ހުޅުދުއްފާރު އެފް.ސީގެ ޕްރެކްޓިސްތައް ފަށައިފި

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
1 އަހަރު ކުރިން
0 މިނިޓް

ރ. އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ ހުޅުދުއްފާރު އެފް.ސީގެ ޕްރެކްޓިސްތައް ފަށައިފިއެވެ. ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލާ، ޕްރެކްޓިސްތައް އިއްޔެ ހަވީރު ފެށިއިރު، ހުޅުދުއްފާރު އެފްސީގެ އެހެނިހެން ތައްޔާރީތައް މިހާރުކުރިއަށްދާކަމަށް މަޢުލޫމާތުލިބެއެވެ.

މިގޮތުން ޓީމުގެ ޒާޒީ ޑިސައިނިންގ ކޮންސެޕްޓައް ހުޅުވާލާފައިވާއިރު، ސްޕޮންސަރސިޕް ޕެކޭޖެއްވެސް ވަނީ އާންމުކޮށްފައެވެ.މިގޮތުން ޓީމުގެ ހޯމް އަދި އަވޭ ކިޓް އެއްކޮށް، މި ދެކިޓްގެ ކުރިމަތީ ސްޕޮންސަރގެ އަގަކީ 10،000 ރުފިޔާއެވެ. ޓީމުގެ ޓްރެވަލް ކިޓްގެ ކުރިމަތީ ސްޕޮންސަރގެ އަގަކީ 6،000 ރުފިޔާއެވެ. ޓްރެވަލް ކިޓްގެ ފަހަތު ތިރީގެ ސްޕްންސަރގެ އަގަކީ 3،500 ރުފިޔާއެވެ. ޓީމުގެ އޮފިޝިއަލް ޓްރެއިންންގ ކިޓުގެ ކުރިމަތީ ސްޕޮންސަރގެ އަގަކީ 5،400 ރުފިޔާއެވެ. އަދި ޓީމުގެ އޮފިޝިއަލް ޓްރެއިނިންގ ކިޓްގެ އަތްކުރި ނުވަތަ ފަހަތު ތިރީގެ ސްޕޮންސަރގެ އަގަކީ 3،000 ރުފިޔާއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor