރަތަކަށްވެސް އެއްފަހަރާ ވަދެވޭނެ ވަރު ވަނީ ލިމިޓް ކޮށްފައެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް މާސްކު އެޅުން މަޖުބޫރުވާނެއެވެ.

މިވަޤުތު ހުޅުދުއްފާރުގައި 5 އެކްޓިވް ކޭސް އުޅޭއިރު، އެކަކު ވަނީ ބ. އޭދަފުށީ ކޮވިޑް ފެސިލިޓީއަށްވެސް ބަދަލުކުރެވިފައެވެ. އަދި ޖުމްލަ 6 ގެއެއް މިވަޤުތު ވަނީ މޮނިޓަރިންގައެވެ.