ހުޅުދުއްފާރު ކައުންސިލަށް ލަފާދޭ ކޮމިޓީ އެކުލަވާލައިފި

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 އަހަރު ކުރިން
0 މިނިޓް

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ 4ވަނަ ދައުރުގެ ކައުންސިލަށް ލަފާދޭ ކޮމިޓީ އެކުލަވާލައިފިއެވެ. މިގޮތުން މިކޮމިޓީގައި ހިމެނެނީ:

ހުޅުދުއްފާރު ސުކޫލު ޕްރިންސިޕަލް، މުޙައްމަދު ފަޔާޟް،

ހުޅުދުއްފާރު ސްޕޯޓްސް ކުލަބުގެ ސެކްރެޓަރީ އާދަމް ސަމީޙް،

ހުޅުދުއްފާރު ސިއްހީމަރުކަޒު ސިނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތް ސާވިސް، ޢަބްދުﷲ ޝަރީފް،

ފެނަކަ ހުޅުދުއްފާރު ބުރާންޗްގެ ޑެޕިއުޓީ މެނޭޖަރ އަޙްމަދު ސަލީމް،

އަންހެނުން ކޮމިޓީގެ ރައީސާ، ނަޡީމާ ޢަބްދުއްރަޙްމާން، އަދި

އާންމު ރައްޔިތުންގެ ފަރާތުން، ރ. ހުޅުދުއްފާރު ކުންނާރުމާގޭ އަޙްމަދު ފާރިޟެވެ.  

މި ކޮމިޓީ ފާސްކޮށްފައިވަނީ، 31 މެއި 2021ވީ ހޯމަ ދުވަހުގެ 11:22 ގައި ހުޅުދުއްފާރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 3ވަނަ ޢާންމު ބައްދަލުވުމުގައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor