މައިގަނޑު ބައިތަކަށް

ހުޅުދުއްފާރު އެފް.ސީގެ ކޯޗަކަށް މަންމު

ރ. އަތޮޅު ކައުންސިލުން އިންތިޒާމުކުރާ ރ. އަތޮޅު ފުޓްސަލް ޗެލްންޖު 2022ގައި ބައިވެރިވާ ހުޅުދުއްފާރު އެފް.ސީގެ ކޯޗަކަށް އިބްރާހީމް މަމްނޫން (މަންމު) ހަމަޖައްސައިފިއެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
0 މިނިޓް
ހުޅުދުއްފާރު އެފް.ސީގެ ކޯޗަކަށް މަންމު

ރ. އަތޮޅު ކައުންސިލުން އިންތިޒާމުކުރާ ރ. އަތޮޅު ފުޓްސަލް ޗެލްންޖު 2022ގައި ބައިވެރިވާ ހުޅުދުއްފާރު އެފް.ސީގެ ކޯޗަކަށް އިބްރާހީމް މަމްނޫން (މަންމު) ހަމަޖައްސައިފިއެވެ.

ލެގޫން ސްޕޯޓްސް ކުލަބުގެ މަންމު ހުޅުދުއްފާރު އެފް.ސީ އަށް ސޮއިކޮށްފައިވަނީ ރޭގައެވެ. މި މުބާރާތުގެ ކޯޗެއްގެ ގޮތުގައި ސޮއިކުރިއިރު، ހުޅުދުއްފާރަށް އައުމަށް ހަމަޖެހިފައިވަނީ މިރެއެވެ. 

ތަޖުރިބާހުރި ކޯޗެއް ހަމަޖެއްސުމުގެ މައިގަނޑު ސަބަބަކީ، ހުޅުދުއްފާރު އެފް.ސީގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމެނޭއިރު، މުބާރާތް ނިމިގެންދާއިރު، ލިބޭ ތަޖުރިބާގެ އިތުރުން، ކަންތައްތަކެއް އެކުޅުންތެރިންނަށް ދަސްވެގެންދާނެތީ ކަމުގައި އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތުދެއްވައެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022 ކުރިއަށް ދާނީ މި ފެށޭ ނޮވެންބަރުމަހު ކުރީކޮޅު، ރ. އުނގޫފާރުގައެވެ.

މި ލިޔުން ހިއްސާކުރައްވާ