މައިގަނޑު ބައިތަކަށް

ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ކައުންސިލް އެސިސްޓެއްޓެއް ހޯދަނީ

ރ. ހުޅުދުއްފާރު ކައުންސިލްގެ އިދާރާއިން، އެ އިދާރާއަށް ކައުންސިލް އެސިސްޓެއްޓެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
0 މިނިޓް
ފޮޓޯ: ފާރުއެމްވީ
ފޮޓޯ: ފާރުއެމްވީ

ރ. ހުޅުދުއްފާރު ކައުންސިލްގެ އިދާރާއިން، އެ އިދާރާއަށް ކައުންސިލް އެސިސްޓެއްޓެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މި ދާއިމީ ވަޒީފާގެ ބޭސިކް މުސާރައަކީ 3100 ރުފިޔާއެވެ. އަދި ސާވިސް އިލަވަންސެއްގެ ގޮތުގައި 1000 ރުފިޔާ ލިބޭއިރު، ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1200 ރިފިޔާލިބޭނެއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަންއާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާވެސް ލިބޭނެއެވެ.

މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ އެންމެ ދަށް ޝަރުތަކީ ލިޔަންކިޔަން އެނގުމެވެ.

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ، 09 ޑިސެންބަރ 2021ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:30އެވެ.

އިތުރު މައުލޫމާތު ކައުންސިލްގެ ފޯނު ނަންބަރު 6580069ން ލިބިލައްވާނެއެވެ.

މި ވަޒީފާއާއިގުޅޭ މައްސޫލިއްޔަތު ތަކާއި، އިތުރު މައުލޫމާތު ހޯދެއްވުމަށް:

https://www.gazette.gov.mv/iulaan/172062