މައިގަނޑު ބައިތަކަށް

ހުޅުދުއްފާރުން ބ.އަތޮޅު ކަރަންޓީން ފެސިލިޓީއަށް ގެންދިޔަ މީހާ ނިޔާވެއްޖެ

ހުޅުދުއްފާރުން ބ.އަތޮޅު ކަރަންޓީން ފެސިލިޓީއަށް ގެންދިޔަ މީހާ ނިޔާވެއްޖެއެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
0 މިނިޓް
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)

ހުޅުދުއްފާރުން އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މީހާ ނިޔާވެއްޖެއެވެ.

ކޮވިޑް19 ޕޮޒިޓިވް ކޭސް އަކާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ހޯމްކަރަންޓީންގައި ހުއްޓާ ހަމުގެ ބައްޔަކަށް (ސްކިން ޑިސީސް) ފަރުވާ ދޭން ޖެހިގެން ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށް ފަރުވާދެމުން ދަނިކޮށް 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވެގެން ރިލީޒް ކުރުމަށް ނެގި ސާމްޕަލް ޕޮޒިޓިވް ވެގެން ފަރުވާ އިތުރު ފަރުވާއަށް ބ.އަތޮޅު ކަރަންޓީން ފެސިލިޓީއަށް މި ފަރާތް ގެންދެވިފައިވަނީ މޭ 24 ވީ ހޯމަ ދުވަހުއެވެ.

ދުޢާ އަކީ މާތް ﷲ، މައްޔިތާއަށް ހެޔޮ ރަޙްމަތްލައްވާ، ފާފަތައް ފުއްސަވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުމެވެ.