ރ. ހުޅުދުއްފާރު ކައުންސިލްގެ އިދާރާއިން، އެ އިދާރާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ކުނިކޮށްޓަށް މަސައްކަތު މީހެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މި ވަޒީފާގެ ބޭސިކް މުސާރައަކީ 3100 ރުފިޔާއެވެ. އަދި ސާވިސް އިލަވަންސެއްގެ ގޮތުގައި 1000 ރުފިޔާ ލިބޭއިރު، ބަންދު ދުވަހަކު މަސައްކަތް ކުރާނަމަ، ބަންދު ދުވަހުގެ އެލަވަންސްގެ ގޮތުގައި، މުސާރައިގެ އިތުރުން ކޮންމެ ބަންދު ދުވަހަކަށް 40 ރުފިޔާ ލިބެއެވެ. އަދި ހަމަ އެހެންމެ ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތް ކުރާ ދުވަސްތަކަށް ކޮންމެ މަހަކަށް 500 ރުފިޔާ ލިބޭނެއެވެ.
މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އުމުރުން 18 އަހަރުން މަތީގެ ބޭފުޅުންނަށްވެފައި، ލިޔަންކިޔަން އެނގުމުގެ އިތުރުން، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން އެފަރާތަކަށް ލިބިފައި ހުންނަން ވާނެކަމަށް، މަޤާމުގެ ޝަރުތުތަކުގައި ހިމަނާފައިވެއެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ، 01 ޖޫން 2021ވާ އާދިއްތަ ދުވަހު މެންދުރުފަހު 14:00އެވެ.
އިތުރު މައުލޫމާތު ކައުންސިލްގެ ފޯނު ނަންބަރު 6580069ން ލިބިލައްވާނެއެވެ.
މި ވަޒީފާއާއިގުޅޭ މައްސޫލިއްޔަތު ތަކާއި، އިތުރު މައުލޫމާތު ހޯދެއްވުމަށް: https://www.facebook.com/E18Council/posts/3754208448038491